Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޭރެންސީ މޯލްޑިވްސް

ހިޔާނާތުގައި ބައިވެރިވި ފަރާތްތަކާއި މެދު ވަގުތުން ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރޭންސީ އިން ގޮވާލައިފި

14 ފެބުރުއަރީ 2019 | ބުރާސްފަތި 12:48

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 155 ބޭންކް އެކައުންޓަކަށް ޖަމާވިކަން ވަނީ ހާމަކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 ފެބުރުއަރީ 2019 | ބުރާސްފަތި 12:48
ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކާއި މެދު ވަގުތުން ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރޭންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ބުރާސްފަތި ދުވަހު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކޮށްފައިވާ ޓްވީޓްގައި ވަނީ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކައި މެދު ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ގެ ސިޔާސަތުގެ ދަށުން ދަށުން ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ފިޔަވަޅު އެޅުމަށް ގޮވާލާފައި މިވަނީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހިންގި ތަހުގީގުގެ ތަފްސީލީ ރިޕޯޓް އޭސީސީ އިން ބުރާސްފަތި ދުވަހު އާންމު ކުރުމާއި ގުޅިގެންނެވެ.

ހަތް ސަތޭކަ ހަތްދިހަ ހަ ސަފްހާގެ އެ ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ވަން ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ ފައިސާ ވައްދާފައިވާ އެސްއޯއެފުން ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ މެމްބަރުންނާއި ބޮޑެތި ކުންފުނިތަކަށް ފައިސާ ޖަމާކޮށްފައިވެ އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން އިސްވެ ކުރިއަށްގެންދާ ކެމްޕެއިން "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ދަށުން ކޮރަޕްޝަން މައްސަލަތައް ރިޕޯރޓުކުރާ ވިއުގައެއް ވަނީ ތައާރަފް ކޮށްފައެވެ.

އަންގާރަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ފައްޓަވާފައިވާއިރު، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯރޓު ކުރުމަށް ޚާއްސަ އޮންލައިން ޕޯރޓަލްއެއް ވަނީ ޤާއިމު ކޮށްފައެވެ. އެ ޕޯރޓަލް މެދުވެރިކޮށް ދައުލަތުގެ ހިންގުމުގައި ކޮރަޕްޝަނަށް މެދުވެރިވާ ގޮތަށްހުރި ކަންކަން ދެނެގަނެ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް އަމާޒުކުރެވިފައިވެއެވެ.

ޕޯރޓަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މައްސަލަ ހުށައަޅަނީ ކާކުކަން ބުނެދޭކަށް ނުޖެހޭ ކަމަށާއި، ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެ މުވައްޒަފެއްގެ އޮފީހުގައި ކޮރަޕްޝަންގެ މައްސަލައެއް އޮތް ނަމަ އެ ޕޯރޓަލް މެދުވެރިކޮށް ހުށައެޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަލަށް ތައާރަފްކުރި ޕޯރޓަލް މެދުވެރިކޮށް ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންގެންދަވާ މަސައްކަތްތަކަށް ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް