Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގާމަށް އައްޔަން ކުރުން

ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ޕޭ ކޮމިޝަނަށް ބޭފުޅުން އައްޔަނުކުރައްވައިފި

އެ ކޮމިޝަނުގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަނީ ވަކިކުރައްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖެނުއަރީ 2019 | އާދީއްތަ 19:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް "ނޭޝަނަލް ޕޭ ކޮމިޝަން" ގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަކި ކުރައްވައި، ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ކޮމިޝަނަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

"ނޭޝަނަލް ޕޭ ކޮމިޝަން" އަށް އައްޔަން ކުރައްވާފައިވަނީ:

Advertisement - newsAdvertisement

މަރްޔަމް ނިޔާފް މުޙައްމަދު (ހެންވޭރު. ނީލަމް)

މަރްޔަމް ނިޔާފް މުޙައްމަދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން މާސްޓަރ އޮފް ސައިންސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ގެންދަވަނީ މެލޭޝިޔާގެ މެނެޖްމަންޓް ސައިންސް ޔުނިވަރސިޓީ އިން ބިޒްނަސް/އެޗް.އާރ ދާއިރާއިން ޕީ.އެޗް.ޑީ ފުރިހަމަ ކުރައްވަމުންނެވެ. މަރްޔަމް ނިޔާފް މުޙައްމަދު ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ލެކްޗަރަރއެއްގެ މަގާމު އަދާ ކުރައްވަމުންނެވެ.

ޢަފާފް އިބްރާހީމް ޢަލީދީދީ (ވިލިނގިލި. މިންނަތް)

ޢަފާފް އިބްރާހީމް ޢަލީދީދީ އަކީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ ޢަލީ (ރޯނުގެ، ހދ. ހަނިމާދޫ)

ޢަބްދުﷲ ޢަލީ އަކީ އެމެރިކާގެ އީސްޓަރން މިޝިގަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް އާޓްސް އިން އިކޮނޮމިކްސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަގާމު އަދާ ކުރައްވަމުންނެވެ.

ފާޠިމަތު ޝާނާ ފާރޫޤު (މާފަންނު. ލަންސިމޫގެ)

ފާޠިމަތު ޝާނާ ފާރޫޤު ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާ ކުރައްވަމުންނެވެ.

"ނޭޝަނަލް ޕޭ ކޮމިޝަން" ގެ ނައިބު ރައީސާ ކަމަށް ހަމަޖައްސަވާފައި ވަނީ މަރްޔަމް ނިޔާފް މުޙައްމަދެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު