Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންޑާރަ ނައިބުގެ މައްސަލަ

ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

12 ޖުލައި 2017 | ބުދަ 15:34

މި މައްސަލަ ހުށަހަޅާފައިވަނީ ޕްރިމިއަރ ޗެމްބާސް އިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 ޖުލައި 2017 | ބުދަ 15:34
ބަންޑާރަ ނައިބު މުހައްމަދު އަނިލް

ބަންޑާރަ ނައިބު މުހައްމަދު އަނިލް

ބަންޑާރަ ނައިބުގެ މަޤާމުގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުމަށް ޕްރިމިއަރ ޗެމްބާސް އިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕްރިމިއަރ ޗެމްބާސް އަކީ އަލްއުސްތާޛް މައުމޫން ހަމީދު ނިސްބަތްވެވަޑައިގަންނަވާ ލޯފާމެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބަންޑާރަ ނައިބު ހުށަހެޅުއްވި މަޖިލީސް މެންބަރުންނާ ގުޅޭ މައްސަލައިގައި ދައުވާ ލިބޭ ވަކި ހަސްމެއް ނެތި "އެކްސްޕާޓޭ" ކޮށް ހުށަހެޅި މައްސަލައެއް ކަމަށް ސިފަކޮށްފައި ވީނަމަވެސް އެ މައްސަލައަކީ ދައުލަތުގެ އެއް ބާރުު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ހުށަހަޅުއްވާފައިވާ ދައުވާއެއްކަން ދައުވާގެ ސިޣާއައި މައުޟޫއިން ސާފުކޮށް އެނގެން އޮތް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމުގައި ވާއިރު ބަންޑާރަ ނައިބު މި މައްސަލަ ހުށަހެޅުމަކީ ދައުލަތުގެ އެއްބާރު އަނެއް ބާރުގެ މައްޗަށް ޣައިރު ދުސްތޫރީ ގޮތަކަށް ބާރު ހިންގުމުގެ އަމަލެއް ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރަށް ދައުލަތުގެ ގާނޫނު ހަދާ ބާރުގެ ބަސް ދައުވާ ތަމްސީލުކުރުމަށް ހަވާލުވެފައިވާ ފަރާތްކަމުގައިވާ ބަންޑާރަ ނައިބު އިއްވާފައި ނުވުމަކީ ގާނޫނާ ޚިލާފަށް ބަންޑާރަ ނައިބު ކުރައްވާފައިވާ ކަމެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދައުލަތުގެ އެއްބާރުގެ ހައްގުތަކާއި ބާރުތަކާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅާއިރު އެ ބާރު ތަމްސީލުކުރާ ފަރާތްތަތަކަށް އެ ބާރުގެ ބަސް ޝަރީއަތުގެ މަޖިލީހުގައި އިއްްވުމަކީ އެފަރާތައްވެސް ލިބިގެންވާނެ ހައްގެއް ކަމަށެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލަ ބައްޓަންކުރައްވާފައިވަނީ، ދައުލަތުގެ އެއް ބާރުގެ ހައްގުތަކާއި ބާރުތަކާއި މެދު ޝަރީއަތުން ގޮތެއް ކަނޑައަޅާއިރު، އެ ބާރުގެ ތަފްސީލުކުރާ ފަރާތްތަކަށް އެ ބާރުގެ ބަސް، ޝަރީއަތުގެ މަޖިލީހުގައި އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހައްގު ގެއްލިގެންދާނެ ގޮތައް ކަމުގައިވީ ހިނދު މިއީ ހުށަހަޅާ ފަރާތުގެ ހެޔޮ ނިޔަތް ނަފީކުރުމުގެ އިތުރަށް ނުރަނގަޅު ނިޔަތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައަޅާފައިވަނިކޮށް އެކޯޓުގެ ނިންމުމަކާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ، ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްކުރުމުގައި ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ކަނޑައަޅުއްވާފައިވާ ކަަމަށް ވަނީ ބަޔާންކޮށްފައެވެ. އަދ މިގޮތަށް އަމަލުކުރުމަކީ ބަންޑާރަ ނައިބުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ކަމެއް ކަމަށްވެސް މި މައްސަލައިގައި ފާހަަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މައްސަލަ ހުށަހަޅުއްވައި، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަން ދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރަންޖެހޭ: ހަސަން ލަތީފް

05 އޯގަސްޓު 2017
މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރަންޖެހޭ: ހަސަން ލަތީފް
30 ޖުލައި 2017

ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ

30 ޖުލައި 2017
ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ
25 ޖުލައި 2017

ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

25 ޖުލައި 2017
ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
21 ޖުލައި 2017

ބަންޑާރަ ނައިބު އަނިލްވަނީ ގާނޫނީ ޒިންމާއަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައި:ދިޔާނާ

21 ޖުލައި 2017
ބަންޑާރަ ނައިބު އަނިލްވަނީ ގާނޫނީ ޒިންމާއަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައި:ދިޔާނާ
14 ޖުލައި 2017

އަނިލް އަކީ ޕީީޕީއެމްގެ ބަންޑާރަ ނައިބު: ރޮޒައިނާ

14 ޖުލައި 2017
އަނިލް އަކީ ޕީީޕީއެމްގެ ބަންޑާރަ ނައިބު: ރޮޒައިނާ
13 ޖުލައި 2017

ޑިމޮކްރަސީ ގުރުބާން ނުކުރަން އެދި އިލްހާމްގެ ވަރުގަދަ ސިޓީއެއް ބަންޑާރަ ނައިބަށް!

13 ޖުލައި 2017
ޑިމޮކްރަސީ ގުރުބާން ނުކުރަން އެދި އިލްހާމްގެ ވަރުގަދަ ސިޓީއެއް ބަންޑާރަ ނައިބަށް!
07 ޖުލައި 2017

ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި

07 ޖުލައި 2017
ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި
29 ޖޫން 2017

ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން

29 ޖޫން 2017
ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން
15 މެއި 2017

މަޖިލީހާ ދެކޮޅަށް، ބަންޑާރަ ނައިބަށް ސުޕްރީމް ކޯޓަށް ވަޑައެއްނުގެންނެވޭނެ: ރޮޒައިނާ

15 މެއި 2017
މަޖިލީހާ ދެކޮޅަށް، ބަންޑާރަ ނައިބަށް ސުޕްރީމް ކޯޓަށް ވަޑައެއްނުގެންނެވޭނެ: ރޮޒައިނާ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް