Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

25 ޖެނުއަރީ 2019 | ހުކުރު 06:40

ކަޅު ފައިސާ ދައުރުވި ތަފްސީލު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެބަހުރި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ޖެނުއަރީ 2019 | ހުކުރު 06:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ޖަރީމާތަކުގެ ތެރެއިން ކަޅު ފައިސާ ރާއްޖޭގެ އެކައުންޓްތަކަށް ވަން ގޮތުގެ ތަފްސީލީ މައުލޫމާތު ބަންޑާރަ ނައިބުގެ އަތްޕުޅުގައި މިހާރު އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު ރާއްޖޭގެ އެކައުންޓްތަކަށް ވަން ކަޅު ފައިސާގެ މައުލޫމާތު ލިބިވަޑައިގެންނެވީ، ލިބިވަޑައިގެންނެވި ދެ ފޯނާއި ލަޕްޓޮޕަކުންކަމަށެވެ. އޭގައި ހުރި މައުލޫމާތު ފޮރެންސިކް އެކައުންޓެންޓަކާ ހަވާލުކޮށްފައިވާ ކަމަށާއި ކަޅު ފައިސާ ދައުރުވި ގޮތުގެ މައުލޫމާތުގެ ތަފްސީލު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement
"އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އަޅުގަނޑަށް މައުލޫމާތު ލިބިއްޖެ ދެ ފޯނާއި ލަޕްޓޮޕެއްގައި ހުރި މައުލޫމާތު. ދެން އެ މައުލޫމާތު އަނެއްކާ އަޅުގަނޑު ހަވާލުކޮށްފިން ފޮރެންސިކް އެކައުންޓެންޓަކާ. ވަރަށް ބޮޑަށް އޭގެ ތަފްސީލު އެބަހުރި އިނގޭތޯ ވަރަށްބޮޑަށް ތަފްސީލު އެބަހުރި. ބަންޑާރަ ނައިބުގެ އަތްޕުޅުގައި އެތަކެތި އެބަހުރި. އަޅުގަނޑު އުއްމީދު ކުރަނީ ބަންޑާރަ ނައިބު ތަހުގީގުގައި އެހީތެރިކަން ދެއްވާނެ ކަމަށް ފުލުސް އޮފީހަށްވެސް އަދި ބޭރުން ހޯދަންޖެހޭ އެކިއެކި ބާވަތުގެ މާހިރުންވެސް ހޯއްދަވައިގެން ފުރިހަމަ ތަހުގީގެއް ހިންގަވާނެކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އާންމުކުރި "ސްޓީލިން ޕެރެޑައިސް"ގައި ވެސް ވަނީ ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނެފައެވެ. މެލޭޝިޔާ ރައްޔިތަކާއި ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް "ޓްރަސްޓް" ކުންފުންޏެއް އުފައްދައި ކަޅު ފައިސާ ދައުރުކުރުމަށް ކުރި މުއާމަލާތްތައް ހިމެނޭ އީމެއިލްތައް އެޑޮކިއުމެންޓްރީގައި ހިމަނާފައި ވެއެވެ. އަދި ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ރާއްޖެ ގެނެސް މަރުކަޒީ ބޭންކު މެދުވެރިކޮށް "ދޮންނަން" އުޅުނު ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ކުރީގެ ރައީސް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލު "ވަގު" ވިޔަފާރީގެ މައްސަލައަށް އިޝާރަތް ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަން ބަދަލުކުރި ދުވަހަކީ އެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށަހަޅަން އޮތް ދުވަސް ކަމަށެވެ.

"އެ މަސައްކަތް ހިނގަމުންދިޔައީ ވަރަށް މަޝްހޫރު ފޮރެންސިކް އޮޑިޓިން ކުންފުންޏެއް، ގްރާން ތޯންޓަން ކިޔާ. ދެން އެ ބޭފުޅުންގެ ފަހު ރިޕޯޓު ހުށައަޅަން އޮތީ ފެބްރުއަރީ 7 2012 ވަނަ ދުވަހު. އެއީ ސިންގަޕޫރުގައި ހުރިހާ ކަމެއް ނިމި އެންމެ ފަހުން އައިސް މި މައްސަލަ ރަނގަޅަށް ޝަރީއަތަށް ހުށައަޅަން އޮތް ދުވަސް. އެދުވަހު އެނގިވަޑައިގަންނަވާނެ ކަންތައްތައް ވެދިޔަ ގޮތް. އެ ދުވަހު ސަރުކާރު ވެއްޓުނީ،" ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވެރިކަން ނިމުމަށްފަހު ވެސް މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށައެޅެން އޮއްވާ މައްސަލަ އަނބުރާ ދިވެހި ސަރުކާރުން ގެނައީ 10 މިލިއަން ޑޮލަރު ދިނުމަށް ފަހު ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވެސް ވިދާޅުވިއެވެ.

ޔާމިން ހިންގާފައިވާ ކަމަށް ތުހްމަތުކުރަ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރި"ގެ މައްސަލައިގައި ޔާމީން އާއި އިތުރު ނުވަ ފަރާތެއްގެ މައްޗަށް ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ލިޔުން ވަނީ ލީކްވެފައި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ހިނގާފައި ހުރި ކަންތައްތައް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށާއި އަދި މިދައުރުގައި އެކަންތައްތައް ހިނގަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް