Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މިއީ ވަރުގަދަ އިންޓެލިޖެންސް ރިޕޯޓެއް!

19 މާރިޗު 2018 | ހޯމަ 11:27

މި އިންޓެލިޖެންސް ރިޕޯޓެއްގެ ޝިކާރައަކަށް މިފަހަރުވެފައި ވަނީ ރާއްޖެޓީވީގެ ދެ މުވައްޒަފުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މާރިޗު 2018 | ހޯމަ 11:27
އެސްއޯ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ

އެސްއޯ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ

ތިމާ ހިތްނުރުހޭ މީހަކު ނައްތާލަން ބޭނުންވުމުން، ނުވަތަ އެމީހަކާ ދެކޮޅަށް ހެއްކެއް ނުފެނުމުން، އެ މީހަކު ހައްޔަރުކުރީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްތޯ ގާޒީ ސުވާލު ކުރާ ކޮންމެ ފަހަރަކު ދިވެހި ފުލުހުންގެ މުއައްސަސާ އިން ބޭނުންކުރާ ބޮޑު ފަރުވާއަކީ އެ ބުނާ އިންޓެލިޖެންސް ރިޕޯޓެކެވެ. ތާހިރު ދިވެހި ބަހުން ބުނާނަމަ ޖާސޫސީ ރިޕޯޓެވެ. މި ބޮޑު ރިޕޯޓުގައި ވަނީ ކޮންކަންތައްތަކެއް ބާވައޭ ހިތަށް އަރައެވެ. މިވަރުގެ ރިޕޯޓެއް ބަލާލަން ހިތްވެސް އެދެއެވެ.

މިހެން ހިތަށް އަރަންޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއީ އެ ބުނާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ނުހައްޤުން ޖަލަށް ލެވި، ޖަލުގައި ދުވަސްތައް ވޭތުކުރަމުންދާ އެތައް ބަޔަކު ތިބީތީއެވެ. މި އިންޓެލިޖެންސް ރިޕޯޓެއްގެ ޝިކާރައަކަށް މިފަހަރުވެފައި ވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމެވެ. އެ ބުނާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ވިސާމާއި އާމިރުގެ މައްޗަށް ކޮށްފައިވަނީ ކުށެއް ކުރަން އުޅުމާއި، ޝަހްސު އޮޅުވާލުމާއި، ކުށުގެ އަމަލެއް ދޭހަވާ ކަމަކަށް ހިތްވަރު ދިނުމާއި، މިފަދަ އެތައް އެތައް ތުޙުމަތުތަކެކެވެ. މި ތުހުމަތުތައް ހަމަ ހަޤީޤަތުގައިވެސް ސިފަވަނީ ބޮޑު ޖޯކެއް ގޮތަށެވެ.

ފުލުހުންގެ އަމަލުތައް ހުންނަ ގޮތާއި އަމަލުކުރާ އިޖުރާއަތް، ދެއިރު ދެދަޅައަށް ބަދަލުވަމުންދާތީ، ވިސާމާއި އާމިރުގެ މައްޗަށް ފުލުހުން މިކުރަނީ އެ މީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ތުހްމަތެއްކަން ގަބޫލުކުރާ މީހުން ގިނައެވެ. އަދި އާމިރާއި ވިސާމަކީ ކާކުކަން އެނގޭ މީހުންނަށް، އެ ދެ މީހުން ގާނޫނާ ޚިލާފަށް ފުލުހުންގެ ވީޑިއޯއެއް ނުއުފައްދާނެކަން ކަށަވަރުވެއެވެ.

އާމިރާއި ވިސާމް ހައްޔަރުކުރީ، ރާއްޖެ ސިޔާސީ ރޯނުއެދުރުންތަކެއް ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް އިންޒާރު ދިންތާ މާ ގިނަ އިރެއް ނުވަނީހެވެ. ހީވާ ގޮތުން ފުލުހުންގެ ކޮމާންޑު އޮތީ މި ބުނާ ރޯނުއެދުރުންގެ އަތުގައެވެ. ފެންނަ ފެނުމަށް ރާއްޖެޓީވީއަށް ރައްޔިތުންގެ ހިތުގައި އޮތް ލޯބާއި، ގެންނަހާ ފަރިވަޅު ފެނިފައި އެވެރިންގެ ހިތަށް ހަމަ ކެތް ނުވަނީއެވެ. އަދި މިހާތަނަށް ޖެހި ހުރިހާ މަޅިއަކުން ރާއްޖެޓީވީ ސަލާމަތްވެފައިވާތީ، ވަރުގަދަ ލަނޑެއް ދިނުމުގެ ވިސްނުން ދިޔައީ ތިލަކުރަމުންނެވެ. ރާއްޖެ ޓީވީ ބަންދުކުރުމުގެ ވާހަކަ ދިޔައީ ދައްކަމުންނެވެ.

އެންމެ ފަހުން މި ވަނީ ރާއްޖެ ޓީވީގެ އަގު ވައްޓާލުމަށް ވަރުގަދަ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ދެ ނޫސްވެރިޔަކު ހައްޔަރުކޮށް ޖަލަށް ލައިފައެވެ.

އެބުނާ ބަޔަކު މީގެ ކުރިންވެސް ރާއްޖެޓީވީއަށް އެތައް ގެއްލުމެއް ދީފިއެވެ. ރާއްޖެޓީވީ އަންދައި އަޅިޔަށް ހަދާލިއެވެ. މަރުގެ ހަމަލާ ދިނެވެ. އިންޒާރު ދިނެވެ. ތަކެއްޗަށް ބޮޑެތި ގެއްލުން ދިނެވެ. އަސުރުމާ ކޮމިޝަނުން ވަނީ ބޭއިންސާފުން ބޮޑެތި އަދަދުތަކުން ރާއްޖެޓިވީ ޖޫރިމަނާތައް ކޮށްފައެވެ. މިއިން ކޮންމެ ފަހަރަކުވެސް މި ސްޓޭޝަން ސަލާމަތް ވެގެން ދަނީ ދިވެހިރައްޔިތުންގެ ހެޔޮ ދުއާގެ ސަބަބުންނެވެ.

ދިވެހިރައްޔިތުންނާއި ރާއްޖެ ޓީވީއާ އޮތް ދެމެދު ހިތާއި ހިތުގެ ގުޅުމަކީ ބިރު ދައްކައިގެން، ހުރަގެއަށް ލައިގެން، އަނދަގޮނޑި ޖަހައިގެން ހީނަރުކޮށްލެވޭނެ ގުޅުމެއް ނޫނެވެ. މިފަދަ ކޮންމެ އަނިޔާއަކުން ލިބެނީ ދިރުމެވެ. ލިބެނީ ޝަރަފެވެ. ހައްގުގެ މަގުގައި ތިބެ ރާއްޖެޓީވީގެ ނޫސްވެރިން ސާބިތުކަމާއެކު ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން އޮހެމުންދަނީ ތައުރީފެވެ. އެހެންވެ، ބޭއިންސާފު ތުހްމަތަކުން، އުފައްދާ ނަފުރަތަކުން އިރާދަކުރެއްވީތީވެ ދެރައެއް ނުލިބޭނެއެވެ.

ކިތަންމެ ވަރަކަށް އިންޓެލިޖެންސް ރިޕޯޓް ހެދިޔަސް ރައްޔިތުންނެއް ތިޔަކަށް ނުހެއްލޭނެއެވެ. ތިޔަ އިންޓެލިޖެންސް ރިޕޯޓްތައް ރައްޔިތުންނަށް ފެންނަނީ ބޮޑެތި ޖޯކުގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.
08 އޯގަސްޓު 2017

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
26 މާރިޗު 2017

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް