Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހޯމް މިނިސްޓްރީ

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

2 ޖެނުއަރީ 2019 | ބުދަ 13:39

ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ނޭނގޭ ކަމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ޖެނުއަރީ 2019 | ބުދަ 13:39
މާފުށީ ޖަލުގައި ނެންގެވި ފޮޓޯ: އިމްރާން ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ނޭނގޭ ކަމަށް

މާފުށީ ޖަލުގައި ނެންގެވި ފޮޓޯ: އިމްރާން ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ނޭނގޭ ކަމަށް

ހޯމް މިނިސްޓަރު، ޝެއިހް އިމްރާން އަބްދުﷲ އިންނެވީ މުސައްލައެއްގެ މަތީގައެވެ. ހަތަރު ބޭފުޅުން އެތުރިގެން ތިއްބެވި ގޮތުން، ބެލެވެނީ ޖަމާއަތުގައި ނަމާދު ކުރެއްވުމަށް ފަހު، ތިއްބެވިހެންނެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމު ނެންގެވި އެ ފޮޓޯ، އޭނާ ކުރެއްވި ޓްވީޓަކުން އާންމު ކުރުމުން ފާޑުކިޔުން އަމާޒުވިއެވެ. ދެ ހަފްތާ ކުރިން އާންމު ކުރި އެ ފޮޓޯ ދައުރުވާން ފެށުމާ އެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މިހާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއަށެވެ.

ޖަލުތައް ބެލެހެއްޓެވުމުގެ ޒިންމާ، ހަވާލުވެފައިވާ ވުޒާރާ ހިންގަވާ އިމްރާން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އިން ސުވާލު ކުރުމުން ވިދާޅުވީ "އެކަން ހިނގާފައިވާ ގޮތް ރަނގަޅަކަށް ނޭނގޭ" ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގޯސްކޮށް، ކުށެއްގެ ކުރެވިފައި އޮތިއްޔާ ކޮންމެ މީހަކު ކުރިޔަސް، އެ ވާނީ ގޯހަކަށް. އެ ވާނީ ކުށަކަކަށް،" އިމްރާން ވިދާޅުވިއެވެ.

"އެކަންތައްތައް ހިނގާފައި އޮތް ގޮތް އަޅުގަނޑަށް ވެސް އެންމެ ރަނގަޅަކަށް ނޭނގޭ. ވަރަށް ތެދަށް މި ދަންނަވަނީ. އަޅުގަނޑަކަށް ނޭނގޭ ހިނގާފައި އޮތް ގޮތެއް."

ޖަލުގެ "އަރާމު ދިރިއުޅުން" ކަމަށް ސޯޝަލް މީޑިއާގައި ބުނާ އެ ފޮޓޯ ޓުވީޓު ކުރައްވަމުން ނާޒިމު ދެ ޓްވީޓެއް ކުރައްވާފައިވެއެވެ. ފުރަތަމަ ޓްވީޓުގައި ނާޒިމް ވިދާޅުވެފައި ވަނީ އެބޭފުޅުން ކުރެއްވި ދުއާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. ދެ ވަނަ ޓްވީޓުގައި ނާޒިމް ވިދާޅުވެފައި ވަނީ ފޮޓޯއިން ފެންނަނީ ޝެއިހަކާއި އަސްކަރީ ތަމްރީނު ލިބިފައިވާ ދެ އޮފިސަރަކާއި އިންޖިނިއަރެއް ކަމަށެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަކީ އާންމު ކަމެކެވެ. އެކަމުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޝާމިލުވާ ކަމުގެ ތުހުމަތަށް ވަޒީފާއިން ވަކިކުރުމަކީ ވެސް އާންމު ކަމެކެވެ. ކޮރަޕްޝަންގެ ހާއްޔަކަށް އެތަންވެފައިވާ ކަމަށް އަބަދުވެސް އަޑުއިވެއެވެ.

އެކަމަށް ހޯމް މިނިސްޓަރު ދެކޮޅު ނަހައްދަވައެވެ. އެމަނިކުފާނު ޖަލުގައި ހޭދަ ކުރެއްވި މުއްދަތުގައި، އެފަދަ ކަމެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ވިދާޅެއް ނުވެއެވެ. ކުށެއް ނުކުރާ ކަމަށް ދެކޮޅެއް ވެސް ނަހައްދަވައެވެ. އެއްބަސްވެ، އިއުތިރާފުވެ، ގޯހެއް އިތުރަށް ގޯހުން ގޯހަށް ނުދާނެ ގޮތް ހެދުމަކީ ހެޔޮ ފާލެކެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2018

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

27 މާރިޗު 2018
އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް
13 ފެބުރުއަރީ 2018

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

13 ފެބުރުއަރީ 2018
ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
06 ފެބުރުއަރީ 2018

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން
25 ޖެނުއަރީ 2018

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި
27 ޑިސެމްބަރު 2017

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

27 ޑިސެމްބަރު 2017
ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟
05 ޑިސެމްބަރު 2017

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟
14 ސެޕްޓެމްބަރު 2017

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް