Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ކުޅިވަރު ކުރިއެރުވުން

މީގެ ކުރިން ކުޅިވަރު ކުރިއަރުވަން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް

މިހާރުގެ ސަރުކާރަކީ ރައްޔަތުންގެ ސަރުކާރެއް

ލީވާން އަލީ
ލީވާން އަލީ | 21 ނޮވެމްބަރު 2018 | ބުދަ 10:39
ދުޅަހެޔޮ ހަށިހެޔޮ އީދު ނަމުގައި ބޭއްވި ކުޅިވަރު ފެސްޓިވަލްގެ ތެރެއިން

ދުޅަހެޔޮ ހަށިހެޔޮ އީދު ނަމުގައި ބޭއްވި ކުޅިވަރު ފެސްޓިވަލްގެ ތެރެއިން

މީގެކުރިން ކުޅިވަރު ކުރިއަރުވަން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، މިހާރު އުފެދިފައި އޮތް ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ.

އެގޮތުން ފައިސަލް ވިދާޅުވީ، ކުޅިވަރު ކުރިއަރުވަން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މިހާރުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، މި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރާނީ ދިވެހިން އެދޭ ގޮތަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ، ކުޅިވަރުގެ މައިދާނުން ގުޅުން ބަދަހިވެ، ރައްޓެހިންވެސް ހޯދޭ ކަމަށާއި، އެކުގައި އުޅެން ދަސްވަނީވެސް ކުޅިވަރުގެ މައިދާނުން ކަމަށެވެ. އެގޮތުން އެކުގައި އެންމެން ތިބެގެން ކުޅިވަރުން ގައުމަށް އިތުރު ކާމިޔާބީ ހޯދާ، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

މީގެއިތުރުން ފައިސަލް ވިދާޅުވީ، ގައުމުގައި ކުރިޔަށްދާ ކޮންމެ ކަމެއްގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި، އެންމެން ގުޅިގެން ގައުމަށް ދިމާވާ މައްސަލަތައްވެސް ހައްލުކުރެވޭނެ ކަމަށެވެ.

"މިއޮތީ ރައްޔަތުންގެ ސަރުކާރެއް އުފެދިފައި. ކުޅިވަރުގެ ދަނޑުން ގުޅުން ބަދަހިވަނީ. ރައްޓެހިން ހޯދެނީ. ކުޅިވަރުގައިވެސް އެކުގައި ތިބެ ގައުމަށް އިތުރު ކާމިޔާބީ ހޯދާ އިތުރު ހަރުފަތްތަކެއް ހޯދަން ބޭނުންވަނީ. ގައުމުގައި ކުރިއަށްދާ ކޮންމެ ކަމެއްގައި ޒުވާނުން ބައިވެރިވާން ޖެހޭ. އެންމެން ގުޅިގެން ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތް. ސަރުކާރުގައި ކުރާ ކޮންމެ ކަމެއް ކުރާނީ ދިވެހިން އެދޭ ގޮތަށް. ކުޅިވަރު ކުރިއަރުވަން ދުވަހަކުވެސް މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން އެކަން ކުރާނެ،" ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގަންނަވާފައެވެ. އެގޮތުން ކުޅިވަރު ކުރިއެރުވުމަށް ފެށި މަސައްކަތުގެ ތެރެއިން ނިމިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު ވަނީ "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ބޮޑު ކުޅިވަރު އީދެއް ބާއްވާފައެވެ. މި ކުޅިވަރު އީދަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު