Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޓަރނީ ޖެެނެރަލް އޮފީސް

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

ހިޝާމް ވަނީ ޕީޖީ އޮފީހުގައި ވެސް މަސައްކަތްކުރައްވާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2017 | ބުދަ 07:34
އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި ހިޝާމް

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި ހިޝާމް

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ކުރީގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު ހިޝާމް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް، ޏ. ފުވައްމުލަކު، ދަޑިމަގު. މާވައި، އަލްއުސްތާޒް އަހްމަދު ހިޝާމް ވަޖީހު ހަމަޖައްސާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަން ކުރައްވާފައިވާ އިރު އޭނާ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

މީގެ އިތުރުން ޕީޖީ އޮފީހުގެ ސްޕޯކްސްޕާސަންގެ ދައުރު ވެސް އަދާކުރައްވާފައި ވެއެވެ.

ހިޝާމް ވަނީ ދައުލަތުގެ ޕްރޮސެކިއުޓަރެއްގެ މަޤާމުގައި ހުންނެވި އިރު ދައުލަތުން ބެލި ބޮޑެތި ބައެއް މައްސަލަތަކުގައި ދައުލަތް ތަމްސީލުކޮށްދެއްވާފަ އެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލި މައްސަލަގައި ވެސް އޭނާ ވަނީ ދައުލަތް ތަމްސީލުކޮށްދެއްވާފަ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ބައެއް ދައުވާތަކާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ މައްޗަށް އުފުލި ބައެއް ދައުވާތަކުގައި ވެސް ހިޝާމް މަސައްކަތް ކުރެއްވި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުން ހިޝާމް އިސްތިއުފާ ދެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ހިޝާމް މަޤާމުން އިސްތިއުފާ ދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާ ހިތްހަމަނުޖެހިގެން ކަމަށް އެދުވަސްވަރު އަޑުފެތުރިފައި ވެއެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި

10 ސެޕްޓެމްބަރު 2017
ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި
14 އޯގަސްޓު 2017

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި

14 އޯގަސްޓު 2017
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި
19 ޖޫން 2017

މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

19 ޖޫން 2017
މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް
08 ޖޫން 2017

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް

08 ޖޫން 2017
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
05 ޖޫން 2017

ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި

05 ޖޫން 2017
ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު