Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާގެ ހަމަނުޖެހުން

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ގައުމުން ބޭރަށް ދިއުން ސުޕްރީމް ކޯޓުން މަނާކޮށްފި

30 ޖެނުއަރީ 2019 | ބުދަ 19:48

އަމަން ނަގާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 30 ޖެނުއަރީ 2019 | ބުދަ 19:48
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުއާން ގައިޑޯ

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުއާން ގައިޑޯ | ސްކައި ނިއުސް

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން އިދިކޮޅު ލީޑަރު ހުއާން ގައިޑޯ ގައުމުން ބޭރަށް ދިއުން މަނާކޮށް، އޭނާގެ ހުރިހާ ބޭންކު އެކައުންޓްތަކެއް ފްރީޒްކޮށްފިއެވެ.

އެ ގައުމުގެ ގާނޫނު ހަދާ ގައުމީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ 35 އަހަރުގެ ގައިޑޯގެ މައްސަލައިގައި ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު މައިކެލް މޮރޭޏޯ ވިދާޅުވީ، ގައިޑޯ ވަނީ އެ ގައުމުގެ އަމަން ނަގާލަން މަސައްކަތް ކޮށްފައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަ ވަންދެން ގައިޑޯއަށް ގައުމުން ބޭރަށް ނުދެވޭނެކަމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިހާރުގެ ރައީސް ނިކޮލަސް މަދޫރޯއަށް ވަފާތެރި ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ ވެނެޒުއޭލާގެ ބަންޑާރަ ނައިބު ތަރޭކް ވިލިއަމް ސާބް އެކަމަށް އެދިވަޑައިގަތުމުންނެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އަމިއްލަފުޅަށް އޭނާއަކީ ވަގުތީ ލީޑަރު ކަމަށް އިއުލާން ކުރެއްވި ގައިޑޯއަކީ، ވެނެޒުއޭލާގެ ވަގުތީ ރައީސް ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ކޮލަމްބިއާ އާއި ބްރެޒިލް ހިމެނޭ ގޮތަށް 20 ގައުމުކުން ވަނީ ބަލައިގަނެފައެވެ. އަދި އެމެރިކާއިން ވަނީ އެ ގައުމުގައި ހުރި ވެނެޒުއޭލާގެ ބޭންކު އެކައުންޓްތައް ވެސް ގައިޑޯއާއި ހަވާލުކުރުމަށް ނިންމާފައެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުން ވަނީ އަށް ދުވަހުގެ ތެރޭގައި އިންތިހާބެއް ނުބާއްވައިފިނަމަ ގައިޑޯއަކީ ރައީސް ކަމަށް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

ހުޅަނގުގެ ގައުމުތަކާއި އަވަށްޓެރި ގިނަ ގައުމުތަކުން ގައިޑޯއަކީ ރައީސް ކަމަށް ބަލައިގަންނަން ނިންމި ކަމުގައިވީ ނަމަވެސް ވެނެޒުއެލާގެ ބާރުގަދަ އަސްކަރިއްޔާގެ ތާއީދު އޮތީ އަދިވެސް މަޑޫރޯއަށެވެ. އަދި ޗައިނާ އާއި ރަޝިޔާ އަދި ތުރުކީ ފަދަ ދުނިޔޭގެ ބާރުތަކުން ވަނީ މަޑޫރޯގެ ވެރިކަން ދިފާއުކުރާނެ ކަމަށް ބުނެފައެވެ. ވެނެޒުއޭލާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކެނެޑާ ވެސް ހިމެނޭގޮތަށް ދެކުނު އެމެރިކާގެ ގައުމުތަކުން އުފައްދާފައިވާ ލީމާ ގްރޫޕުން ވަނީ އަސްކަރީ ހަމަލާއެއް ދީގެން ވެރިކަން ބަދަލުކުރުމާއި ދެކޮޅުކަމަށް ބުނެފައެވެ.

ދުނިޔޭގެ އެއްމެ ބޮޑު ސާފުނުކުރާ ތެލުގެ ރިޒާވް އޮތް ވެނެޒުއޭލާގައި މިދިޔަ އަހަރު ބޭއްވި މައްސަލަ ބޮޑު ރިޔާސީ އިންތިހާބަށް ފަހު ދެވަނަ ދައުރަކަށް މަޑޫރޯ ހުވާކުރެއްވީ މި ޖެނުއަރީ މަހުގައެވެ. ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިހާބަކީ އިންތިހާބުތަކަށް ކުރި މަލާމާތެއް ކަމަށާއި ބަލައި ނުގަންނަ ކަމަށް އެ ގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. މަޑޫރޯގެ ވެރިކަމުގައި އެ ގައުމުގައި އިގްތިސާދު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް