Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ - އަދާލަތު

ދާއިރާތަކުގެ ގޮނޑިތައް އަދާލަތަށް ދިނުމަށް ކެނޑިޑޭޓުން ބޭނުމެއް ނުވި!

5 ފެބުރުއަރީ 2019 | އަންގާރަ 18:05

ރައީސް ނަޝީދު ވަނީ ބައެއް ކެނޑިޑޭޓުންނާއި، ކެމްޕޭން ޓީމްތަކާއި ބައްދަލުކޮށްފަ

އަލީ ސަމާޚް
އަލީ ސަމާޚް | 5 ފެބުރުއަރީ 2019 | އަންގާރަ 18:05
އެމްޑިޕީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީ އޮފީސް ސަރަހައްދުގައި ބަޔަކު އެއްވެގެން

އެމްޑިޕީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީ އޮފީސް ސަރަހައްދުގައި ބަޔަކު އެއްވެގެން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން އަދާލަތު ޕާޓީއަށް ފަސް ދާއިރާއެއްގެ ގޮނޑި ދިނުމަށް އެ ދާއިރާތަކުގެ ޕްރައިމަރީ ކާމިޔާބު ކުރި ކެނޑިޑޭޓުން ބޭނުން ނުވާކަމަށް ބުނެފި އެވެ.

އެމްޑީޕީން އަދާލާތު ޕާޓީއަށް ފަސް ގޮނޑި ދޭން މަޝްވަރާ ކޮށްފައިވަނީ އަންގާރަ ދުވަހު މާބުލް ހޮޓެލްގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. އެ ފަސް ދާއިރާގެ ކެނޑިޑޭޓުންނާއި ކެމްޕޭނު ޓީމް ތަކާއި އެކު އަންގާރަ ދުވަހުގެރޭ އެމްޑީޕީ އޮފީހުގައި އެ ޕަޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައްދަލުކޮށްފައެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ބައިވެރިވި ކެމްޕޭން ޓީމްގައި ހިމެނޭ މީހަކު ބުނީ، އެ ފަރާތްތަކާއި އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އެ ދާއިރާތަކުގެ ގޮނިޑތައް ދޫކޮށްލުމާއި ގުޅޭގޮތުން ކަމަށެވެ. ގަޑި އެއްހާއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި އެއްވެސް ކެނޑިޑޭޓަކު ގޮނޑި ދޫކުރުމަށް އެއްބަސްވެފައި ނުވާއިރު ކެމްޕޭނުގައި ހަރަކާތްތެރިވި ފަރާތްތަކުން ވަނީ އެމްޑީޕީ އޮފީހުގެ ބޭރުގައި އެމީހުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ.

''އަހަރުމެން ވަރަށް ބުރަ މަސައްކަތުން ހޮވި ކެނޑިޑޭޓް. ދެން މިހާރު އަހަރުމެން ބޭނުމެއް ނޫން އެ ގޮނޑި ދޫކޮށްލާކަށް.'' އެމްޑީޕީ އޮފީސް ބޭރުގައި ހުރި ވައިކަރަދޫ މީހަކު ބުންޏެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން ޓިކެޓް ލިބިފައިވާ ކެނޑިޑޭޓަކު ބުނީ އެ ފަރާތްތަކުގައި ގިނަ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. އެގޮތުން ޕްރައިމަރީގެ ކެމްޕޭނަށް ބޮޑު ހަރަދެއްކޮށްފައިވާކަމަށް އެނާ ބުނި އެވެ. އަދި ޕާޓީން އިޤުރާރެއްގައި ސޮއިކުރުވާފައިވާއިރު، ރަސްމީކޮށް ބޮޑު ޖަލްސާއެއްގައި ދާއިރާގެ ކެމްޕޭން ފެށިކަން އިއުލާންކޮށްފަިއވާކަމަށާއި، އެކަން އެގޮތަށް ކުރުމަށްފަހު ޓިކެޓް ދޫކޮށްލުމަށް އެދުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށްވެސް އެ ކެނޑިޑޭޓް ބުންޏެވެ.

އޭނާ ބުނީ އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުންވެސް ޕްރައިމަރީ ކެނޑިޑޭޓަކު ކާމިޔާބުކުރުމަށްފަހު، ޓިކެޓް އަތުލުމަކީ ކުރެވޭނެކަމެއް ނޫން ކަމަށެވެ. އަދި ޓިކެޓް ދޫކޮށްލަން ބޭނުން ނުވާކަމަށާއި، އަދާލަތަށް ދާއިރާތަކެއްދޭނަމަ ޕްރިމައީގެ ކުރިން އެކަން ނިންމިފައި އޮންނަންޖެހޭނެކަމަށް އޭނާ ބުންޏެވެ.

އެ ފަރާތްތަކާއިއެކު ބޭއްވި ބައްދަލުވުން ނިމިގެން ދިޔައީ ވަކި ގޮތެއް ނުނިމިކަން ރާއްޖެ.އެމްވީ އަށް ވަނީ އެނގިފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު ފުރަތަމަ ބައްދަލުކޮށްފައިވަނީ ފަސް ދާއިރާގެ ފަރާތްތަކައެވެ. އޭގެ ފަހުން އެހެން ދާއިރާ ތަކުގެ ޕްރައިމަރީ ކާމިޔާބު ކުރި ބައެއް ފަރާތްތަކުން އެމްޑީޕީ އޮފީހަށް ވަތްތަން ވަނީ ފެނިފައެވެ. އެނގިފައިވާ ގޮތުން އެ ފަރާތްތަކާއި އެކު ވެސް މިރޭ ބައްދަލުވުމުއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްޑީޕީއިން އަދާލަތު ޕާޓީއަށް ދިނުމަށް ގައުމީ މަޖިލީހުން މަޝްވަރާކޮށްފައިވާ ފަސް ދާއިރާއަކީ ނިލަންދޫ ދާއިރާ، ވައިކަރަދޫ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ އަދި މަކުނުދޫ ދާއިރާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް