Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚަރިޖީ ސިޔާސަތު

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017 | ހޯމަ 10:12

އދގެ ތެރެއިން ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިގެންދޭ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 26 ޖޫން 2017 | ހޯމަ 10:12
އދ. ގެ ގޮތްޕެއް ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން

އދ. ގެ ގޮތްޕެއް ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް ކަމަށާއި އެކަމަށް އދ. ގެ ތެރެއިން ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ކަމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ޑރ. އާސިމް މިހެން ވިދާޅުވީ އދ. އުފެދުނުތާ 72 ފުރުމާއި ގުޅިގެން އާންމު ކުރެއްވި މެސެޖުގައެވެ.

Advertisement - newsAdvertisement

ޑރ. އާސިމްގެ މެސެޖުގައި އދ. އުފެއްދީ "ދެވަނަ ބޮޑު ހަނގުރާމައިގެ އަޅިތަކުން ދުނިޔެ އަރައިގަތް ދުވަސްތަކުގެ ތެރޭގައި" ކަމަށާއި ވޭތުވެދިޔަ 72 އަހަރުގެ ތެރޭގައި އދ. ވެގެންދިޔައީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އުންމީދީ ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމާއަތެއްގެ ގޮތުގައި ކަމަށް ފާހަގަކުރައްވާފައި ވެއެވެ.

އދ. ގެ މެންބަރަކަށް ރާއްޖެ ވީ 1965 ވަނަ އަހަރު މިނިވަންކަން ހޯދުމަށްފަހުއެވެ. ޑރ.

އާސިމް ވިދާޅުވީ ރާއްޖެއަކީ އޭރު އދ.އާ ގުޅުނު އެންމެ ފުރަތަމަ "މައިކްރޯ ސްޓޭޓް" ކަމަށެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމާ ގުޅިގެން، އދ. ގެ ޗާޓަރުގައިވާ ޒިންމާތައް ފުރިހަމަ ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނޭ ކަމަށް އޭރު ދެކެވުނު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް، އދ. ގެ "އެއް ގައުމު، އެއް ވޯޓު" އުސޫލުގެ ދަށުން އެހެން ގައުމުތަކާ އެއް ހަމައެއްގައި ރާއްޖެއަށް ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ޑރ. އާސިމް ފާހަގަކުރެއްވިއެވެ. މި އުސޫލުގެ ދަށުން ރާއްޖެ އާއި ދިވެހިންގެ ހުރި ކަންބޮޑުވުންތަކާ ގޮންޖެހުންތަކަށް ހައްލު ހޯދާ، އެއް ހަމައެއްގައި މިނިވަންކަމާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބި، ތަރައްގީވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުދި ގައުމުތަކަށް މިނިވަންކަމާއެކީ ހިޔާލުފާޅުކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އެންމެ ފުޅާކޮށް އެގައުމުތަކަށް ފޯރުކޮށްދީފައި ވަނީ އދ. ގެ ޗާޓަރުން ކަމަށް އެ މެސެޖުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި، އދ. ގެ ޗާޓަރުގެ އުސޫލުތައް ގާއިމްކުރުމާއި ހަމަހަމަ، އަމަންއަމާން ޖަމާއަތެއް ގާއިމްކުރުމަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތައްޔާރު ކަމަށް ވެސް މިނިސްޓަރ އާސިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް