Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ.ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުން

މޫސުމީ ބަދަލުތަކަށް ހައްލެއް ބޭނުން، ދެން މަޑުކުރެވޭކަށެއް ނެތް: ޝާހިދު

މޫސުމީ ބަދަލަށް ދާއިމީ ހައްލެއް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2019 | ހުކުރު 21:59
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ތަގްރީރް ކުރައްވަނީ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ތަގްރީރް ކުރައްވަނީ

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް ހައްލެއް ބޭނުންވާ ކަމަށާއި، ދެން އިތުރަށް މަޑުކުރެވެން ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބައިނަލްއަގްވަމީ ސުލްހަޔާއިި ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ބޮޑު ނުރައްކަލެއް އެބައޮތް ކަމަށާއި، ރާއްޖޭގެ ރީތީ މުރަކަތައްވެސް ނެތި، ހަލާކުވަމުންދާކަމަށެވެ. އެކަމަށް ހައްލެއް ބޭނުންވާކަން ފާހަގަކޮށް، މިނިސްޓަރ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލު ތަކާއިބެހޭ ގޮތުން 2007 ވަނަ އަހަރު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ވެސް އެވާހަކަ ދެއްކެވިކަމަށެވެ.

Advertisement - newsAdvertisement
''އަބަދު މިހެން ކެށްކޮށްގެން ރާއްޖެ އަކަށް ނުތިބެވޭނެ. އަހަރުމެން އެބަ ޖެހޭ މިކަމަށް ފިޔަވަޅު އަޅަން. މިކަމަށް ދާއިމީ ހައްލެއް ބޭނުން. އަހަރުމެން އެންމެން އެއްބަސްވާން އެބަޖެހޭ ދުނިޔޭގެ ސުލްހައަށާއި ސެކިއުރިޓީ އަށް އަސަރު ކުރާކަން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން'' ޝާހިދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާފު ފެނާއި މޫދު ފެނާއި އެކުވެ ތަޢައްޔަރުވެ އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެވާހަކަ އަށް ބާރު ދެމުން ޝާހިދު ވިދާޅުވީ، މި ހުރިހާ ކަމެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަތުން އެމީހުންގެ ގެދޮރު ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް އިޝާރަތް ކުރައްވާ ޝާހިދު ވިދާޅުވީ، އިތުރަށް ދެ މީޓަރު ކަނޑުގެ ލޮނުގަނޑު އުފުލޭ ހިސާބުން ރާއްޖެ އަޑިއަށްދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށާއި، އޭގެ ސަބަބުން ގައުމެއް އެއްކޮށް ދިޔުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަމަށެވެ.

ޕެރިސް އެގްރީމެންޓަށް އަލިއަޅުވާލަމުން ޝާހިދު ވިދާޅުވީ، އެ އެގްރީމެޓްގައިވާ ކަންތައްތައް ހާސިލްވާން ޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދު ބައިވެރިވެވަޑައިގަތް ކޮޕް 24 ސަމިޓް ގައި ގައުމުތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން, ދުނިޔޭގެ ހޫނުމިން ދެ ޑިގްރީ ސެލްޝިޔަސް އަށް ވުރެ ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު