ވަގު ޑޮލަރު ދައުރުވަމުންދާ ކަމުގެ ތުހުމަތުތަކެއް!
26 ޖެނުއަރީ 2019 | ހޮނިހިރު 06:30ދައުރުވަމުން ދަނީ 50 ޑޮލަރާއި 100 ޑޮލަރުގެ ވަގު ނޫޓް ތަކެއް

ދައުރުވަމުންދާ ވަގު ޑޮލަރުތަކެއް
ވަގު ޑޮލަރުގެ ނޫޓްތަކެއް ދައުރުވަމުންދާ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުންފާޅު ކުރަންފަށައިފިއެވެ.
މިހާރު ދައުރުވަމުންދާ ޑޮލަރު ނޫޓްގެ ފޮޓޯއާއެކު މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ވަގު ޑޮލަރުތަކެއް ދައުރުވަމުންދާ ކަމަށާއި، އާންމުން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ބައެއް މީހުން ބުނީ ދައުރުވަމުންދަނީ ވަރަށް ރަނގަޅު ފެންވަރެއްގައި ޗާޕުކޮށްފައިވާ 50 ޑޮލަރާއި 100 ޑޮލަރުގެ ވަގު ނޫޓް ކަމަށެވެ.
ވަގު ޑޮލަރު ނޫޓް ދައުރުވަމުންދާ ކަމަށް ބައެއް މީހުން ތުހުމަތުކުރި ނަމަވެސް ސަރުކާރު ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ވަގު ޑޮލަރު ދައުރުވަމުން ދިއުމަކީ ދޭތެރެ ދޭތެރެއިން ދިމާވަމުން އަންނަ ބޮޑު މައްސަލައެކެވެ. އެގޮތުން މީގެ ފަސް މަސް ކުރިންވެސް ވަގު ޑޮލަރުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.






