Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯ

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕާއި ދެކޮޅަށް މެކްސިކޯގައި ބާއްވަމުންދާ މުޒާހަރާތައް ރާވާ ހިންގުމުގައި 70 ވަރަކަށް ޖަމާއަތް ހިމެނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 ފެބުރުއަރީ 2017 | ހޯމަ 21:00
މެކްސިކޯގައި ރައީސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަނީ

މެކްސިކޯގައި ރައީސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް މެކްސިކޯގެ އެކި ސަރައްދުތަކުގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

އެގޮތުން އާދީއްތަ ދުވަހު އެކަނިވެސް މެކްސިކޯގެ 18 ސިޓީއެއްގައި ރައީސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާތައް ކުރެވުނު އިރު މިއީ މެކްސިކޯގައި މިފަދަ މުޒާހަރާތައް ބާއްވަން ފެށުނު ފުރަތަމަ ފަހަރެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން އަދި މަހެއް ނުވާ ރައީސް ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް މެކްސިކޯގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދަނީ ރައީސް ޓްރަމްޕް ގެ ސިޔާސަތުތަކާއި ދެކޮޅަށެވެ. އެއީ އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމުގެ ސިޔާސަތާއި އިމިގްރޭޝަން ސިޔާސަތަށެވެ.

މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނަމުން ގެންދަނީ އެމީހުން އެކަން ކުރަމުން ގެންދަނީ އެމެރިކާ ރައްޔިތުންނާއި ދެކޮޅަށް ނޫން ކަމަށާ އެކަން އެމީހުން ކުރަނީ ޓްރަމްޕްގެ ސިޔާސަތާ ދެކޮޅަށް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕާއި ދެކޮޅަށް މެކްސިކޯގައި ބާއްވަމުންދާ މުޒާހަރާތައް ރާވާ ހިންގުމުގައި 70 ވަރަކަށް ޖަމާއަތް ހިމެނެއެވެ. އޭގެތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލްއާއި، މެކްސިކޯގެ ނެޝެނަލް ޔުނިވާސިޓީއާއި، ވިޔަފާރިއާއި ގުޅޭ ޖަމާއަތްތައް ހިމެނެއެވެ. އަދި ޒުވާން އެކްޓިވިސްޓުން ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު