Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރު

އަމާންކަމާއި މިނިވަންކަން އަންނަން އޮތް ޖީލްތަކަށް ގެންދިޔުމަކީ ސިފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު: މިނިސްޓަރ މާރިޔާ

9 ފެބުރުއަރީ 2019 | ހޮނިހިރު 14:10

125 ފަރާތަކުން ވަނީ ކާމިޔާބުކަމާއެކު ކޯސް ނިންމާލައިފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 ފެބުރުއަރީ 2019 | ހޮނިހިރު 14:10
މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ

ދިވެހިރާއްޖެ އަމާންކަމާއި އޮމާންކަމާއި ސުލްހަވެރިކަމާއި މިނިވަންކަމާއެކު އަންނަން އޮތް ޖީލްތަކަށް ގެންދިޔުމަކީ ސިފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 64 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މި ކޯހުގެ މަގްސަދަކީ އަސްކަރީ އަހުލާގަށާއި ހުނަރަށް ކުދިން އަހުލުވެރިކުރުވައި ދިވެހި އަސްކަރިއްޔާގެ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބު އަދާކުރުމަށް ފަސްނުޖެހޭ ހިތްވަރުގަދަ ހުށިޔާރު އަދި އަޒުމްވަރުގަދަ ސިފައިން އުދެއްދުން ކަމަށެވެ. މިނިސްޓަރ މާރިޔާ ވަނީ ރާއްޖޭގެ ހަމަޖެހުމަށް ސިފައިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ތަމްރީންކޯހުގެ ބައިވެރިންނަށް ސިފައިންގެ ޚިދުމަތަށް ނުކުންނަ އިރު ކުރި ހުވާގެ މަތިން ހަނދާންކުރުމަށް އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ސިފައިން ފޯރުކޮށްދޭ ހިދުމަތަށް ތައުރީފްކުރައްވައި މިނިސްޓަރ މާރިޔާ ވަނީ ގައުމަށް ދިމާވާ އެކި އެކި ހާދިސާތަކުގައި ސިފައިން ދައްކަވާ ނަމޫނާއަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ސީ އެމްބިއުލާންސް އެމްއެންޑީއެފްއާއި ހަވާލުކުރަން ޖެހުނު ސަބަބަކީ އާންމު މީހާއަށް ކަނޑުމަތީގައި ދަތުރުކުރަން ނުކެރޭ ދަނޑިވަޅުގައި އެމީހުން ސިއްހީ ސެންޓަރ އާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަތް އުރާލައިގެން ނިކުމެ އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ކަނޑު ކިތަންމެ ގަދަވިޔަސް މޫސުމާއި ބެހޭ އިދާރާއިން ދަތުރުކުރަން ހުއްދަ ދޭ ހާލަތުގައި ދަތުރުކޮށް ރައްޔިތުންގެ ހިދުމަތުގައި ސިފައިން ތިބޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ކުރިމަތި ލުމުގެ އިތުރުން ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތަކުގައި އެ ފަރާތްތަކަށް އެހީތެރިވުމަށް ސިފައިންނަކީ ތައްޔާރީ ހާލަތުގައި ތިބޭ ބައެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

6 މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ އެމްއެންޑީއެފްގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގައި 125 ފަރާތަކުން ވަނީ ކާމިޔާބުކަމާއެކު ކޯސް ނިންމާލައިފައެވެ. އޭގެތެރޭގައި 111 ފިރިހެން، އަދި 14 އަންހެން ސިފައިން ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް