Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެދުޒިޔާރަތް މަގު

މެދުޒިޔާރަތްމަގު އަލުން ހުޅުވަން އަދި ނުނިންމަން: ސިޓީ ކައުންސިލް

31 ޖެނުއަރީ 2019 | ބުރާސްފަތި 07:36

މެދުޒިޔާރަތްމަގުގައި ދުއްވާއެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތް ސަރަހައްދު ހަމަ އެ ގޮތަށް ބޭއްވުމަށް ގިނަ ބަޔަކު އެދެމުންދޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 31 ޖެނުއަރީ 2019 | ބުރާސްފަތި 07:36
ގިނަ ބަޔަކު އެދެމުންދަނީ މި މަގު ބަންދުކޮށްފައި ބޭއްވުމަށް

ގިނަ ބަޔަކު އެދެމުންދަނީ މި މަގު ބަންދުކޮށްފައި ބޭއްވުމަށް

މެދުޒިޔާރަތްމަގުގައި ސަލްޓަންޕާރކް ކުރިމަތީގައި ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތް ސަރަހައްދު، ދުއްވާއެއްޗެއްސަށް ވަދެވޭ ގޮތަށް ހުޅުވާލުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔާރ ޝިފާ މުހައްމަދު ވިދާޅުވީ މެދުޒިޔާރަތްމަގުގައި ދުއްވާއެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތް ސަރަހައްދު ހުޅުވުމާއި މެދު ގޮތެއް ނިންމިފައި ނުވަނީ، ގިނަ ރައްޔިތުން އެ މަގު މިހާރު އޮތް ގޮތަށް ބޭއްވުމަށް އެދެމުން ދާތީ ކަމަށެވެ.

Advertisement - newsAdvertisement

މެދުޒިޔާރަތްމަގުގައި އިސްލާމީ މަރުކަޒު ކުރިމަތީ އޮތް ސަރަހައްދުގައި ޓައިލްސް ޖަހާ ބަންދުކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

ޝިފާ ވިދާޅުވީ މެދުޒިޔާރަތްމަގުގައި ބަންދުކޮށްފައި އޮތް ސަރަހައްދު އެ އޮތް ގޮތަށް ބޭއްވުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނައިރު، ބައެއް ފަރާތްތަކުން އެ މަގު ހުޅުވައިދިނުމަށް ވެސް އެދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޝިފާ ވިދާޅުވިއެވެ.

މޭޔާރ ވިދާޅުވީ ފާއިތުވި ތިން އަހަރު މާލޭގައި ގިނަ މަގުތައް އެއްވެސް ދިރާސާކުރުމެއް ނެތި، ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތް އިރު، ކައުންސިލުން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރަމުން އަންނަނީ އެ މަގުތައް ދުއްވާއެއްޗިއްސަށް ވަދެވޭ ގޮތަށް ހުޅުވުމުގެ މަސައްކަތް ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ފުލުހުންނާއި މިހާރު މަޝްވަރާ ކުރެވެމުން އަންނަކަން މޭޔާރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަލްޓާންޕާރކް ކުރިމަތީގައި ދުއްވާއެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތް މަގު، ހުޅުވާލުމަށް ގޮތެއް ނިންމާނީ ބަންދު ކޮށްފައިވާ ހުރިހާ މަގެއް ހުޅުވައި ނިމި، އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުގައި ކަމަށް ޝިފާ ވިދާޅުވިއެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު، އިސްލާމީ މަރުކަޒުގެ އުތުރު ފަރާތުން ބަންދު ކޮށްފައިވާ އަމީރު އަހުމަދު މަގު ދުއްވާ އެއްޗިއްސަށް މިދިޔަ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު އަލުން ހުޅުވާލުމުން ގިނަ ބަޔަކަށް އެކަމުގެ ލުއިފަސޭހަތަކެއްވަނީ ލިބިގެން ގޮސްފައެވެ. ޝިފާ ވިދާޅުވީ ވިޔަފާރި ކުރާ ފަރާތްތަކަށް އަމީރުއަހްމަދު މަގު ހުޅުވުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

މާލޭގެ ޓްރެފިކް ތޮއްޖެހުން މަދުކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން މޭޔާރ ފާހަގަކުރެއްވިއެވެ. އެގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލް ސަރަހައްދުގައި ދިމާވާ ޓްރެފިކް ސަރަހައްދަށް ހައްލެއް ގެނައުމުގެ ގޮތުން ބޮޑުތަކުރުފާނު މަގުން ބަންދުކުރި ސަރަޙައްދު އަލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔާރ ވިދާޅުވިއެވެ. އެގޮތުން ރަސްފަންނު ސަރަހައްދުގައި ކޮރަލް ބުލެވާޑް އިމާރާތް ކުރުމަށް، ބޮޑުތަކުރުފާނު މަގުން ބަންދު ކުރި ސަރަޙައްދު އަލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ކޮރަލް ބުލެވާޑްގެ މަސައްކަތަށް ބަންދުކޮށްފައިވާ ބޮޑުތަކުރުފާނުގެ މަގުގެ ސަރަހައްދު ނުހުޅުވި ލަސްވެގެންދަނީ، ކޮރަލް ބުލެވާޑްއިން އެ ސަރައްހައްދުގައި ސިމެންތިން ރާނާފައިވާ ފާރުތައް ތަޅަންޖެހޭތީ ކަމަށެވެ. އަދި މަގު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް