Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

ބޭރު އެއް ކުޅުންތެރިޔަކަށް މުސާރަ ނުދޭތާ ތިން މަސްވެއްޖެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2018 | ބުދަ 07:21
ނިއުރޭޑިއަންޓްގެ ޗެއާމަން ކާނަލް ޒިޔާދު

ނިއުރޭޑިއަންޓްގެ ޗެއާމަން ކާނަލް ޒިޔާދު

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މާލީ ހާލަތު މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޗެއާމަން ކާނަލް ރިޓަޔާޑް އަހުމަދު ޒިޔާދު ވިދާޅުވީ، ނިއުގައި މުސާރަ ނުދެވި ބައެއް ކުޅުންތެރިން ތިބި ކަމަށާއި، އެހެންނަމަވެސް މުސާރައިގެ މައްސަލަތައް މަހެއްގެ ތެރޭގައި ހައްލުކުރުމަށް ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، އަންގާރަ ދުވަހު ވެސް ބައެއް ކުޅުންތެރިންނަށް މުސާރަ ދީފައިވާނެ ކަމަށެވެ. އެގޮތުން މިހާރު ދެ މަހުގެ މުސާރަ ނުދެވި ދިވެހި ހަތަރު ކުޅުންތެރިން ތިބޭނެ ކަމަށާއި، ބާކީ ކޮންމެ ދިވެހި ކުޅުންތެރިޔަކަށް ނުދެވި އޮތީ އެއް މަހުގެ މުސާރަ ކަމަށެވެ. އަދި ބޭރު ކުޅުންތެރިޔަކަށް ތިން މަހުގެ މުސާރަ ނުދެވި އެބަ އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުސާރައިގެ މައްސަލަތައް ކްލަބަށް ދިމާވަނީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޭ ތިން މިލިއަން ރުފިޔާ އިން ކްލަބް ނުހިންގޭތީ ކަމަށް ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ، ކްލަބް ހިންގަން އެހެން ސްޕޮންސަރުންގެ އެހީ ވެސް ބޭނުންވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، ބައެއް ކުންފުނިތަކުން ސްޕޮންސާ ދޭނެ ކަމަށް އެއްބަސްވެފައި، ސްޕޮންސާ ނުދޭ ކަމަށެވެ. އެގޮތުން ކްލަބުން ބައެއް ފަހަރު އެ ކުންފުނިތަކަށް ބަރޯސާވެގެން ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ، ކްލަބުގެ މާލީ ކަންތައްތައް ރަނގަޅުކުރުމަށް ބިދޭސީ ކުޅުންތެރިޔަކު ފޮނުވާލަން މަޝްވަރާކުރަމުން އަންނަ ކަމަށާއި، އެކަމާ މެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

މި އަހަރުގެ ސީޒަނަށް ނިއު ނިކުތީ ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ. އެގޮތުން އެ ކްލަބުން ވަނީ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޮޑު އަގުގައި ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް ދެވަނަ ބުރަށް ނުގޮސް އެޓީމު ވަނީ ކަޓާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޮޑުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތް: މާސެލޯ

ސްކޮޑުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތް: މާސެލޯ

20 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު

12 ނޮވެމްބަރު 2017
މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

17 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު