Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓްރީން

އަދީބްގެ އާއިލާ އިން ކުރަމުންދާ ޑިމާންޑްތަކަކީ ގާނޫނުތަކުގެ ތެރެއިން ކުރެވޭނެ ކަންކަމެއް ނޫން: އިމްރާން

30 ޖެނުއަރީ 2019 | ބުދަ 11:46

އަދީބަށް ދެވެން އޮތް އެންމެ ރަނގަޅު ބޭސްފަރުވާ ހޯދައިދޭނަން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 ޖެނުއަރީ 2019 | ބުދަ 11:46
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ތިރީސް ތިން އަހަރު ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ އަހްމަދު އަދީބްގެ ބޭސްފަރުވާގެ ކަންތަކާ ގުޅޭ ގޮތުން އަދީބްގެ އާއިލާ އިން ކުރަމުންދާ ޑިމާންޑްތަކަކީ ގާނޫނުތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަދީބްގެ ބޭސް ފަރުވާގެ ކަންތަކުގައި ދިމާވެގެން އުޅޭ މައްސަލައަކީ، އަދީބްގެ ރައްޓެހިންނާއި، ޕާޓީ އާއި، އާއިލާ އިން ބޭނުންވާ މުއްދަތައް އަދީބްގެ ބޭސްފަރުވާގެ ކަންތައް ސަރުކާރުން ކުރަންޖެހުން ކަމަށެވެ. އަދީބްގެ އާއިލާ އާއި، ޕާޓީ އާއި، ރަހްމަތްތެރިން ބޭނުންވާ މުއްދަތަށް އޭނާ ހޮސްޕިޓަލްގައި ބާއްވައިގެން ހޯމް މިނިސްޓްރީއަށް ނުތިބެވޭނެ ކަމަށާއި، އެގޮތަށް ކަންތައް ނުކުރެއްވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދީބްއަށް ބޭސްފަރުވާ ކުރައްވާ ޑޮކްޓަރުން އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން، ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ގޮތުން އޭނާ ޖަލަށް ގެންދަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަދީބަށް ދެވޭ ފަރުވާއަކީ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ދެވޭ ފަރުވާ. ޑޮކްޓަރުން ކަނޑައަޅުއްވާނީ އެޑްމިޓްކުރާނެ ވަގުތާއި ޑިސްޗާރޖްކުރާނެ ވަގުތު. މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އާއިލާ އާއި ރައްޓެހިން ބޭނުންވާ ފަރުވާ އާއި މުއްދަތާއި ޕާޓީން ބޭނުންވާ ތަން. އެއީ އެކަންވާނެ ގޮތެއް ނޫން. ފަރުވާގެ ކަންކަން ކަނޑައަޅާނީ ޑޮކްޓަރުން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން ކަނޑައަޅުއްވާފައިވާ ފަރުވާ އަދީބަށް ހޯއްދަވައި ދެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އިމްރާން ވިދާޅުވީ އަދީބްގެ ސިއްހަތާ ގުޅޭ ގޮތުން މިހާތަނަށް އޭނާ ކުރެއްވި ކޮންމެ ޝަކުވާއެއް ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އައި ކަމަށާއި، އަދި އަދީބް އަމިއްލައަށް ސިއްހަތާ ގުޅޭ ގޮތުން ޝަކުވާކުނުކުރައްވާ ކަންތައްތަކަށް ވެސް ހުދު ކަރެކްޝަންސް އިން އަމިއްލައަށް އިސްނަގައިގެން ބަލަމުން އަންނަ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން އަދީބް އެންމެ ބޮޑަށް ކުރެއްވި ޝަކުވާއަކީ ލޮލުގެ ބޭސް ފަރުވާ ލިބިވަޑައިނުގެން ކުރެއްވި ޝަކުވާ ކަމަށާއި، ނަމަވެސް އަދީބްގެ އެދިވަޑައިގަތުމާ ނުލައި ވެސް ލޮލުގެ ބޭސް ފަރުވާގެ ކަންތައް ވެސް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދީބްގެ ޝަކުވާކުރުމަކާއި ނުލައި އެދުމަކާއި ނުލައި މިހާރު މި ދަނީ ލޮލުގެ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަމުން،" އިމްރާން ވިދާޅުވިއެވެ.

އެހެން ގައިދީންނަށް ވުރެ ވެސް ރަނގަޅަށް އަދީބަށް ހިދްމަތް ދެމުން އަންނަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރު އަދީބަށް ނުލިބި ހުރި ބޭސްފަރުވާގެ ފުރުސަތުތައް ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި ދެއްވާފައިވާނެ ކަމަށެވެ. އަދީބުގެ ބޭސްފަރުވާގައި ކަރެކްޝަންސްގެ އެއްވެސް އިހްމާލެއް ނޯންނާނެ ކަމަށާއި، އަދީބާ މެދު އެއްވެސް ގޮތަކަށް ޒާތީވެފައި ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދީބާ މެދު އެއްވެސް ވަރަކަށް "ޒާތީ" ވެފައިނުވާނެ ކަމަށް ވިދާޅުވެފައިވާއިރު، އަދީބްގެ އާއިލާ އާއި އޭނާގެ ޕާޓީން ގެންދަނީ އަދީބާ މެދު ހޯމް މިނިސްޓަރު އިމްރާން އަމަލުކުރައްވަމުން ގެންދަވަނީ "ޒާތީ" ވެގެން ކަމަށް ބުނެފައެވެ. މިނިސްޓަރ ވިދާޅުވީ ގަވާއިދުތަކާއި އުސޫލްތަކުން ކަނޑައެޅޭ އެންމެ މަތީ ދަރަޖައިގެ ހިދުމަތްތައް އަދީބަށް ދެއްވަމުން ގެންދަވާ ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުން އަދީބު ބަހައްޓައިގެން އުޅުނީ އެ ބޭފުޅުން ބަހުރުވައިން ބަންދުކޮއްޓެއްގައި. އެކަމަކު މިހާރު އަދީބް ބަހައްޓަނީ ޖަލުގެ އުސޫލްތަކާއި ގަވާއިދުތަކުގެ ދަށުން ސްޕެޝަލް ޕްރޮޓެކްޝަން ދެއްވަން ކަނޑައަޅުއްވާފައިވާ ތަނުގައި،" އިމްރާން ވިދާޅުވިއެވެ.

އަދީބްގެ "ކަރުގައި ވާގަނޑު ޖަހައިގެން ނުދަމަން" އަދީބުގެ އަބިކަނބަލުން މަރިޔަމް ނަޝްވާ އިއްޔެ ވަނީ ގޮވާލައްވާފައެވެ. ސުޕްރީމް ކޯޓުގެ އަމުރަށް އިއްޔެ ހަވީރު އަދީބު އަނބުރާ ޖަލަށް ގެންދިޔުމާ ގުޅިގެން ނަޝްވާ ކުރެއްވި ޓްވީޓެއްގައި "އަދީބަށް މި ބިމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް ސަރުކާރުން ބުނަންވީ ނޫންތޯ" ވަނީ ސުވާލު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް