Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެޓްލޭންޑް ފެއަރ 2019

ވެޓްލޭންޑް ފެއަރ 2019 އައްޑޫ ނޭޗަރ ޕާކުގައި ބާއްވަނީ!

1 ފެބުރުއަރީ 2019 | ހުކުރު 05:24

މިފެއަރ ކުރިއަށްދާނީ ފެބްރުއަރީ 2ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 ފެބުރުއަރީ 2019 | ހުކުރު 05:24
އައްޑޫ ނޭޗަރ ޕާކް: ގިނަ ބައެއްގެ މެދުގައި ވަރަށް މަޤްބޫލުތަނެއް

އައްޑޫ ނޭޗަރ ޕާކް: ގިނަ ބައެއްގެ މެދުގައި ވަރަށް މަޤްބޫލުތަނެއް

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ވެޓްލޭންޑް ދުވަސް ފާހަގަކުރުމުގެ ގޮތުން ވެޓްލޭންޑް ފެއަރ 2019 އައްޑޫ ނޭޗަރ ޕާކުގައި ބާއްވަން ނިންމައިފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަމުން އައްޑޫ ނޭޗަރ ޕާކްގެ އެސިސްޓަންޑް ޑިރެކްޓަރ އައިމިނަތު އަފާއު ވިދާޅުވީ މިފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ފެބްރުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަށާއި މިއީ މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް އޮތް ފެއަރ ކަމަށެވެ.

Advertisement - newsAdvertisement

މިފަދަ ފެއަރ އެއް ބޭއްވުމުގެ މަޤްސަދަކީ ވެޓްލޭންޑް ދުވަހަކީ ކޮބައިކަމަށާއި މިދުވަސް ފާހަގަކުރުމުގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުންނެވެ.

ފެބްރުއަރީ 2 ވަނަ ދުވަހު ބާއްވާ މިފެއަރގައި ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ތަފާތު ގިނަ ކަންކަން ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.

އެގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ކެނޯ ރޭސިންއާއި، ވެޓްލޭންޑް ކުއިޒްއާއި، އެނުއަލް ވެޓްލޭންޑް އާރޓް ކޮމްޕެޓިޝަން ކުރިއަށްދާނެ އެވެ. އެގޮތުން ވެޓްލޭންޑް ކުއިޒްއާއި އެނުއަލް ވެޓްލޭންޑް އާރޓް ކޮމްޕެޓިޝަންގައި އެއްވަނަ، ދެވަނަ، އަދި ތިންވަނައަށްދާ ފަރާތްތަކަށް އިނާމްތަކެއް ހުށަހެޅިފައިވެއެވެ.

މިފެއަރގައި ބައިވެރިވެވެނީ އުމުރުން 9 އަހަރުން ފެށިގެން 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

ނޭޗަރ ޕާކުގައި ދެވޭ ހިދުމަތްތަކުގެ ތެރޭގައި މުޅި ނޭޗަރ ޕާކް ބަލާލުމަށް ބޭނުންވާ މީހުންނަށް ބައިސިކަލް ހަޔަރ ކުރެވުމާއި، ބަގީ ހަޔަރ ކުރުމާއި، ސްނޯކްލިން، ކެނޯ ޕެޑަލް ބޯޓާއި، އަދި އޯލް އިންކްލޫސިވްގެ އިތުރުން ޓުއަރއެއްގެ ހިދުމަތްވެސް ލިބޭނެއެވެ. އެގޮތުން އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ ކެނޯ ޕެޑަލް ބޯޓާއި އޯލް އިންކްލޫސިވްއަށް ކަމަށް އަފާއު ވިދާޅުވިއެވެ.

އަދި ނޭޗަރ ޕާކުގެ ޓުއަރގެ ތެރެއިން އެތަނުގައި ހިމެނޭ ތާރީހީ ތަންތަނުގެ ވަރަށް ގިނަ މައުލޫމާތު ދެވޭއިރު މިއީ އައްޑޫގެ ގިނަ ރައްޔިތުންނަށް ނޭނގޭ މައުލޫމާތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާއިލާތަކުން ޕިކްނިކް ހަދާލުމަށާއި މޫދަށް އެރިލުމަށްވެސް ނޭޗަރ ޕާކަށް ޒިޔާރަތްކުރެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް