Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަންދު ކޮލެޖު

މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު

22 ޖެނުއަރީ 2019 | އަންގާރަ 19:07

މަންދު ކޮލެޖުން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ހުރަސް އެޅުމުގެ މި ބާވަތުގެ އަމަލުތައް ނުކުރުމަށް މަންދު ކޮލެޖުން އިލްތިމާސް ކުރި

އަމަން ހަލީމް
އަމަން ހަލީމް | 22 ޖެނުއަރީ 2019 | އަންގާރަ 19:07
މަންދު ކޮލެޖުގެ ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލާފައި

މަންދު ކޮލެޖުގެ ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލާފައި

މަންދު ކޮލެޖަކީ އިލްމު ފެތުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތައުލީމީ މުއައްސަސާއެއް ކަމަށާއި، ސިޔާސީ ކަންކަމުގައި ޝާމިލުވާ ތަނެއް ނޫން ކަމުގައި އެ ކޮލެޖުން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ ބަޔަކު ވަނީ މަންދު ކޮލެޖުގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. އަދި އެރޭގެ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަނީ މަންދުކޮލެޖުގެ ބިއްލޫރިގަނޑު ފަޅާލާއިފަ އެވެ.

Advertisement - newsAdvertisement

އެ އަމަލުތައް ކުށްވެރިކޮށް، ކޮލެޖު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ބަޔަކު، އެބައެއްގެ އަމިއްލަ ވަކި ކަމެއްގައި ކޮލެޖަށް އަމާޒުކޮށް ކަންކަން ހިންގާ ކަމީ ކޮލެޖުން އިންތިހާއަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި މަންދު ކޮލެޖުން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ އެ ބާވަތުގެ "ފިނޑި" އަމަލު ތަކުރާރުނުކުރުމަށް ވެސް އެ ކޮލެޖުން އިލްތިމާސް ކޮށްފައިވެއެވެ.

މަންދު ކޮލެޖުން ވަނީ އެ ކޮލެޖްގެ ހުރިހާ ދަރިވަރުންނަށް ރައްކާތެރި މާޙައުލެއްގައި އުނގެނެމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގައި، އެ ކޮލެޖުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނޭ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މަންދު ކޮލެޖުން މި ބަޔާން ނެރެފައި ވަނީ، ހޯމަ ދުވަހު އެ ކޮލެޖު ހުޅުވާން 3 މީހަކު ހުރަސް އެޅުމާއި، ހަމަ އެ ދުވަހުގެ އިރުއޮއްސި 9.00 ހާއިރު ކޮލެޖު ބަންދުކުރުމަށް ގޮވާލައި އެ ކޮލެޖުގެ ކުރިމަތީގައި ބަޔަކު މުޒާހަރާ ކުރުމާއި، އަދި އެ ރޭގެ ދަންވަރުގެ ވަގުތެއްގައި އެ ކޮލެޖްގެ ދޮރާށީގެ ބިއްލޫރިތައް ތަޅާލުމާއި ގުޅިގެންނެވެ. އެއްވީ ފަރާތްތަށް ފުލުހުންގެ އެހީތެރިކަމާއި އެކު ދުރަށް ޖައްސާފައިވާ އިރު، މަންދު ކޮލެޖުން ބުނެފައިވަނީ މި އަމަލުތަކުގެ ސަބަބުން އެ ކޮލެޖުގައި ކިޔަވާ ކުދިންގެ ހިތްތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވަދެ، ކިޔެވައިދިނުމަށް ބުރޫއެރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާއްމުންގެ ތެރޭގައި މަންދު ކޮލެޖަށް ނިސްބަތްކޮށް ނުތަނަވަސްކަން އުފެދިގެން އުޅެނީ، އެ ކޮލެޖުގެ ބާނީ އިބްރާހިމް މުހައްމަދު (އިބްރާ) ރަސޫލާއަށް ފުރައްސާރަކޮށް ޓްވީޓްއެއް ކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އާދިއްތަ ދުވަހުގެ ރޭ އިބްރާވަނީ ފުލުސް އޮފީހަށްވެސް ހާޒިރުކޮށްފައެވެ. ފުލުހުން ބުނީ އިބްރާ ފުލުސް އޮފީހަށް ހާޒިރުކުރީ މިހާރު ސޯޝަލް މީޑިއާގައި ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކާއި ގުޅިގެން ފިޔަވަޅުއަޅާ އުސޫލުގެ ދަށުން ކަމުގައެވެ.

މަންދު ކޮލެޖަކީ 1998 ވަނަ އަހަރުން ފެށިގެން ތައުލީމް ފޯރުކޮށްދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާއެކެވެ. ރާއްޖޭގައި ހުރި އެއްމެ ދުވަސްވީ ޕްރައިވެޓް ކޮލެޖަކީ ދިވެހިރާއްޖޭގައި އެކުއްޖަކު ހުރި ތަނަކުން މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ފޯރުކޮށްދޭ ހަމައެކަނި ކޮލެޖެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް