Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯރޓް މިނިސްޓްރީ

މަގަށް ސަމާލުކަންދީ ރައްކާތެރި ސްޕީޑްގައި ދުއްވުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން އިލްތިމާސްކޮށްފި

9 ފެބުރުއަރީ 2019 | ހޮނިހިރު 09:37

ރާއްޖޭގެ އެކި ހިސާބުތަކުގައި މި އަހަރު މިހާތަނަށް ވަނީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 9 ފެބުރުއަރީ 2019 | ހޮނިހިރު 09:37
އެކްސިޑެންޓްތައް މަދުކުރުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައި

އެކްސިޑެންޓްތައް މަދުކުރުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައި

މަގަށް ސަމާލުކަންދީ ރައްކާތެރި ސްޕީޑްގައި ދުއްވާ އެއްޗެހި ދުއްވުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ މާލޭ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެންނެވެ. އެ ގޮތުން އައްޑޫ ސިޓީގައި ހުކުރުދުވަހު ހިނގި އެކްސިޑެންޓެއްގައި، ބޮލަށް އަނިޔާވި ހަ އަހަރުގެ ކުއްޖަކު އެމަޖެންސީގައި ވަނީ މިއަދު މާލެ ގެނެސްފައިވާއިރު، ރޭ ދަންވަރު މާލޭގައި ސައިކަލު ރޭސް ޖަހަން އުޅުނު ދެ ކުޑަކުއްޖަކު އެކްސިޑެންޓްވެ ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓް ހިނގަން ދިމާވީ 16 އަހަރުގެ ދެ ފިރިހެން ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލު އެހެން ސައިކަލެއް އޯވާޓޭކް ކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން ކަމަށެވެ.

Advertisement - newsAdvertisement

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޑްތައް ހިގަމުންދާތީވެ، ޓްރާންސްޕޯރޓް މިނިސްޓްރީން ހޮނިހިރު ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މަގަށް ސަމާލުކަންދީ ރައްކާތެރި ސްޕީޑްގައި ދުއްވަން ސަމާލުކަން ދެއްވުމަށެވެ. މީގެ އިތުރުން ސީޓް ބެލްޓް، ހެލްމެޓް އަދި ކުޑަކުންދިން ކާރުގައި ގެންދާ ނަމަ ނޫނީ ސައިކަލްގައި ގެންދާ ނަމަ "ހާރނަސް" ބެލްޓް ބޭނުން ކުރުމަށް ސަމާލުކަންދިނުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވަނީ އެދިފައެވެ.

އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިދިޔަ އަހަރު އިލްތިމާސްކޮށްފިއެވެ. އަދި މާރޗް މަހުގެ 10 ވަނަ ދުވަހު ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތައް ހެލްމެޓް އަޅަން މަޖުބޫރު ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި މާޗް 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެ ބަދަލަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ގެންނެވި ބަދަލެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާކަންކަމުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް