Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

މުޒާހަރާ ކުރުމުން ބަންގަލަދޭޝްގެ ފަހާ ފެކްޓްރީތަކުން 5000 އެއްހާ މުވައްޒަފުން ވަކިކޮށްފި

މުޒާހަރާކުރި މަސައްކަތްތެރިއަކު މަރުވެފައިވާއިރު  50 އަށްވުރެ ގިނަ މީހުން ޒަަޚަމްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 ޖެނުއަރީ 2019 | އަންގާރަ 19:08
މުޒާހަރާތައް އެންމެ ވަރުގަދައަށް ހިނގާފައިވަނީ އިންޑަސްޓްރިއަލް މައި ޓައުންކަމަށްވާ އަޝުލިއާގައި

މުޒާހަރާތައް އެންމެ ވަރުގަދައަށް ހިނގާފައިވަނީ އިންޑަސްޓްރިއަލް މައި ޓައުންކަމަށްވާ އަޝުލިއާގައި

ބަންގްލަދޭޝްގައި ހުންނަ ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ އަންނައުނު އުފައްދާ ފެކްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މި މަހުގެ ކުރީކޮޅު ކުރި މުޒާހަރާތަކާ ގުޅިގެން މުޒާހަރާތަކުގައި ބައިވެރިވި ކުޑަ އުޖޫރައެއް ލިބޭ 5،000 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ދުވަސްތަކަކަށް ދެމިގެންދިޔަ އެ މުޒާހަރާތަކުގައި އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މަަސައްކަތްތެރިން ވަނީ އެ މީހުންގެ ފެކްޓަރީތަކުން ނުކުމެ މުޒާހަރާކޮށްފައެވެ.

ބަންގަލަދޭޝްގެ އަންނައުނު އުފެއްދުމުގެ އިންޑަަސްޓްރީއަކީ 30 ބިލިއަން އެެމެރިކާ ޑޮލަރުގެ އިންޑަސްޓްރީއެކެވެ. މި މުޒާހާތައް ހުއްޓުވުމަށް ފުލުހުންނުކުމެ ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކޮށްފައިވެއެވެ.

މުޒާހަރާކުރި މަސައްކަތްތެރިއަކު މަރުވެފައިވާއިރު 50 އަށްވުރެ ގިނަ މީހުން ޒަަޚަމްވެފައިވެއެވެ.

މުޒާހަރާތައް އެންމެ ވަރުގަދައަށް ހިނގާފައި ވަނީ އިންޑަސްޓްރިއަލް މައި ޓައުންކަމަށްވާ އަޝުލިއާގައިކަމަށްވާއިރު އެ ޓައުނަކީ ރީޓެއިލް ވިޔަފާރީގެ ބިޔަ ކުންފުނިތައްކަމަށްވާ އެޗްއެންޑްއެމް އާއި ވޯލްމާޓްފަދަ އިތުރު އެތައް ކުންފުނިތަަކަށް އަންނައުނުތައްޔާރުކޮށްދޭ ފެކްޓަރީތައް ހުންނަ ޓައުނެވެ.

ފުލުހުންބުނީ ވަޒީފާއިން ވަކިކުރި ފެކްޓަރީތަކުގެ އެތައް ހާސް މަސައްކަތްތެރިންނެއްގެ މައްޗަށް ލޫޓުވުމާ މުދަލަށް ގެެއްލުންދިންކަމަށް ތުހުމަތުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޔޫނިއަންތަކުން ވަނީ އިންޑަސްޓްރީގެ ވެރިން މަސައްކަތްތެރިންނަށް ބިރުދައްކަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

"ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 4،899 މީހުން ފެކްޓްރީތަކުން ވަކިކޮށްފައިވޭ،" ނަން ހާމަނުކުރުމަށް ޝަރުތުކޮށް ފުލުހުންގެ އިސް އޮފިސަރަކު އޭއެފްޕީ ނޫސް އޭޖެންސީގައި ބުނެފައިވެއެވެ.

އެންމެ ފެކްޓަރީއަކުން ވެސް 1،200 އަށްވުރެ ގިނަ ފަހާ މީހުން ވަޒީފާއިން ވަކިކޮށްފައިވާއިރު އެ މީހުންގެ މަހު މުސާރަ ފެށެނީ އެންމެ 95 އެމެރިކާ ޑޮލަރުންނެވެ.

ޔޫނިއަަންތަކުން ބުނީ ވަޒީފާއިން ވަކިކުރެވުނު މީހުންގެ އަސްލު އަދަދު 7،000އަށް ގާތްކުރާނެ ކަމަށާއި 100 އަށްވުރެ ގިނަ މީހުން ހައްޔަރު ވެސް ކޮށްފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017
މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
02 މެއި 2017

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި
30 އެޕްރީލު 2017

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

30 އެޕްރީލު 2017
ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު