Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިއުމަން ރައިޓްސް ކައުންސިލް

ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު

17 އޮކްޓޯބަރު 2017 | އަންގާރަ 17:42

އިންތިހާބުގައި ރާއްޖެއިން ބައިވެރިނުވާން މާކުރިން ނިންމި ސަބަބު ސާފު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 17 އޮކްޓޯބަރު 2017 | އަންގާރަ 17:42
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެދަނީ ބާކީވަމުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުގައި ރާއްޖެއިން ބައިވެރިނުވާން މާކުރިން ނިންމި ސަބަބު ސާފުވާ ކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ގޮނޑިއަށް ވާދަކުރުމަށްފަހު ނަން އަނބުރާ ގެންދިޔަ ގެންދިޔުމަށް އިޝާރަތް ކުރައްވައެވެ.

ކުރިއަށް އޮތް ދައުރުގެ މެންބަރުކަން ހޯދުމުގައި ޜާއްޖެ ނާކާމިޔާބުވިއިރު، 2010 ން 2013 އަށް، އަދި 2013 އިން 2016 އަށް، ރާއްޖެއިން ވަނީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ކޮށްފައެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ޤައުމަކާއި، އޭޝިއާގެ 13 ޤައުމަކާއި، އިރުމަތީ ވިލާތުގެ 6 ޤައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ޤައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ޤައުމުތައް ހިމެނޭގޮތަށް 7 ޤައުމަކާއިއެކު، ޖުމްލަ 47 ޤައުމެއްގެ މައްޗަށެވެ.

;މި އިންތިޚާބުގައި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމަށް ޤައުމުތައް އިންތިޚާބުކުރަނީ އދގެ އާންމު ޖަލްސާއަކުންނެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމުގެ އިންތިޚާބުގައި ރާއްޖެއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅަކީ، ރައްޖޭގައި ސަރުކާރުން އިންސާނީ ޙައްޤުތައް ހަނިކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ކަމުގެ ގިނަ ތުޙުމަތުތަކެއް ރާއްޖެއާއި މެދު ކުރެވޭ ދަނޑިވަޅެކެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމުގެ އިންތިޚާބުގައި ރާއްޖެ ނާކާމިޔާބާއި ކުރިމަތިލާން ޖެހުނުއިރު، ރާއްޖެއިން ދަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަމަށްވެސް ވާދަކުރަމުންނެވެ. އަދި މިފަހަރު ރާއްޖެއަށް ބޮޑަށް މުހިއްމީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ނޫން ކަމަށާ، މުހިއްމީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކަމަށް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ވަނީ ބުނެފައެވެ.

އިންތިހާބުގައި ރާއްޖެއިން ވާދަކުރުމަށް، ޖޫން 2016ގައި ހުށައެޅި ކަމުގައި ވީނަމަވެސް، މި ދައުރުގެ އިންތިހާބުގައި ވާދަނުކޮށް، ފަހުގެ ދައުރަކަށް ކުރިމަތިލުމަށް ނިންމާ، ދިވެހި ސަރުކާރުން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ނަން އަނބުރާ ގެންގޮސްފަ އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ސަރަހައްދީ އެއްބާރުލުމަށް ވާގިި ދިނުމަށާއި، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ 2019 އިން 2020 ގެ ދައުރަށް ރާއްޖެއިން ކުރިމަތިލާފައިވާތީ، އެކަމަށް އިސްކަން ދިނުމުގެ މަގުސަދަގައި ކަމަށެވެ. އިންތިހާބުގައި ރާއްޖެ ބައިވެރިނުވި ނަމަވެސް ހޯމަދުވަހުގެރޭ ނެގި ވޯޓުގައި ހަތަރު ގައުމަކުން ރާއްޖެއަށް ވޯޓު ދީފައިވެ އެވެ. ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ރާއްޖެއަށް ތާއީދު ކުރި ގައުމުތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް