Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

މޮނިޓަރުންނާއި އޮބްޒާވަރުން ގިނައީ ޕީޕީއެމްގެ ފަޅީގައި

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2018 | ހޯމަ 14:33
ރައީސް ޔާމީން އިންތިޚާބުގައި ވޯޓް ލައްވަނީ: ނަތީޖާ ގަބޫލުކުރެއްވުމަށް ފަހު، ވޯޓްގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ ދަނީ މުޒާހަރާކުރަމުން

ރައީސް ޔާމީން އިންތިޚާބުގައި ވޯޓް ލައްވަނީ: ނަތީޖާ ގަބޫލުކުރެއްވުމަށް ފަހު، ވޯޓްގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ ދަނީ މުޒާހަރާކުރަމުން

މިހާރު ދައްކަނީ ޖާދޫ ގަލަމެއްގެ ވާހަކަ އެވެ. ކަރުދާހުގެ ފާހަގަ ވެއްޓޭ ވާހަކަ އެވެ. މޮޅު އަނގޮޓިއެއްގެ ވާހަކަ އެވެ. މި ވާހަކަތަކަށް އިޝާރަތް ކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެ މައްސަލައިގައި ކޯޓަށް ހާޒިރުވެވަޑައިގަންނަވާ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވި ގޮތުގައި މިހާރު މަދުވަނީ އަލާއުއްދީނުގެ ޖާދޫގެ މުސައްލަ އެވެ. ހިސާންގެ ވާހަކަ އަށް ބައެއް އެހެން ތަކެތި ވެސް އިތުރުކޮށްލަން ރަނގަޅެވެ. ޖާދޫގެ ފިހިގަނޑާއި، ޖާދޫގެ ކުރައެވެ.

ޖާދޫގެ މުސައްލަ އާއި ފިހިގަނޑު ބޭނުންކުރީ ގުޅިފައިވާ ޕާޓީތަކުގެ މީހުން އެއް ފޮށިން އަނެއް ފޮއްޓަށް ވޯޓުލާން ދިއުމަށް ކަމަށް ބުނެވިދާނެ އެވެ. މަރުވެފައިވާ މީހުންގެ ސިފަ ސިފައިގައި، އަދި ވޯޓުލުމަށް ހާޒިރު ނުވާހެން ހީވާ ކޮންމެ މީހެއްގެ ސިފައިގައި ޖާދޫގެ ކުރައިން ސޫރައެއް ނުކުމެ ވޯޓުލި ކަމަށް ބުނެ ވާހަކަ ދެއްކި ދާނެ އެވެ. ނުފެންނަ ހެދުމުގައި ބަޔަކު ގޮސް ވޯޓުލި ކަމަށް ބުނެވިދާނެ އެވެ. އެކަމުގެ ހެއްކަކަށް ހުޅުމާލޭ ފޮއްޓެއްގައި 25 ވޯޓު ކަރުދާސް އިތުރުވި މައްސަލަ ނަގަންވީ ނޫންތޯ އެވެ.

ބައެއްގެ ބުއްދިއަށް ގަބޫލު ނުކުރެވުނަސް ވާހަކަ ދެއްކި ދާނެ ނޫންތޯ އެވެ. މި އުޅެނީ ހިޔާލީ ވާހަކަތަކެއް ކިޔައިދޭކަށް ނޫނެވެ.

އިންތިޚާބުގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެ އިންތިޚާބު އޮބްޒާވްކުރަން ކިތައް ލޯ ހުރިކަން އެނގޭ ހެއްޔެވެ؟ އޮބްޒާވްކުރަން 2610 މީހުން ތިބިއިރު، މޮނިޓަރުންގެ އަދަދަކީ 3329 އެވެ. އަދި ކޮންމެ ކެންޑިޑޭޓެއްގެ 472 މަންދޫބުން ތިއްބެވެ. އެހެންވެ، އިންތިޚާބުގައި ކަން ހިނގަމުންދިޔަ ގޮތް ބެލުމަށް ޖުމުލަ 6883 މީހުން ތިއްބެވެ.

އޮބްޒާވަރުންގެ ގޮތުގައި ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ 468 އޮބްޒާވަރުންނާއި ޑީއާރުޕީގެ 509 އޮބްޒާވަރުން އަދި ޕީޕީއެމްގެ 372 އޮބްޒވަރުން ހަރަކާތްތެރިވި އެވެ. އެމްޑީޕީގެ އޮބްޒާވަރުންގެ އަދަދަކީ، 414 އެވެ.

އިންތިޚާބު މިނިޓަރކުރަން 3329 މީހުން ހަރަކާތްތެރިވިއިރު، އެންމެ ގިނައީ ދައުލަތުގެ މީޑިއާ މޮނިޓަރުންނެވެ. ޗެނަލް13 ގެ މޮނިޓަރުންގެ އަދަދު ވެސް މަދެއް ނޫނެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންގެ އިތުރުން، ފޮށިތައް ކައިރީގައި ތިބި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ލިސްޓްގައި ވެސް ގިނައީ ޕީޕީއެމް އަށް ނިސްބަތްވާ މީހުންކަމަށް ބުނެ އެވެ. އެ ލިސްޓް ފޮނުވީ ކޮން ބައެއްކަން އެނގޭނެ އެވެ.

އެ އެންމެންގެ ލޯމަތީގައި، އެބުނާވަރުގެ ގޯސްތަކެއް ހަދައިފި ނަމަ އެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އަދި އޮފިޝަލުންއަށް ވެސް އެ ކުރެވެނީ މަލާމާތެކެވެ. އިންތިޚާބުގެ އަދަދުތަކަށް ބަލާއިރު، ޕީޕީއެމް އިން އެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނަމަ، މިފަހަރުގެ އިންތިޚާބަކީ ފަހުގެ އަޖައިބުގެ ތެރެއިން އަޖައިބަކަށް ނުވާނެތޯ އެވެ. ނަމަވެސް އެއީ ޖާދޫއެއް ނޫނެވެ. ނަތީޖާއަކީ އަސްލެކެވެ. މި ބަޔާންކުރި އަދަދުތަކުން އެކަނި ވެސް އެކަން އެނގޭނެ އެވެ.

ރައީސް ޔާމީނު އެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށް ފަހު ހިޔާލީ ވާހަކަތަކެއް ދައްކައިގެން ލިބޭނެ މޮޅަކީ ކޮބައިތޯ އެވެ. އިންތިޚާބު ބާތިލުކޮށްގެން މަނިކުފާނަށް އިންތިޚާބު އަލުން ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރަނީ ކިތައް މީހުންތޯ ބައްލަވާލައްވާށެވެ. އަދިވެސް މަނިކުފާނާއި މަނިކުފާނުގެ ކައިރީގައި ތިބި ބައެއް ބޭފުޅުންނަށް ތިޔަ ފެންނަނީ އަވާ މެންދުރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު