Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުން

މިނިސްޓަރުންގެ ނައިބުގެ މަޤާމަށް 8 ބޭފުޅަކު އައްޔަނު ކުރައްވައިފި

މިނިސްޓަރުން އައްޔަނު ކުރައްވާފައިވަނީ 7 މިނިސްޓްރީއަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2019 | އާދީއްތަ 19:20
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވި އަހްމަދު މުހުސިން

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވި އަހްމަދު މުހުސިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މިނިސްޓަރުންގެ ނައިބުގެ މަޤާމަށް 8 ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް، އައްޔަން ކުރެއްވީ ހެންވޭރު ކަޅުވަކަރުގެ މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒެވެ. ފިރުޒުލް އަކީ ދަ ޔުނިވަރސިޓީ އޮފް ނޮޓިންހަމުން ބެޗެލަރ ސައިންސް ވިތު އޮނަރސް އިން އިކޮނޮމިކްސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ފިރުޒުލް އަކީ މިނިސްޓްރީ އޮފް ފިނޭނެސް އެންޑް ޓްރެޒަރީގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރެއްވީ އައްޑޫ ސިޓީ ހުޅުދޫ، ހެޕީޑްރީމް މުޙައްމަދު އަންޞާރެވެ. އަންޞާރަކީ ހަޔަރ ނެޝަނަލް ޑިޕްލޮމާ އިން ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވީ ގަލޮޅު ސައިމާ ޙަމަދު ޢަބްދުލްޣަނީއެވެ. ޙަމަދަކީ ބެޗެލަރ އޮފް އިންޖިނިއަރިންގ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އިނގިރޭސި ވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީގައި އެއިރޯ ސްޕޭސް އިންޖިނިއަރިންގ ގެ ދާއިރާއިން ލެކްޗަރަރއެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވީ ހދ.ނައިވާދޫ، ގުލްފާމްގެ އަޙްމަދު މުޙްސިނެވެ. މުޙްސިނަކީ ޑިޕްލޮމާ އިން ކޮމްޕިއުޓިންގް އެންޑް މަލްޓިމީޑިއާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޓްރެއިނިންގް ހޯއްދަވާފައިވާ ބޭފުޅެކެވެ. މުޙްސިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަން ކުރައްވާ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވީ ހދ.ވައިކަރަދޫ، ޖޭޒްމީން ޙުސައިން ޒާމިރެވެ. ޒާމިރަކީ ބެޗެލަރ އޮފް އަރޓްސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޒާމިރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވީ ގަލޮޅު ހިމާލިޔާގެ ފާޠިމަތު ނިޢުމާއެވެ. ނިޢުމާއަކީ މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވީ މައްޗަންގޮޅީ މަނަސް ރިޔާޟް މަންޞޫރެވެ. ރިޔާޟް އަކީ ސޮފްޓްވެއަރ އިންޖިނިއަރިންގ އިން އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އަދާކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ޓެކްނިކަލް ކޮންސަލްޓަންޓްގެ މަޤާމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕމްނަޓްގެ ޑިރެކްޓަރުގެ މަޤާމުވެސް ހިމެނެއެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް، އައްޔަން ކުރެއްވީ ގަލޮޅު ރަންދެލިގެ ފާޠިމަތު ޔުމްނާއެވެ. ޔުމްނާ ވަނީ ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒްއިން މަސްޓަރ އޮފް ސައިންސް ހާސިލުކުރައްވާފައެވެ. ޔުމްނާ މީގެ ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސާރކް ޔޫއެން ވިމަންގެ ކޮންސަލްޓަންޓެއްގެ މަޤާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

12 ޖުލައި 2017
ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި

ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި

10 ޖުލައި 2017
އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

21 ޖޫން 2017
މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

19 ޖޫން 2017
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

13 ޖޫން 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު