Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޮސްކާ އެވޯޑްސް 2017

ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާލާ ލޭންޑަށް" ދީފި!

އެވޯޑް ހުށަހަޅައިދިން ވޮރެން ބީޓީ އަށް އޮޅިގެން ނުބައި ނަމެއް ކިޔުނުކަން އެނގުނީ އެވޯޑާ ހަވާލުވުމަށް ފިލްމުގެ ބައިވެރިން ސްޓޭޖަށް ވެސް އެރި ފަހުން

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 09:58
އޮސްކާ އެވޯޑްސްގެ ތެރެއިން

އޮސްކާ އެވޯޑްސްގެ ތެރެއިން

އިއްޔެ ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާ ލާ ލޭންޑް" އަށް ދީފި އެވެ.

ބެސްޓް ޕިކްޗަރގެ އޮސްކާއަކީ މުޅި ރަސްމިއްޔާތުގައި ވެސް ދޭ އެންމެ ފަހު އަދި އެންމެ ޝަރަފްވެރި އޮސްކާ އެވެ. އެވޯޑް ހުށަހަޅައިދިން ވޮރެން ބީޓީ އަށް އޮޅިގެން ނުބައި ނަމެއް ކިޔުނުކަން އެނގުނީ އޮސްކާ އެވޯޑްސްގެ ޕްރޮޑިއުސަރަކު ސްޓޭޖަށް އަރާ، އެކަން ސަމާލު ކަމަށް ގެނައުމުންނެވެ. އޭރު، "ލާ ލާ ލޭންޑް" ގެ ހުރިހާ ތަރިން އޮސްކާއާ ހަވާލުވުމަށް ސްޓޭޖަށް އަރާފައި ވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމްގެ ގޮތުގައި ހޮވާފައި ވަނީ "މޫންލައިޓް" އެވެ.

އެވޯޑްސް ޕްރޮޑިއުސަރ އޮސްކާ ޓްރޮފީ އާއި ކިއު ކާޑުކޮޅު ބީޓީ އަތުން އަތުލުމަށް ފަހު، މި އެވޯޑަކީ "މޫންލައިޓް" އަށް ލިބުނު ފިލްމެއް ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި، މިއީ ޖޯކެއް ނޫން ކަމަށް ބުނެ، ކިއު ކާޑުކޮޅުގައި އޮތް ނަން މުޅި އޯޑިއެންސަށް ފެންނާނޭހެން ވަނީ ދައްކާލާފަ އެވެ.

އޮސްކާގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި މިސް ޔުނިވާސްގެ ހަފްލާގައި ވެސް ވަނީ މިފަދަ ކަމެއް ދިމާވެފައެވެ. އެ ފަހަރު އެނައުންސަރަށް އޮޅިގެން އެހެން މީހެއްގެ ނަން ވަނީ އިއުލާނުކުރެވިފައެވެ.

"މޫންލައިޓް" އަކީ އެމެރިކާގެ ކަޅު ނަސްލުގެ ކުއްޖެއް ފްލޮރިޑާ ސްޓޭޓްގެ މަޔާމީގައި އުޅެ ބޮޑުވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. "ލާ ލާ ލޭންޑް" އަކީ ލޯބީގެ މިއުޒިކަލް ޑްރާމާ އެކެވެ.

"ލާ ލާ ލޭންޑް" އަށް ބެސްޓް ޕިކްޗަރގެ އޮސްކާ ނުލިބުނު ނަމަވެސް، ފިލްމްގެ ޑިރެކްޓަރ، ޑޭމިއަން ޗަޒެލް ވަނީ ބެސްޓް ޑިރެކްޓަރުގެ އޮސްކާ ހާސިލްކޮށްފަ އެވެ. އަދި، ފިލްމްގެ އަންހެން ލީޑް، އެމާ ސްޓޯން ވަނީ ބެސްޓް އެކްޓްރެސްގެ އޮސްކާ ހޯދާފައިވެ އެވެ. މީގެ އިތުރުން، "ލާ ލާ ލޭންޑް" އަށް ވަނީ ބެސްޓް ސިނަމެޓޮގްރަފީ، ބެސްޓް އޮރިޖިނަލް ސްކޯރ އަދި ބެސްޓް އޮރިޖިނަލް ސޯންގް ކެޓަގަރީތަކުން އޮސްކާ ލިބިފަ އެވެ. ބެސްޓް އެކްޓަރގެ އޮސްކާ ލިބިފައިވަނީ "މެންޗެސްޓަރ ބައި ދަ ސީ" އިން ކޭސީ އެފްލެކް އަށެވެ. ބެސްޓް ސަޕޯޓިންގ އެކްޓަރގެ އޮސްކާ "މޫންލައިޓް" ގެ މަހެރްޝާލާ އަލީ ކާމިޔާބު ކޮށްފައިވާ އިރު، ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ އޮސްކާ ކާމިޔާބު ކޮށްފައިވަނީ "ފެންސަސް" އިން ވަޔޯލާ ޑޭވިސް އެވެ.

"މެންޗެސްޓަރ ބައި ދަ ސީ" ވަނީ ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ ކާމިޔާބު ކޮށްފަ އެވެ. ބެސްޓް އެޑެޕްޓެޑް ސްކްރީންޕްލޭގެ ކެޓަގަރީ "މޫންލައިޓް" އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އިރާނުގެ ފިލްމެއް ކަމަށްވާ "ދަ ސޭލްސްމަން" އަށް ބެސްޓް ފޮރިން ލެންގުއޭޖް ފިލްމްގެ އޮސްކާ ލިބިފައިވާ އިރު، "ޒޫޓޯޕިއާ" ހޮވިގެންދިޔައީ އެންމެ މޮޅު އެނިމޭޓެޑް ފީޗަރގެ ގޮތުގަ އެވެ. މިދިޔަ އަހަރު ނެރުނު "ޖަންގަލް ބުކް" އަށް ބެސްޓް ވިޝުއަލް އެފެކްޓްސްގެ އެވޯޑް ލިބުނެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2018

އޮސްކާސްގެ ޓީވީ ރޭޓިންގްސް ދަށަށް ހިނގައްޖެ

07 މާރިޗު 2018
އޮސްކާސްގެ ޓީވީ ރޭޓިންގްސް ދަށަށް ހިނގައްޖެ
07 މާރިޗު 2018

ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ

07 މާރިޗު 2018
ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ
05 މާރިޗު 2018

އޮސްކާ އެވޯޑްގައި ސްރީދޭވީ އާއި ޝަޝީކަޕޫރަށް ޓްރިބިއުޓެއް

05 މާރިޗު 2018
އޮސްކާ އެވޯޑްގައި ސްރީދޭވީ އާއި ޝަޝީކަޕޫރަށް ޓްރިބިއުޓެއް
23 ޖެނުއަރީ 2018

އޮސްކާސް 2018: ނޮމިނޭޓްވި ފަރާތްތައް އިއުލާން ކޮށްފި، ޝޯވ ބާއްވަނީ މާޗް 4ގައި

23 ޖެނުއަރީ 2018
އޮސްކާސް 2018: ނޮމިނޭޓްވި ފަރާތްތައް އިއުލާން ކޮށްފި، ޝޯވ ބާއްވަނީ މާޗް 4ގައި
20 ސެޕްޓެމްބަރު 2017

އަންނަ އަހަރު އޮސްކާއަށް އެންޖޮލީނާ ޖޯލީގެ ފިލްމެއް

20 ސެޕްޓެމްބަރު 2017
އަންނަ އަހަރު އޮސްކާއަށް އެންޖޮލީނާ ޖޯލީގެ ފިލްމެއް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު