Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އަމިއްލަ ގެއަކަށް ސާރާ ބަދަލުވީތަ؟

ބޮކްސްތައް ކައިރި ގެއެއްގެ ތެރޭގައި ސާރާ އިށީންދެ އިދެ ނަގާފައިވާ ފޮޓޯއެއް ސާރާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 ފެބުރުއަރީ 2019 | ބުރާސްފަތި 18:24
ސާރާ އަލީ ޚާން

ސާރާ އަލީ ޚާން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ކެދަރްނާތު" އިން ބޮލީވުޑަށް ތަޢާރަވި ސާރާ އަލީ ޚާން ގެ ދިރިއުޅުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފިއެވެ.

"ކެދަރްނާތް" އަށް ފަހު ދެން ސާރާ ކުޅޭފައިވާ ފިލްމް "ސިމްބާ" ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެން ގޮސްފައެވެ.

ސިމްބާގެ ކާމިޔާބީއަށް ފަހު ސާރާ ވެގެންގޮސްފައިވަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މިދުވަސްވަރު ފޭނުން އެންމެ ބޮޑަށް އެތަރިއެއްގެ ކަންކަން އިންގެން ބޭނުންވާ އެއްތަރިއަށެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ސާރާ ވަނީ އޭނާގެ އަމިއްލަ ގެއަކަށް ބަދަލުވެފައެވެ. އެގޮތުން ކާރެއްގައި ސަރާގެ ސާމާނު ކަމަށް ބެލެވޭ ތަކެތި ހުރި ބޮކްސް ތަކެއްގެ ފޮޓޯތައް ވަނީ ދައުރުވާން ފަށާފައިވަނިކޮށް އެ ބޮކްސްތައް ކައިރި ގެއެއްގެ ތެރޭގައި ސާރާ އިށީންދެ އިދެ ނަގާފައިވާ ފޮޓޯއެއް ސާރާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ސަރާ ލިޔެފައިވަނީ "ހިއާ އިޒް ޓު ނިއު ބިގިނިން" އެވެ.

ސާރާ ވަނީ އެނާގެ ބައްޕަ ސައިފް އަލީ ޚާން އާއި އެކު "ކޮފީ ވިތް ކަރަން" ޝޯގައި ބައިވެރި ވެފައެވެ. އެޝޯގައި ވާހަކަ ދައްކަމުން ސާރާ ބުނެފައިވަނީ އޭނާއަށް ހިތް ލިބިފައިވަނީ މަންމަގެ ފަރާތުން ކަމަށާއި ވިސްނުން ލިބިފައިވަނީ ބައްޕަގެ ފަރާތުންކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިމްތިއާޒް އަލީގެ ދެން އަންނަން އޮތް ފިލްމުންނެވެ.

"ބޮމްބޭ ޓައިމްސް" އަށް ދިން އިންޓަވިއުގައި އޭނާގެ މަންމަ ކުޅެފައިވާ ރޯލް ތަކުގެ ތެރެއިން އެންމެ ކުޅެން ބޭނުންވަނީ ކޮން ދެ ރޯލެއްތޮ ސުވާލުކުރުމުން ސާރާ ބުނެފައިވަނީ "ބޭތާބް އަދި "އައިނާ" ގެ ކެރެކްޓަރ ކަމަށެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2018

ސިމްބާއިން ފެނިގެންދާނީ ސާރާއާއި ރަންވީރު ސިންގް

20 މާރިޗު 2018
ސިމްބާއިން ފެނިގެންދާނީ ސާރާއާއި ރަންވީރު ސިންގް
29 ޖެނުއަރީ 2018

ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ވަރިކުރި ކަމަށް ބުނެ އަނބިމީހާ މެސެޖް ކޮށްފި

29 ޖެނުއަރީ 2018
ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ވަރިކުރި ކަމަށް ބުނެ އަނބިމީހާ މެސެޖް ކޮށްފި
29 ޖެނުއަރީ 2018

ސުޕަ 30 ގެ ބަތަލާއަކަށް ސާރާ

29 ޖެނުއަރީ 2018
ސުޕަ 30 ގެ ބަތަލާއަކަށް ސާރާ
10 ޖެނުއަރީ 2018

ސާރާ އަބަދުވެސް ބޭނުން ވަނީ އެކްޓަރަކަށް ވާން: ސައިފް އަލީ ޚާން

10 ޖެނުއަރީ 2018
ސާރާ އަބަދުވެސް ބޭނުން ވަނީ އެކްޓަރަކަށް ވާން: ސައިފް އަލީ ޚާން
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު