Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އަދާލަތުން އެދުނީ މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް: އެމްޑީޕީ

އަދާލަތުން އެދެނީ އެކުގައި މަސައްކަތް ކުރަން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2019 | ހޯމަ 07:56
މަޖިލިސް 19 އާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ޕްރެސް ކޮޮންފަރެންސްގައި ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވާހަކަ ދައްކަނީ

މަޖިލިސް 19 އާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ޕްރެސް ކޮޮންފަރެންސްގައި ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވާހަކަ ދައްކަނީ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަން އަދާލަތު ޕާޓީން އެދިފައިވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝާން ވިދާޅުވީ، އެމްޑީޕީގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ އޭޕްރިލް މަހު ގައި ބާއްވާ އިންތިހާބުގެ ގޮނޑިތަކާއި ގުޅޭ ގޮތުން ކަމަށާއި، އަދާލަތު ޕާޓީން އެދިފައިވަނީ މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެކަމާ ވަކި ގޮތެއް ނުނިންމާ ކަމަށާއި، އޭގެ ތަފްސީލް އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ދެއްވާނެ ކަމަށް އަފްޝާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ވަކި ގޮނޑިތަކެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަފްޝާން ވިދާޅުވީ، އެމްޑީޕީން ހުރިހާ ނިންމުމެއްވެސް ނިންމާނީ ޕާޓީގެ މެމްބަރުންގެ ލަފަޔާ އިރުޝާދާ އެކު ކަމަށާއި، އެމްޑީޕީންވެސް މަސައްކަތް ކުރާނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ކަމަށެވެ. ނަމަވެސް އަދާލަތު ޕާޓީއަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ ޕާޓީއެއް ކަމަށާއި، އެޕާޓީއާއެކު މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ހުށައަޅާފައިވާ ހުށައެޅުމާ ގުޅޭގޮތުން އަންގާރަ ދުވަހު އެމްޑީޕީގެ ޤައުމީ މަޖިލީހާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އަފްޝާން ވިދާޅުވިއެވެ.

"ރޭގަ އެމްޑީޕީއާއި އަދާލަތު ޕާޓީއާ ވަނީ މަޝްވަރާ ކުރެވި ބައްދަލުވުމެއް ބޭއްވިފަ. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެމްޑީޕީ ދެކޭގޮތުގައި އަދާލަތު ޕާޓީއަކީ ރޭވިގެން އިންތިޒާމުކޮށް އޮނިގަނޑެއްގެ ތެރެއިން ހިނގަމުންދާ ޕާޓީއެއް. އަދި މިހެންކަމުން އެމްޑީޕީއަށް ވަރަށް ފަސޭހަ އަދާލަތު ޕާޓީއާއެކި މަސައްކަތް ކުރަންވެސް މަޝްވަރާ ކުރަންވެސް. އަދާލަތު ޕާޓީގެ އެދިވަޑައިގަތުމަކަށްވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކީ މަސައްކަތް ކުރުން،" އަފްޝާން ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ކުށުގެ ރިޕޯޑް ސާފުކުރުމުގެ މަސައްކަތް ކުރަމުމަށް ފަހު، ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ ކުލަ ގަދަ ގޮތަކަށް ކަމަށް އެެޕާޓީން ބުނެ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު