Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޖެންޑާ 19

އަދާލަތު ޕާޓީއަށް ދާއިރާތަށް ދޫކޮށްލުމުގައި ގޮތެއް ނިންމާނީ އެ ދާއިރާތަކުގެ ކެންޑިޑޭޓުން: އެމްޑީޕީ

މި ކަމުގައި ކެންޑިޑޭޓުންނަށް އެއްވެސް ޕްރެޝަރެއް ނުކުރާނެ ކަމަށް އެ ޕާޓީން ބުނޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2019 | އާދީއްތަ 08:51
އެމްޑީޕީން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތުގެ ތެރެއިން

އެމްޑީޕީން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތުގެ ތެރެއިން

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީ އަށް ގޮނޑި ދޫކޮށްލުމާ މެދު ގޮތެއް ނިންމާނީ އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެ ޕާޓީގެ ކެންޑިޑޭޓުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ޕާޓީގެ ގައުމީ މަޖިލީހުގެ ރޫހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތާ އެކު ކުރިއަށް ދިއުން ކަމަށެވެ. ނަމަވެސް އެ ކަމުގައި ވަކި ގޮތެއް ނިންމާނީ އެ ދާއިރާތަކައް ކުރިމަތިލާފައިވާ އެ ޕާޓީގެ ކެންޑިޑޭޓުން ކަމަށާއި، ޕާޓީން އެ ކަމުގައި އެއްވެސް ކެންޑިޑޭޓަކަށް ޕްރެޝަރު ނުކުރާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީންގެ ޓިކެޓްގައި ވާދަކުރާ 86 ދާއިރާގެ ކެންޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދާލަތު ޕާޓީއަށް ދާއިރާއެއް ދޫކޮށްލަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ. އެމްޑީޕީން ބުނީ އަދާލަތު ޕާޓީއަށް ދާއިރާއެއް ދޫކޮށްލެވޭނީ އެމްޑީޕީގެ ޓިކެޓް ލިބިފައިވާ ކެންޑިޑޭޓާ ވާހަކަ ދެކެވި އެއްބަސްވުމަށް އާދެވިއްޖެ ނަމަ ކަމަށެވެ.

"އަޅުގަޑުމެން އެ ޑިޒިޝަން ދޫކޮއްލާފައި އޮތީ ކެންޑިޑޭޓުން ނިންމަވާ ގޮތަކަށް. އަދި އެ ބޭފުޅުންގެ ކެމްޕޭން މެނޭޖަރުންނާއި، އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންނާއި މަޝްވަރާކުރުމަށްފަހު، ނިންމަވާ ގޮތަކަށް ޕާޓީން އިހްތިރާމް ކުރާނެ" އަފްޝަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، 87 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓަކަށް ވުމަށް އެދޭ ފޯމް ހުށަހަޅަންޖެހޭ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

"އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީން މަޖިލިސް ކެމްޕެއިން ފަށާފައިވާއިރު، އަފްޝަން ވިދާޅުވީ ކެމްޕެއިން ކަންތައް ވަރަށް ފޯރިއާ އެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

މީގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކެމްޕެއިން ވޯރކްޝޮޕްތައް އެ ޕާޓިން ބާއްވަމުން އަންނަކަން އަފްޝަން ފާހަގަކުރެއްވިއެވެ. މާލޭގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕޭން ޓީމްތަކަށް އަމާޒުކޮށްގެން މިހާތަނަށް ތިން ވޯރކްޝޮޕް ބާއްވާފައިވާކަން އަފްޝަން ފާހަގަކުރެއްވިއެވެ. އަފްޝަން ވިދާޅުވީ މި ވޯރކްޝޮޕްތަކުގެ ބޭނުމަކީ ކެންޑިޑޭޓުންނާއި، ކެމްޕޭން މެނޭޖަރުންނާއި، އަދި ރައްޔިތުން އެ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާތަކައް އަހުލުވެރިކުރުވުން ކަމަށެވެ.

"މި ވޯރކްޝޮޕްތަކުގެ ބޭނުމަކީ އަޅުގަނޑުމެން އެކުލަވާލާފައިވާ ލެޖިސްލޭޝަން ކޮންސެޕްޓްތަކާ މެދު މަޝްވަރާކޮށް އެކަމަށް އެންމެން އަހުލުވެރިކުރުވުން ކަމަށް" އަފްޝަން ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މި ފަދަ ވޯކް ޝޮފްތައް ކުރިއަށް ގެންދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. މިހާތަނަށް ވޯކްޝޮޕް ބާއްވާފައިވަނީ ހދ. ވައިކަރަދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ތިނަދޫގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްރަށުގައި ވެސް ވޯރކްޝޮޕް ކުރިއަށް ގެންދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު