Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީ

ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫން، ގަވާއިދުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުމަކީ ސަޅިކަމެއް: ނަހުލާ

1 ފެބުރުއަރީ 2019 | ހުކުރު 15:03

ގާނޫނާއި ގަވާއިދައް ހުރުމަތްތެރިކޮށް ހިތުމަކީ ފަރުދީ ޒިންމާއެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 1 ފެބުރުއަރީ 2019 | ހުކުރު 15:03
ސައިކަލު ބުރި ނިންމާލުމަށް ފަހު މިނިސްޓަރ ނަހުލާ ވާހަކަ ދައްކަވަނީ

ސައިކަލު ބުރި ނިންމާލުމަށް ފަހު މިނިސްޓަރ ނަހުލާ ވާހަކަ ދައްކަވަނީ

"ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫން، ގަވާއިދުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުމަކީ ސަޅިކަމެއް" ކަމަށާއި މަގުމަތީގެ ރައްކާތެރިކަމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް މީހުން ހޭލުންތެރިކުރުމަށް ހުކުރު ދުވަހުގެ ހަވީރު "މީތި ސަޅި" ނަމުގައި ބޭއްވި ސައިކަލް ބުރު ނިންމާލުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާތަނަށް ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވި އޮތުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި މި ހިނގާ އެކްސިޑެންޓްތަކުގައި މިނިސްޓްރީގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށެވެ. ގާނޫނުތައް ތަންފީޒު ކުރެވޭނީ ކިހިނެއްތޯ ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މީހެއްގެ ސަބަބުން އެކްސިޑެންޓެއް ވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބުގެ އިތުރުން 10 އަހަރަށާއި 5 އަހަރު ނުވަތަ 2 އަހަރަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ލިބިގެންވާކަމަށެވެ.

Advertisement - newsAdvertisement

ފަރުދުން އެމީހުންގެ ޒިންމާ އަދާކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ. އެގޮތުން އެކްސިޑެންޓެއް ވުމުން އަނިޔާވާ މީހާގެ ފޮޓޯއާއި ވީޑިއޯ ފޯނުން ނެގުމުގެ ބަދަލުގައި އެހީތެރިވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވެވި އެވެ.

އެކްސިޑެންޓްވެގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށާއި މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކުރުވީ އާއިލާތަކާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމައްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކްސިޑެންޓްތަކުގައި އަނިޔާވާ ފަރާތްތަކުގެ އާއިލާއަށާއި ރައްޓެހިންގެ އިތުރުން ދިރިއުޅުމަށް އަންނާނެ ހިތްދަތިކަން ތަސައްވަރުކޮށް ތިމާގެ ފަރިތަކަމަށް ވުރެން އަނެކާގެ ނުފަރިތަކަމަށް ބަލައިގެން ދުއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫން، ގަވާއިދުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުމަކީ ސަޅިކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ހަވީރު ބޭއްވި ސައިކަލު ބުރަކީ ބާރަށް ދުއްވުމާއި ގުޅިގެން ދިމާވާ ހާދިސާތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިންތިޒާމުކުރި ސައިކަލު ބުރެކެވެ .

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް