Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވައިޓް ހެލްމެޓްސް

ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

މި ފިލްމަށް ކްރިޓިކުންގެ ފަރާތުން ވަނީ ބޮޑު ތަރުޙިބެއް ލިބިގެން ގޮސްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ފެބުރުއަރީ 2017 | އާދީއްތަ 12:36
"ދަ ވައިޓް ހެލްމެޓްސް" ފިލްމުގެ މަންޒަރެއް -

"ދަ ވައިޓް ހެލްމެޓްސް" ފިލްމުގެ މަންޒަރެއް -

ސީރިއާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަ ޖަމާއަތް، ވައިޓް ހެލްމެޓްސްއަށް ބިނާކޮށް، އުފައްދާފައިވާ ފިލްމު، "ދަ ވައިޓް ހެލްމެޓްސް" މި ފަހަރުގެ އޮސްކާއަށް ނޮމިނޭޓްވި ނަމަވެސް، އޮސްކާ ޙަފްލާއަށް އެ ޖަމާއަތުގެ އެއްވެސް މީހަކު ނުދާނެ ކަމަށް އެ ޖަމާއަތުގެ ލީޑަރު ބުނެފިއެވެ.

ވައިޓް ހެލްމެޓްސްގެ ލީޑަރު ރައީދް ސޮލާހް ބުނީ، އޮސްކާ ހަފުލާއަށް ނުދިއުމަށް ނިންމީ ސީރިއާގެ ހާލަތު މި ވަގުތު އޮތް ގޮތުން ކަމަށެވެ. އެގޮތުން ސީރިއާ ސަރުކާރުން ބޮން އަޅަމުންދާ ހިސާބުތަކުގައި ކުރަން ހުރި މަސައްކަތްތައް މާ މުހިންމުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑް ހަފްލާގައި ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ، ރައީދްގެ އިތުރުން އެ ޖަމާއަތުގެ މެންބަރު، އަދި މި ފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރި ޚާލިދު ޚާތިބެވެ.

ހަފްލާއަށް ނުދާނެކަން ހާމަކޮށް، ޚާތިބް ކުރި ޓްވީޓްތަކެއްގައި ބުނީ، އޭނާ ވައިޓް ހެލްމެޓް ޖަމާއަތާއި ގުޅޭ އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށާ، ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އެ ފިލްމު ވެސް ނިމޭނެ ކަމަށެވެ.

2013 ވަނަ އުފެއްދި ވައިޓް ހެލްމެޓްސް ޖަމާއަތާއި ގުޅޭގޮތުން ހަދާފައިވާ ފިލްމަށް ކްރިޓިކުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާއިރު، އެ ޖަމާއަތުގެ 3،000 އަށް ވުރެ ގިނަ މަދަދުވެރިންގެ މަސައްކަތުން ސީރިއާ ހަނގުތާމައިގައި އަނިޔާވި 78،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ސަލާމަތްކޮށްދީފައެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ވައިޓް ހައުސްގައި ބެހެއްޓި ކުރީގެ ރައީސުންގެ ފޮޓޯގެ ތެރޭގައި ބައިޑްންގެ ސޫރައިގެ ބަދަލުގައި ހުރީ އޮޓޯޕެން އެއް

25 ސެޕްޓެމްބަރު 2025
ވައިޓް ހައުސްގައި ބެހެއްޓި ކުރީގެ ރައީސުންގެ ފޮޓޯގެ ތެރޭގައި ބައިޑްންގެ ސޫރައިގެ ބަދަލުގައި ހުރީ އޮޓޯޕެން އެއް
16 އޮކްޓޯބަރު 2020

ނެޓްފްލިކްސްގެ ފިލްމު ވައިޓް ޓައިގަރގެ ފުރަތަމަ ފޮޓޯތައް ބެލުންތެރިންނަށް ދޫކޮށްލައިފި

16 އޮކްޓޯބަރު 2020
ނެޓްފްލިކްސްގެ ފިލްމު ވައިޓް ޓައިގަރގެ ފުރަތަމަ ފޮޓޯތައް ބެލުންތެރިންނަށް ދޫކޮށްލައިފި
17 ޑިސެމްބަރު 2019

ޕްރިޔަންކާގެ ކުރިޔަށް އޮތް ފިލްމު ''ވައިޓް ޓައިގަރ''ގެ ޝޫޓިން ނިންމާލައިފި

17 ޑިސެމްބަރު 2019
ޕްރިޔަންކާގެ ކުރިޔަށް އޮތް ފިލްމު ''ވައިޓް ޓައިގަރ''ގެ ޝޫޓިން ނިންމާލައިފި
29 ޖޫން 2017

ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީއަށް ކުއްޖެއް ލިބިއްޖެ

29 ޖޫން 2017
ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީއަށް ކުއްޖެއް ލިބިއްޖެ
17 މެއި 2017

"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

17 މެއި 2017
"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު