Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް

އެއީ ވިޓްނަސް ސްޓޭޓްމަންޓްތަކެއް - ތަހްގީގީ ރިޕޯޓެއް ނޫން!

އޭސީސީން ރިޕޯޓް ނެރުނީ މައްސަލަ ހުށަހެޅިތާ ފަސް އަހަރު ފަހުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2019 | އާދީއްތަ 07:15
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގީ ރިޕޯޓް އޭސީސީން އާންމުކުރީ ބުރާސްފަތި ދުވަހު

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގީ ރިޕޯޓް އޭސީސީން އާންމުކުރީ ބުރާސްފަތި ދުވަހު

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގީ ރިޕޯރޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުރާސްފަތި ދުވަހު އާންމުކޮށްފައެވެ. އޭސީސީން ތަހްގީގް ރިޕޯޓް އާންމުކުރުމާ ގުޅިގެން މި ކަމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. ކޮރަޕްޝަންގެ އަމަލެއް ހިނގާކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވޭ ނަމަ، އެ މައްސަލައެއް ހުށަހަޅަން އޮންނަނީ އެ ކަމަށް އުފައްދާފައިވާ ކޮމިޝަން ކަމުގައިވާ އޭސީސީއާއެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށް ފަހު، 776 ސޮފްހާގެ ރިޕޯޓެއް އޭސީސީން ނެރެފައި ވަނީ އޭސީސީއަށް އެ މައްސަލަ ހުށަހެޅުނުތާ ފަސް އަހަރު ފަހުންނެވެ.އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅީ 13 މެއި 2014 ގައެވެ.

އޭސީސީ އިން އެ މައްސަލަ ތަހްގީގު ކުރުމަށް އެ ކޮމިޝަނުގައި ރެޖިސްޓަރކޮށްފައި ވަނީ މައްސަލަ ހުށަހެޅިތާ އެއް އަހަރު ފަހުން 16 މާރޗް 2015 ގައި ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އެ އަށް ފަހު ސީދާ ތަހްގީގްގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައި ވަނީ 27 އޮކްޓޯބަރ 2015 ގައެވެ. އެހާތަނާ ޖަހެންދެން ވެސް އެމްއެމްޕީއާރުސީގެ ތެރެއިން ކޮރަޕްޝަން ދިޔައީ ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. އެކަން ހުއްޓުވަން އޭސީސީން ވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ސަރުކާރުގެ ސަމާލުކަމަށް ގެނައި ނަމަވެސް އޭރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން ވެސް ދެއްވީ ބީރު ކަންފަތެކެވެ.

އެ މައްސަލަ ކުއްލިއަކަށް ބަލަން ފެށީ ރިޔާސީ ލޯންޗުގައި ކޮޅުގައި ބޮން ގޮއްވާލިތާ އެއް މަސް ފަހުންނެވެ. ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި ހާދިސާ ހިގާފައި ވަނީ 23 ސެޕްޓެމްބަރު 2015 ގައެވެ. އޭރު އެ ހާދިސާގެ ތުހުމަތު އަޅުވާފައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މުގުލުގައި ހުންނެވީ އޭރުގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އިސްތަށިފުޅުގައެވެ.

ކޮރަޕްޝަންގެ އަމަލްތައް ބެލުމަށް ހަވާލުކޮށްފައިވާ ތަހްގީގީ އިދާރާއަށް މިފަދަ ބޮޑު މައްސަލައެއްހުށަހެޅިތާ އެއް އަހަރުވީއިރު ވެސް، ތަހްގީގު ނުފަށައި އެ ކޮމިޝަނުން ލަސްކުރުމަކީ އިހްމާލެކެވެ. އޭސީސީއަށް މައްސަލަ ހުށަހެޅުމާ އެކު ތަހުގީގު ފެށި ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ފަދަ މުހިއްމު މުއައްސަސާތަކުން މަޢުލޫމާތު ހޯދައި، އަތްނުފޯރާ ހިސާބަށް އެ މައްސަލަ ދިޔަ ނުދީ، ދައުލަތަށް ލިބުނު ގެއްލުން ކުޑަކުރެވުނީހެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހްގީގު އޭސީސީން ކުރިއަށް ގެންދިޔަ އިރު އެ ކޮމިޝަންގެ މެންބަރުންނާ މެދު ވެސް ބޮޑު ތުހުމަތުތަކެއް އަދި ފާޑުކިޔުންތަކެއް ދިޔައީ އަމާޒުވަމުންނެވެ. އެކަން އެހެން އޮއްވައި ފަސް އަހަރު ފަހުން ނެރުނު ރިޕޯޓްގައި ފޫނުބެދޭ ބޮޑެތި ބާގަނޑުތަކެއް ހުރުމަކީ އެ މެންބަރުންގެ އިހްލާސްތެރިކަމާ މެދު އިތުރަށް ސުވާލި އުފެދޭ ކަމެކެވެ.

އެތައް ދުވަހެއްގެ މަސައްކަތަށް ފަހު ނެރުނު 776 ސޮފްހާގެ ރިޕޯޓް ފާހަގަކުރެވެނީ ތަހްގީގީ ރިޕޯޓަކަށް ވުރެ ބޮޑަށް ސުވާލުތަކެއްގެ ޖަވާބު ހިމެނޭ "ވިޓްނަސް ސްޓޭޓްމެންޓްތަކެއްގެ ކޮމްޕައިލޭޝަނެއް"ގެ ގޮތުގައެވެ. ރިޕޯޓްގައި ހިމަނާފައިވާ އިވެންޓްތައް، އެއް އިވެންޓް އަނެއް އިވެންޓާ ދެމެދު އެއްވެސް ލިންކެއް ނެތްކަން ފާހަގަކުރެވެއެވެ. ރިޕޯޓްގައި އެއްވެސް ވަރަކަށް ލިބުނު މަޢުލޫމާތާއި ހެކިތަކުގެ ފުރިހަމަ އެނަލިސިސް ހެދިފައި ނެތްކަން ފާހަގަކުރެވެއެވެ. އޭސީސީގެ ތަހްގީގީ ރިޕޯޓަކީ ރައްޔިތުންނާ ގުޅުން ހުރި ހައްސާސީ މައްސަލައެކެއެވެ. ކުރުކޮށް ދަންނަވާ ނަމަ، ރިޕޯޓް ބޮޑަށް ފާހަގަވެފައި ވަނީ ހެކިންގެ ބަޔާން ހިމެނޭ ވިޓްނަސް ސްޓޭޓްމަންޓްތަކެއްގެ ގޮތުގައެވެ.

ރިޕޯޓް އާންމު ކުރުމާ އެކު އޭސީސީން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައަށް ހެކި ދިން ހެކިން މި ވަނީ ހާމަވެގެން ގޮސްފައެވެ. މިހާރު އުފެދޭ ސުވާލަކީ ހެކި ދިން މީހުން ހިމާޔަތްކޮށްދޭނީ ކޮން ބައެއްތޯއެވެ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެސްއޯއެފް ކުންފުނިން ފައިސާ ލިބިފައިވާ ކަމަށް އޭސީސީއިން ބުނި 155 މީހުންގެ ނަން އޭސީސީގެ ތަހްގީގީ ރިޕޯޓްގައި ހިމަނާފައި ވެއެވެ. ޑޮލަރު ބޮޑެތި މުއާމަލާތްތަކެއް އެސްއޯއެފް ކުންފުނިން ހިންގާފައިވާކަން އެ ރިޕޯޓުން ހާމަވެއެވެ. މުޢުތަބަރު ފަރާތަކުން ރާއްޖެއެމްވީ އަށް ކިޔައިދިން ގޮތުގައި އޭސީސީ އިން ހާމަކުރި 155 ފަރާތުގެ ނަންތަކަށް ބަލާއިރު، އޭގައި ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކާ ފަރާތްތައް ވެސް އެބަ ތިބި ކަމަށެވެ. އެހެންކަމުން، އޭގެ ތެރެއިން ބައެއް މީހުން އެސްއޯއެފް ކުންފުނިން އޭރު ޑޮލަރު ގަނެފައި ވަނީ އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ނޭނގި ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެ ތެރެއިން ބައެއް މުޢާމަލާތްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ނޭނގި ހިންގާފައިވާ ޞައްޙަ ވިޔަފާރީގެ މުޢާމަލާތްތަކެއް ކަމަށް ވުން ވެސް އެކަށީގެންވެއެވެ. އަދި އެސްއޯއެފްއަކީ ވިޔަފާރިކުރާ ކުންފުންޏަކަށް ވުމުން އެ ކުންފުނިން ކޮށްފައިވާ އެހެން ވިޔަފާރިތަކާ ގުޅުން ހުރި މުއާމަލާތްތައް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭސީސީގެ ރިޕޯޓްގައި އެކަން ތަހްގީގުކޮށްފައެއް ނުވެއެވެ. އެ ފައިސާ އެ މީހުންނަށް ދޭންޖެހުނު ގޮތާއި ދިނީ ކޮން ސަބަބަކާ ހުރެ ކަމާއި ކުރެވުނީ ކޮން މުއާމަލާތެއްކަން މާ ބޮޑަށް ސާފުވެފައެއް ނުވެއެވެ. އެހެންކަމުން އެސްއޯއެފްގެ ފައިސާ ލިބުނު 155 މީހުންގެ ބޮލުގައި ނުސީދާ ގޮތެއްގައި އޭސީސީން އެ ވަނީ ވަގު ބޯޑު އަޅުވާފައެވެ. އާންމު ރައްޔިތުންނަށް އެގޮތަށް ވިސްނައިދީފައެވެ.

ޗެކްތަކުން ފައިސާ ނެގި މީހުން ނަޤުދު ފައިސާއިންނާއި އަދި ޑޮލަރު ވިއްކައިގެން ލިބުނު މަންފާ އެހެން ފަރާތްތަކަށް ރިޝްވަތުގެގޮތުގައި ދީފައިވުމަކީ އެކަށިގެންވާ ކަމަކަށް ވާއިރު، އެ ރިޕޯރޓުގައި އެފަދަ ކަންތައްތައް ފާހަގަކޮށްފައެއް ނުވެއެވެ. ކުރުކޮށް ދަންނަވާ ނަމަ، ނަޤުދު ފައިސާއަކީ މަނީ ލޯންޑަރކުރުމުގައި ކުށްވެރިން އެންމެ ގިނަ އިން ބޭނުންކުރާ ފައިސާގެ މުޢާމަލާތްކަމުގައި ވާއިރު، ނަޤުދު ފައިސާއިން ކޮށްފައިވާ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ އެއްވެސް ތަހުގީގެއް އެ ރިޕޯރޓުގައި ފާހަގަކޮށްފައި ނުވާކަން އެނގެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތަހްގީގީ ރިޕޯޓް އޭސީސީން ހާމަކުރުމުން ދޭހަވެގެން ދިޔައީ ކޮމިޝަނަށް އެކަށީގެންވާ މިންވަރަށް މި މައްސަލައިގެ ތަހްގީގް ހިނގާފައި ނުވާ ކަމެވެ. އޭސީސީގެ އިހްމާލް ވެސް ބޮޑު ކަމެވެ. އަދި، މިފަދަ ތަހްގީގީ ރިޕޯރޓެއް އޭސީސީ އިން ހާމަކުރުމުގެ އަސްލު ބޭނުމަކީ ކޮބައިކަމާ މެދު ސުވާލު އުފެދެއެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު "ފިތިފައި" ތިބި ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން ދިޔަ ސަބަބުން މި ރިޕޯޓުން ހަމަ ރަނގަޅަށް ވެސް ހާމަވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުންފަތުގެ ސަބަބުން ހިތްހަމަޖެހޭ ކަމަށް ޤަބޫލުކުރެވުނަސް އެއީ ކުށްހީއެއް !

ދުންފަތުގެ ސަބަބުން ހިތްހަމަޖެހޭ ކަމަށް ޤަބޫލުކުރެވުނަސް އެއީ ކުށްހީއެއް !

31 މެއި 2019
މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

25 އެޕްރީލު 2019
އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

14 ފެބުރުއަރީ 2019
ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019
އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

15 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު