Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކްލޯއީ ކާޑޭޝިއަން

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

ކްލޯއީ ހުރީ ވަރަށް އުފަލުން، އޭނާ ވިހާނެ ދުވަހެއް އަދި ނުބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2017 | ބުރާސްފަތި 06:45
ކްލޯއީ ކާޑޭޝިއަން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ

ކްލޯއީ ކާޑޭޝިއަން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ

އުމުރުން 33 އަހަރުގެ ކްލޯއީ އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން 26، އަށް ދަރިއަކު ލިބެން އުޅޭކަން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ކްލޯއީ ވެސް އަދި އޭނާގެ އާއިލާއިން ވެސް މިކަމާ މެދު އޭރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ކްލޯއީ އޭނާގެ އިންސްޓަގްރާމުގައި ވަނީ ފުރަތަމަ ފަހަރަށް އޭނާގެ ބަނޑުގެ ފޮޓޯއެއް އާންމުކޮށްފައެވެ. ފޮޓޯ އިން ފެންނަނީ ކްލޯއީގެ ބަނޑު މަތީގައި ފުރަގަހުން ޓްރިސްޓަންގެ އަތް ބާއްވާލާފައިވާ މަންޒަރެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ކްލޯއީ ޖަހާފައި ވަނީ ކުއްޖަކު ލިބުން އެއީ އޭނާ އެންމެ ދެކޭ ހުވަފެން ކަމަށެވެ. އޭނާ އާއި ޓްރިސްޓަން އަށް ކުއްޖަކު ލިބެން އުޅޭ ކަމަށާއި އެކަމަށް ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ކްލޯއީ ބުނެފައިވެއެވެ. އަދި އޭނާ ދެކެ ޓްރިސްޓަން ވާ ލޯތްބަށް ޝުކުރުވެރިވާ ކަމަށް އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ކްލޯއީ ވަނީ ބުނެފައެވެ. މީގެ އިތުރުން ބަލިވެ އިނުމުން އޭނާއަށް ޓްރިސްޓަން އަޅާލާ އަޅާލުމަށާއި ދޭ ލޯތްބަށް ކްލޯއީ ވަނީ ޝުކުރު އަދާކޮށްފައެވެ. ބަލިވެ އިނުން އެއީ އޭނާގެ ހަޔާތުގައި އެކިކަހަލަ އިހްސާސްތައް ގެނުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ކްލޯއީ ވަނީ ބުނެފައެވެ.

މިއީ ކްލޯއީގެ އަލަތު ދަރިފުޅަށް ވީނަމަވެސް ޓްރިސްޓަން އަށް ވަނީ 1 އަހަރުގެ ކުއްޖަކު ލިބިފައެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖޯޑަން ކެރައިގް އަށެވެ.

ސެލެބްރިޓީންގެ ޚަބަރު ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ޕީޕަލްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލޯއީ ބަލިވެއިންކަން އިއުލާން ކުރީ އޭނާ އެކަމަށް ރަނގަޅަށް ތައްޔާރުވުމުންނެވެ. މިއީ ކްލޯއީ ވަރަށް ބޭނުންވެފައި ހުރި ކަމެއް ކަމަށާއި އޭނާ ބޭނުންވީ ރަނގަޅު މީހަކާ ގުޅުމުން ދަރިއަކު ހޯދަން ކަމަށް ކްލޯއީގެ ގާތް މީހަކު ބުނެފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. ކްލޯއީ ވިހާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ކްލޯއީގެ އިތުރުން އޭނާގެ 20 އަހަރުގެ ކޮއްކޮ، ކައިލީ ޖެނަރ ބަލިވެއިންކަމުގެ ޚަބަރު މީގެ ކުރިން ވެސް ފެތުރިފައިވެއެވެ. ރަސްމީކޮށް މި ވާހަކަ އަދި ހާމަކޮށްފައި ނުވާއިރު ކައިލީ މި ފަހަކަށް އައިސް ފެންނަނީ ހަށިގަނޑުގެ ވަނާތައް ނޭނގޭ ކަހަލަ ދޫ ޓީޝާޓެއް ނުވަތަ އަތްދިގު ދޫ ގަމީހެއް ލައިގެން ހުއްޓައެވެ. އާންމުކޮށް ގަޔަށް ބާރު އަދި ހަށިގަނޑު ހާމަވާ ގޮތަށް ހުންނަ ހެދުންތައް ލަމުން އަންނަ ކައިލީ ހަށިގަނޑު ނިވާވާ ފަދަ ދޫ އެއްޗެއްސަށް ކުއްލިއަކަށް ބަދަލުކުރީ ބަލިވެއިންކަން ފޮރުވުމަށް ކަމަށް އޭނާގެ ފޭނުން ދެކެއެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކައިލީ ވިހާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

17 ޖެނުއަރީ 2018
އަހަރެން ހީކުރީ ކްލޯއީ އަށް ދަރިއަކު ނުލިބޭނެ ކަމަށް: ކްރިސް ޖެނާ

އަހަރެން ހީކުރީ ކްލޯއީ އަށް ދަރިއަކު ނުލިބޭނެ ކަމަށް: ކްރިސް ޖެނާ

17 ޖެނުއަރީ 2018
ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު