Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައުޝަން ޖިއާން

ރާއްޖެއިން ފުރިހަމަ އެހީތެރިކަން ދިން، އިންތިޒާރު ކުރަނީ ތަހުޤީޤު ނިމޭނެ އިރަކަށް: ޖިއާން މަންމަ

22 ޖެނުއަރީ 2019 | އަންގާރަ 11:48

ރާއްޖޭގެ ރައްޔިތުންނާ ސަރުކާރަށް ޝުކުރުއަދާކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2019 | އަންގާރަ 11:48
ރައުޝަން ޖިއާންގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައުޝަން ޖިއާންގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖެއިން ފުރިހަމައަށް އެހީތެރިކަން ދިން ކަމަށާއި، މިހާރު އިންތިޒާރު ކުރަނީ ތަހުޤީޤުތައް ނިމޭނެ އިރަކަށް ކަމަށް ރައުޝަން ޖިއާންގެ މަންމަ ފަރްޒާނާ ހުސައިން ބުނެފިއެވެ.

އަންގާރަ ދުވަހު އުނިމާ ގްރޭންޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަރްޒާނާ ބުނީ، އެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރާއްޖެއިން ފުރިިހަމަ އެހީތެރިކަން ދިން ކަމަށާއި، އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

Advertisement - newsAdvertisement
"ރާއްޖެއިން އަބަދުވެސް ކަންތައް ކޮށްދިނީ ރަނގަޅަށް. އަބަދުވެސް އަހަރުމެންނަށް ވެދިނީ އެހީތެރިކަން. ރާއްޖޭގެ ރައްޔިތުންވެސް، ހުރިހާ އެންމެންވެސް ދިން ލޯތްބާ އަޅާލުމަށް ހަމައެކަނި ޝުކުރަކުން ނުފުދޭ،" ފަރްޒާނާ ބުނިއެވެ.

އެ ބައްދަލުވުމުގައި ޤާނޫނީ ވަކީލު އިބްރާހިމް ހާފިޒާއި، ފައްޔާޒު ޝާތިރު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފަރްޒާނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ގިނަ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ.

"ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ނައިބު ރައީސް ފައިސަލް ނަސީމް އާއި، މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދާއި، ފުލުހުންނާއި، ހެލްތު މިނިސްޓަރ އަމީނާއި، އައިޖީއެމްއެޗްގެ ސްޓާފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހެއުކަމަށް ޚާއްސަކޮށް ޝުކުރުވެރިވަން،" ފަރްޒާނާ ބުނެފައި ވެއެވެ.

ބުދަ ދުވަހު ފ.އަތޮޅު ހޮސްޕިޓަލު ވަޒީފާއަށް އަލުން ނުކުންނަ ފަރްޒާނާ ބުނީ، ތަހުޤީޤުތައް ވަކި ގޮތަކަށް ނިމެންދެން ރާއްޖޭގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

ރައުޝަން ޖިއާންގެ އާއިލާ -- ފޮޓޯ: އާއިލާ

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައުޝަން ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހިގެންނެވެ. އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ކަންކަން ރަނގަޅުވެގެން ދިއުމަކީ އެ އާއިލާގެ އެންމެ ބޮޑު އުއްމީދު ކަމަށް ފަރްޒާނާ ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް