Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަދީބު

އަދީބުގެ މައްސަލާގައި ރައީސް ސޯލިހުއާ ބައްދަލުކުުރުމަށް އާއިލާއިން އެދިއްޖެ

22 ޖެނުއަރީ 2019 | އަންގާރަ 13:45

ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ ނުވަ ބޭފުޅަކާ ބައްދަލު ކުރަން ވަނީ އެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖެނުއަރީ 2019 | އަންގާރަ 13:45
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންދާ ކަމަށް އާއިލާއަށް ގަބޫލުކުރެވޭތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އާއިލާއިން އެދިއްޖެއެވެ.

އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އިސް 10 ބޭފުޅަކާ ބައްދަލުކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެއީ ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލަތީފާއި، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާ ކަމަށެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، މޯލްޑިވްސް މެޑިކަލް ކައުންސިލާއި ބައްދަލުކުރުމަށް އެދިފައިވާ ކަމަށް އަދީބުގެ އާއިލާއިން ބުނެއެވެ.

އާއިލާ އިން ބުނީ އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން 17 ނޮވެންބަރު 2018 ގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ކާމިޔާބު ސާރޖަރީއަކަށް ފަހު އައިލީ އެހީތެރިކަން ލިބޭނެ ގޮތެއްގައި 'ސްޓްރެސް ފްރީ' މާހައުލެއްގައި ބެހެއްޓުމުގެ ޑޮކްޓަރު އިރުޝާދު ދެއްވާފައިވުމުން ގޭބަންދުގައި ބެހެއްޓުމަށްފަހު، މިމަހު 2 ގެ ކުރިން އެންގުމަކާނުލާ ޑޮކްޓަރުގެ އިރުޝާދާއި ހިލާފަށް އަބުރާ ޖަލަށް ގެންގޮސްފައިވަނިކޮށް އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، އެމަރޖެންސީކޮށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެމުން ދަނިކޮށް ތަފާތު ނުފޫޒުތަކެއް ޑޮކްޓަރަށް މެދުވެރިވި ކަމަށެވެ.

މަޖުބޫރީ ހާލަތެއް ކުރިމަތިވި ކަމަށް ވިދާޅުވެ ފަރުވާ ފުރިހަމަވުމުގެ ކުރިން ހޮސްޕިޓަލުން ޑިސްޗަރޖުކުރެވި އަބުރާ ޖަލަށް ގެންދެވިފައިވާތީ މިމައްސަލާގައި ހުރި ކަންބޮޑުވުންތަކާއި އަދި އަދީބުގެ ބޭސްފަރުވާއަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ހުރަސް އަޅަމުން ގެންދާތީ އެކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް އާއިލާއިން ބޭނުންވާތީ އެ ބޭފުޅުންނާ ބައްދަލުކުރުމަށް ހުށަހެޅީ ކަމަށެވެ.

އާއިލާއިން ބުނީ އަދީބަކީ ބޭއިންސާފުން 33 އަހަރުގެ ޖަލު ހުކުމެއްގައިވާ ފަރާތެއް ނަމަވެސް ބޭސްފަރުވާގެ ހައްގަކީ އިންސާނީ ހައްގެއް ކަމަށާއި، އަދީބަށް ކުރެވިފައިވާ ސިޔާސީ ޖަލު ހުކުމަކީ އަދީބުގެ ބޭސްފަރުވާގެ ކަންކަމާއި އަޅުވާ ކިޔޭނެ ކަމެއް ނޫން ކަމަށެވެ.

އާއިލާގެ ފަރާތުން އެދިފައިވާ ގޮތަށް މިބޭފުޅުންނާއި ބައްދަލުކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އަދީބްގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް