Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާގެ މިނިވަންކަން

މި ސަރުކާރުން އަބަދުވެސް މީޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރާނެ: ރައީސް

އަބުރުގެ ޤާނޫނު އުވާލުމުން މީޑިއާ ކައުންސިލުން ވަނީ ރައީސަށް ޝުކުރުއަދާކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ފެބުރުއަރީ 2019 | އާދީއްތަ 09:37
ރައީސް މީީޑިއާ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން

ރައީސް މީީޑިއާ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން

މި ސަރުކާރުން އަބަދުވެސް މީޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ހެނދުނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މީޑިއާގެ މިނިވަން ކަމަށް މީޑިއާގެ މަސައްކަތްތަކަށް ލުއިފަސޭހަ ކުރުމަށް މީޑިއާ ކައުންސިލުން އެދިފައިވާ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ މީޑިއާގެ ތަރައްޤީއަށް އެކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި މީޑިއާގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ.

އޭގެ އިތުރުން އަބުރުގެ ޤާނޫނު އުވާލުމުން ދިވެހިރާއްޖޭގެ މީޑިއާއަށް ލިބިގެން ދިޔަ މިނިވަންކަމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ ރައީސަށް ޝުކުރުއަދާކޮށްފައެވެ. އަދި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބަތު ފާހަގަ ކުރުމަށް އެ ކައުންސިލުން އެކުލަވާލައި ތައްޔާރުކުރި "އަލިމަސް" ފޮތް ވެސް ރައީސަށް ވަނީ އަރުވާފައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު، ރައީސް ތަސްދީޤު ކުރެއްވީ 22 ނޮވެމްބަރު 2018 ގައެވެ. އަބުރުގެ ޤާނޫނަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ޤާނޫނެކެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މީޑިއާތަކަށް ހުރަސް އަޅައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން ވުޖޫދަށް ގެނައި އެ ގާނޫނުގެ ދަށުން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން ރާއްޖެ ޓީވީ 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.

އެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު