Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސާރާ އަލީ ޚާން

ސުޕަ 30 ގެ ބަތަލާއަކަށް ސާރާ

29 ޖެނުއަރީ 2018 | ހޯމަ 06:10

ރިތިކް ރޯޝަން ބޭނުންވަނީ އޭނާއާއި އެކު ލީޑު ރޯލުން ސާރާ ފެނުމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 ޖެނުއަރީ 2018 | ހޯމަ 06:10
ސާރާ އަލީ ޚާން

ސާރާ އަލީ ޚާން

މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ސުޕަ 30 ގެ ޝޫޓިން ވަނީ މިދިޔަ ހަފްތާގައި ފަށާފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް އަންނާނެ ކަމަށް އިއުލާންކޮށްފައިވާ ސުޕަ30 ގެ ލީޑު ރޯލުން ފެންނާނެ އަންހެން ބަތަލާއަކު އަދި ނަގާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ލީޑު ރޯލުން ފެންނާނެ އަންހެން ބަތަލާއަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާންއެވެ. މި ފިލްމުގައި ސާރާ ބައިވެރި ކުރުވުމަށް ފިލްމުގެ ޑައިރެކްޓަރ ކަމަށްވާ ވިކާލް ބަލްއާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގައި އާނަންދު ކުމާރުގެ ރޯލު އަދާކުރާ ރިތިކް ރޯޝަން ބޭނުންވަނީ އޭނާއާއި އެކު ލީޑު ރޯލުން ސާރާ ފެނުމަށެވެ. ސާރާ މި ފިލްމަށް އާނއެކޭ ބުނެފިކަމުގައި ވާނަމަ ސުޕަރ30 ވެގެންދާނީ އޭނާގެ ދެވަނަ ފިލްމަށެވެ. ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ ފިލްމެއް ވެސް ސާރާ އަށް ދޭން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިތިކް އެ ފިލްމު ކުޅެން އާނއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި ކަމަށް މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ. ރިތިކް އޭނާގެ ކެރިއަރުގައި މީހެއްގެ ހަޔާތުގެ މައްޗަށް ކުޅޭ ފުރަތަމަ ފިލްމަށް އާއެކޭ ބުނީ އޭނާ އަށް އެ ފިލްމު މޮޅަށް ކުޅެވޭނެ ކަން ޔަގީންވުމުން ކަމަށެވެ. އާނަންދު ބުނެފައިވަނީ އޭނާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުން އޭނާގެ ރޯލު ރިތިކް ކުޅުމަކީ ވަރަށް އުފާވާ ކަމެއްކަމަށެވެ. އަދި އޭނާގެ ރޯލަށް ރިތިކް ވަރުގެ މީހަކު އޭނާއަށް ނުފެނުނު ކަމަށާއި ރިތިކް އޭނާގެ ރޯލު ވަރަށް މޮޅަށް އަދާކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ޑައިރެކްޓަރ ވިކާލް ބަލް އާއި މެދު ޝައްކެއް ނެތް ކަމަށާއި އޭނާ އުފައްދާނެ ފިލްމަކީ ފުރިހަމަ ފިލްމެއް ކަމަށް ދެކޭކަމަށް އާނަންދު ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

"ސީކްރެޓް ސުޕަސްޓާ" އަށް ބޮޑު ފައިދާއެއް

05 ނޮވެމްބަރު 2017
"ސީކްރެޓް ސުޕަސްޓާ" އަށް ބޮޑު ފައިދާއެއް
24 އޮކްޓޯބަރު 2017

"ސީކްރެޓް ސުޕަސްޓާ"އަށް 31.31 ކުރޯޑް ރުޕީސް

24 އޮކްޓޯބަރު 2017
 "ސީކްރެޓް ސުޕަސްޓާ"އަށް 31.31 ކުރޯޑް ރުޕީސް
20 އޮކްޓޯބަރު 2017

ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ

20 އޮކްޓޯބަރު 2017
ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ
17 އޮކްޓޯބަރު 2017

"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!

17 އޮކްޓޯބަރު 2017
"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!
27 ސެޕްޓެމްބަރު 2017

ރިތިކް "ސުޕަރ 30" އަށް އާއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި

27 ސެޕްޓެމްބަރު 2017
ރިތިކް "ސުޕަރ 30" އަށް އާއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި
21 އޯގަސްޓު 2017

"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން

21 އޯގަސްޓު 2017
"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން
02 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި

02 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި
01 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު
13 މާރިޗު 2017

ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު

13 މާރިޗު 2017
ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް