Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޕް 23

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް

16 ނޮވެމްބަރު 2017 | ބުރާސްފަތި 16:24

ޖައްވުގައި ހުރި ކާރބަންޑައި އޮކްސައިޑްގެ މިންވަރު މިހާރު 403 އަށް ވުރެ މަތިވެފައިވާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 16 ނޮވެމްބަރު 2017 | ބުރާސްފަތި 16:24
ކޮޕް 23 އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

ކޮޕް 23 އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރަން އުއްމީދުކުރާ ނަމަ މޫސުމީ މައްސަލަތައް ހައްލުކުރުމަށް ހަލުވި މިނެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޖަރުމަނުގެ ބޮންގައި ބުރާސްފަތި ދުވަހު ބޭއްވި މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ ބައިވެރިންގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23) ގެ އިސްވެރިންގެ ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ތަޤްރީރު ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިދައުރުގެ ޗެއަރމަންގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން، ކެރީބިއަން ސަރަޙައްދުގެ އެތައް ޤައުމަކަށް ކުރިމަތިލާންޖެހުނު ގެއްލުން ބޮޑު ތޫފާންތަކާއި، ކެލިފޯރނިއާއަށް ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާއި، ދެކުނު އެޝިޔާގެ ޤައުމުތަކަށް ދާދިފަހުން ދިމާވި ބޮޑެތި ފެންބޮޑުވުމުގެ ހާދިސާތަކާއި އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ހަނަފަސްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ނުޖެހޭ ތަނެއް ނުވަތަ ބައްރެއް ވެސް މިހާރު ނެތުމަކީ ޙަޤީޤަތެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖައްވުގައި ހުރި ކާރބަންޑައި އޮކްސައިޑްގެ މިންވަރު މިހާރު 403 އަށްވުރެ މަތިވެފައިވާ ކަމަށް ސައިންސްވެރިން ހާމަކުރާ ކަމަށާއި، މިއީ ވޭތުވެދިޔަ އެތައް މިލިޔަން އަހަރަކު ވެސް މަތިނުވާ މިންވަރެއް ކަމަށެވެ. ވުމާ އެކު ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރަށް ވުރެ އެތައް ގުނައެއް މަސައްކަތް އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުކަތެއް އަޅަންޖެހޭ ކަމަށާއި މިގޮތުން ހަކަތަ އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މިމަސައްކަތަކީ، ފަސޭހަ ކަމެއް ނޫން ކަމަށާއި ވަކިން ޚާއްސަކޮށް، ތާރީޚީ ގޮތުން ޖައްވަށް އެންމެ ގިނަ ޢަދަދަކަށް ވިހަ ގޭސް ބޭރުކުރާ ޤައުމު ކަމަށްވާ އެމެރިކާ، ޕެރިސް އެގްރީމަންޓުން ވަކިވާން ނިންމާފައިވާ މިފަދަ ދަނޑިވަޅެއްގައި މިއީ އުނދަގޫ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިފަދަ ކަންކަމަކީ، މިމަސައްކަތަށް (މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަސައްކަތްތަކަށް) މުޅިންއާ ކަމެއް ނޫން ކަމަށާއި، މިއީ އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ބާރަށް ކުރިޔަށް ދިއުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައިގެން ކުރިޔަށް ދިއުމުގެ މުހިއްމު ކަމަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަން އަދި ލަސް ނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ވަރަށް ގިނަ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުން އަންނަ ކަމަށާއި މޫސުމާ ބެހޭ ބައްދަލުވުން ބޭއްވޭ ޤައުމު ކަމަށްވާ ޖަރުމަނުގައި މިއަހަރު ކުރީކޮޅު ވެސް ބޭނުންކުރި ކަރަންޓްގެ 35 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފެއްދި ކަރަންޓް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާގެ ތާރީޚްގައި މިއީ ފުރަތަމަ ފަހަރަށް ކުދި ޖަޒީރާ ޤައުމަކުން މިމުޢާހަދާގެ ރިޔާސަތު ބަލަހައްޓާ ދައުރު ކަމަށްވެފައި މިކަމުގައި ފިޖީގެ ފަރާތުން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަން އެބަ އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
17 އޮކްޓޯބަރު 2017

ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު

17 އޮކްޓޯބަރު 2017
ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް
26 ޖޫން 2017

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް
23 މެއި 2017

ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ

23 މެއި 2017
ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ
27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް