Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

ރައްޔިތުން އެންމެ ލޯބިވާ ސިޔާސީ ބޭފުޅަކީ ރައީސް ނަޝީދު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ފެބުރުއަރީ 2017 | ބުރާސްފަތި 03:46
ރާއްޖެޓިވީގެ ޕްރޮގްރާމެއްގައި އަލީ ނިޒާރު ވާހަކަދައްކަވަނީ: ނިޒާރު ވިދާޅުވީ އެމްޑީޕީ އޮތީ ރައީސް ނަޝީދާއެކުގައި ކަމަށް

ރާއްޖެޓިވީގެ ޕްރޮގްރާމެއްގައި އަލީ ނިޒާރު ވާހަކަދައްކަވަނީ: ނިޒާރު ވިދާޅުވީ އެމްޑީޕީ އޮތީ ރައީސް ނަޝީދާއެކުގައި ކަމަށް

އެމްޑީޕީ އަބަދުވެސް މަސައްކަތްކުރާނީ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީވެސް އެ މަނިކުފާނު ކަމަށް ވިދާޅުވެ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ރައީސް އަބްދުﷲ ޔާމީނަށް ރައްދުދެއްވައިފި އެވެ.

ބުދަ ދުވަހު، ޕީޕީއެމްގެ މެމްބަރުންނާއި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ފެންނަނީ "އެންމެ މީހަކު ވަށައިގެން ތޮވާފްކުރާ ތަން" ކަމަށެވެ. އަދި މިހާރު ގާނޫނުތައް އޮތް ގޮތުން 2018 ގައި ރައީސް ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު، އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ، ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނިޒާރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮންބޭފުޅެއްކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށެވެ. ނަމަވެސް އެކަމުގައި ސުވާލު އުފައްދާނެޖާގައެއް ނެތް ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ރަނގަޅު ވާހަކައެއް އެއީ، މި ޕާޓީ އޮތީ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުގައި. މިހާރުވެސް، އޭރުވެސް، މާދަންވެސް، އޮންނާނީ އެގޮތުގައި" އެމްޑީޕީން ފެންނަނީ "އެންމެ މީހަކު ވަށައިގެން ތޮވާފްކުރާ ތަން" ކަމަށް ރައީސް އަބްދުﷲ ޔާމީން ބުދަ ދުވަހު ވިދާޅުވި ވިދާޅުވުމަށް އިޝާރަތްކުރައްވާ އަލީ ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ، ދިވެހި ރައްޔިތުން އެންމެ ލޯބިވާ ސިޔާސީ ބޭފުޅަކީ ރައީސް ނަޝީދުކަމަށާއި، އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އެކަން އިތުރަށް ހާމަކޮށްދެނީ ރައީސް އަބްދުﷲ ޔާމީން، ރައީސް ނަޝީދަށް ކަންތައްތައް ކުރައްވަމުންގެންދަވާ ގޮތުންނާއި، އެމަނިކުފާނަށް ޖެއްސުންކުރެއްވުމަށް ކުރައްވަމުން ގެންދާ ކަންތައްތަކުގެ ސަބަބުން ކަމަށް ނިޒާރު ވިދާޅުވި އެވެ.

މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ވެރިކަން ކުރައްވަމުންގެންދަވަނީ، ނިޒާރު ވިދާޅުވި ގޮތުގައި، ޤާނޫނު އަސާސީ އާއި، ޤާނޫނުތަކުގެ އިމުގެ ތެރެއިން ނޫނެވެ. އެއްވެސް މިންވަރަކަށް އިންސާފު ނުލިބޭ ކަމަށާއި، "ރާއްޖޭގެ ކޯޓުތަކުން ކުރަނީ ސަދޫމު ބާގައިގެ ކޯޓުތަކުން ކުރާ ފަދަ ހުކުމްތައް" ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިސާލު ނަންގަވަމުން ނިޒާރު ވިދާޅުވީ ބަޔަކު މަގުމަތީގައި ކުރި ސަމާސާއެއްގެ ސަބަބުން، އުކުޅަހު ރައްޔިތުންތަކެއް ނާއިންސާފުން ޖަލަށްލެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު