Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބް

އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކޮށްފި

28 ޖެނުއަރީ 2019 | ހޯމަ 12:10

ހައިކޯޓުގައި ކުރިއަށްދަނީ ސިވިލް ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު މައްސަލަ

އަމަން ހަލީމް
އަމަން ހަލީމް | 28 ޖެނުއަރީ 2019 | ހޯމަ 12:10
ޑކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ޑކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ހައިކޯތަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން އަދީބް ގޭބަންދަށް ބަދަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ހައި ކޯޓުން މިފަދައިން ވަގުތީ އަމުރެއް ނެރެފައިވަނި އެ ކޯޓުގައި މިހާރު ކުރިއަށްދާ އަދީބްގެ ބޭސްފަރުވާ އާއި ގުޅޭ އިސްތިއުނާފް މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ހައިކޯޓުގައި ކުރިއަށްދާ މައްސަލައަކީ އަދީބްގެ ސިއްހީ ހާލު ގޯސްވެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ހުރި ޙުކުމުގެ އިސްތިއުނާފު މައްސަލައެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތުތައް އަދީބްގެ މައްސަލައިގައި ފުރިހަމަކޮށްފައި ނެތުމުން އެ މައްސަލަ ކުރިއަށްގެންދެވެން ނެތް ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ހައި ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި އަދީބްގެ ވަކީލް މުޙައްމަދު އިސްމާއިލް ކޯޓުގައި ވިދާޅުވީ، އަދީބްގެ ސިއްޙީ ހާލު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރުވެސް މިހާރު އޮތް ކަމަށެވެ. އަދި އަދީބްގެ ހާލަތާއި، އާއިލީ ވެއްޓެއްގަހައި އަދީބް ބެހެއްޓުމަށް ކުރިން ޑޮކްޓަރު ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް، އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި ގުޅޭގޮތުން ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަ ނިމެންދެން، އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވަކީލް ވަނީ އެދިވަޑައިގެންފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއާ ގުޅިގެން މިކަމަށް ޖަވާބުދާރީ ވުމަށް ދައުލަތުން އިތުރު ފުރުޞަތަކަށް އެދުނު ނަމަވެސް، އެކަމަށް ޖަވާބުދާރީ ވުމަށް ހޯމަ ދުވަހު ދައުލަތަށް ދިން ފުރުޞަތުގައި އަދީބްގެ ސިއްހީ ހާލަތަށް ބަލައި އެމަނިކުފާނު ގެއަށް ބަދަލުކޮށްގެން ނުވާނެ ކަމަށް ޤަބޫލުކުރެވޭފަދަ ސާފު ސަބަބެއް ދައުލަތަށް ޝަރީއަތަށް ހުށަހެޅިފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި އަދީބްގެ ވަކީލް، މުޙައްމަދު އިސްމާއިލް ވިދާޅުވީ، އަދީބްގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރުމަށް ޤަވާއިދުގައި ކަނޑައަޅާފައިވާ އިޖްރާއަތްތައް އަދީބްގެ ފަރާތުން ފުރިހަމަ ނުކުރާ ކަމަށް ބުނެ ނަމަވެސް، އެ އިޖުރާއަތުތަކަކީ ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ކަމަށެވެ. އެގޮތުން އަދީބްގެ ސިއްހީ ހާލަތާއި ގުޅިގެން ޑޮކްޓަރުން ދެއްވާ ލަފާތަކާއި ގުޅޭ ލިޔުންތަކަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ލިޔުންތަކަކަށްވާއިރު، އެ ލިޔުންތައް ކަރެކްޝަނުން ފޯރުކޮށްނުދެނީސް ޤަވައިދުގައި ބުނާ އިޖްރާއަތުތައް އަދީބަށް ފުރިހަމަ ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު މި މައްސަލަ ނިންމުމުގައި ހަވާލާދީފައިވަނީ ޤަވައިދުގައި ނެތް މާއްދާއަކަށްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ އެކަން ވަކީލުން އޭރު ފާހަގަކުރެއްވުމުން ކޯޓުން ފަހުން ޙުކުމަށް ބަދަލުގެނައި ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

މި ކަންކަން މިހެން ހުރުމުން އާދީއްތަ ދުވަހު އަދީބްގެ ވަކީލް، މުޙައްމަދު އިސްމާއިލް ވަނީ ސިވިލްކޯޓުގެ ޙުކުމް ބާތިލުކޮށް، އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަސް ފޮނުވައިދިނުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފައެވެ.

މިކަމަށް ރައްދުދެއްވާ، ދައުލަތުގެ ވަކީލު އާދީއްތަ ދުވަހު ވިދާޅުވީ، ސިވިލް ކޯޓުން ކުރިން ނިންމި ނިންމުން އެގޮތަށް ނިންމާފައިވަނީ ގައިދީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގައި އަދީބްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ ކަމަށެވެ. އެގޮތުން ސީޓީ ސްކޭނެއް ހެދުމަށް އަދީބްގެ ފަރާތުން އޭރު ކަރެކްޝަނަށް އެއްބާރުލުން ދީފައި ނުވާކަމަށް ވަކީލް ތުހުމަތު ކުރެއްވިއެވެ.

އަދި ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާތިލް ކުރި ނަމަވެސް، މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ މައުޟޫއީ ގޮތުން މައްސަލަ ނުބަލައި ކަމަށްވެފައި، އެ ނިންމުމަކީ އިޖުރާއީ ގޮތުން ނިންމި ނިންމުމެއް ކަމުން، ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފޮނުވުމަށް އަމުރުކޮށް ހައިކޯޓަށް އަމުރެއް ނުނެރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވަނީ ދައުވާކުރައްވާފައެވެ.

ސިވިލް ކޯޓުން ޤަވައިދުގައި ނެތް މާއްދާއަކަށް ހަވާލާ ދީފައިވާދިނުން ދިފާއުކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ އިދާރީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އިސްލާހުކުރުމަކީ ކޯޓަށް ކުރެވިދާނެ ކަމެއް ކަމުން، އެއީ ޤާނޫނީ ހުރަހެއް އޮތް ކަމެއް ނޫންކަން ދައުލަތު ވަކީލު ފާހަގަކުރެއްވިއެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ކަރެކްޝަންސްއިން މިހާތަނަށް އަދީބްގެ އާއިލާއަށް ފޯރުކޮށްދީފައިވާ އަދީބްގެ ސިއްހަތާއި ގުޅޭ ލިޔެކިޔުންތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލަ ބައްލަވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޙަސަން އަލީ އާއި ފަނޑިޔާރު ޙުސައިން ޝަހީދެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް