Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް އިބްރާހިމް ސޯލިހު

ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ބިލް ތަސްދީގެއް ނުކުރާނަން: ރައީސް

ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2019 | ބުރާސްފަތި 10:34
ރައީސް ސޯލިހު

ރައީސް ސޯލިހު

ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ބިލް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް، ނުވަތަ އެއްވެސް ފަރާތެއްގެ ހައްގު ގެއްލޭ ގޮތަށް މަޖިލީހުން ފާސް ކުރިއަސް އެމަނިކުފާނު އެ ބިލެއް ތަސްދީގު ނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ދެކެން ބޭނުން ކޯލިޝަންގެ ހަތަރު ޕާޓީގެ ވެސް މެމްބަރުން ތިބެން. އެކަމަކު ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެވޭ ގޮތަށް މަޖިލީހުން ފާސްކުރިއަސް އަޅުގަނޑު ތަސްދީގެއް ނުކުރާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފެވެ. މީގެ އިތުރުން ލަތީފު ވަނީ ކުރީގެ ރައީސުންނަށް ވާދަނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ވެސް އިސްލާހު ހުށަހަޅުއްވާފައެވެ. ލަތީފް ހުށަހެޅުއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އެމާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.

ލަތީފު ގާނޫނު އިސްލާހު ކުރައްވަން ހުށައެޅުއްވިކަމުގައި ވިއަސް އަދި ރައްޔިތުންގެ މަޖިލީހުން ފާސްވި ކަމުގައި ވިއަސް އެ އިސްލާހު ގާނޫނަކަށް ބަދަލުވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވާ ހިސާބުންނެވެ.

ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފު އިސްލާހު ގެންނަވަން ހުށައެޅުއްވުމުން އެ އިސްލާހަށް ތާއިދު ނުކުރައްވާކަން މީގެ ކުރިން ވެސް ހާމަ ކުރައްވާފައެވެ.

ލަތީފް މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި އިރު، އަންނަ އޭޕްރީލް މަހު އޮންނަ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފަނު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

މިހާތަނަށް މަޖިލީހަށް ވާދަކުރައްވާ ހަމައެކަނި ރައީސަކީ ނަޝީދު ކަމަށް ވުމުން އެ އިސްލާހު އަމާޒުކޮށްފައި ވަނީ އެމަނިކުފާނަށް ކަމަށް އެމްޑީޕީއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު