Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައުޝަން ޖިއާން

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

ޖިއާން ވެއްޓިފައި އޮއްވައި ނެގީ އޭނާގެ ބައްޕަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2019 | ހޯމަ 09:13
ރައުޝަން ޖިއާންގެ ކުޑަކުޑަ އާއިލާ

ރައުޝަން ޖިއާންގެ ކުޑަކުޑަ އާއިލާ

ނިމިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަސް ވީ ދިވެހިންނަށް އައި ހިތާމަވެރި "ކަޅު" ދުވަހަކަށެވެ. ބައެއްގެ އިހުމާލުން ކުޑަކުޑަ ފުރާނައެއް މި ދުނިޔެ ދޫކޮށް ދިޔައީ ދިވެހިން ލަދުން އިސްޖަހާލަން މަޖުބޫރު ކުރަމުންނެވެ.

އުމުރުން 7 އަހަރުގެ ރައުޝަން ޖިއާން ދުނިޔެ ދޫކޮށް ދިޔައީ އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ޗިސްޗިސް ވެގެންނެވެ. އެ ހިތާމަވެރި ހާދިސާއަށް 1 މަސް ވެފައިވާއިރު، އެ ދުވަހު ކަންތައް ހިނގާ ދިޔަ ގޮތް ޖިއާންގެ މަންމަ ވަނީ "ރާއްޖެއެމްވީ"އަށް ކިޔާދީފައެވެ.

"އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭ ހަމައެކަނި ވަގުތަކީ ޖިއާންގެ ވާހަކަ ދައްކާ ވަގުތު" ކަމަށް ބުނެ އެ މަންމަ އެ ދުވަހުގެ ވާހަކަތައް ހިއްސާކުރީ ކަރުނައިން ފުރިފައި ހުރެގެންނެވެ.

"އަހަރުމެން މާލެއައީ 9 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު. އާންމުކޮށް ލޯންޗުގަ މާލެ އަންނަނީ އެކަމަކު ޖިއާން ހުރީމަ ދޯންޏެއްގަ ދަތުރުކުރީވެސް. ޖިއާން އަބަދުވެސް ދޯންޏެއްގައި ދަތުރުކުރާ ހިތުން އުޅޭތީ. ދަތުރު މަތީގައިވެސް އެތަކެއް ފަހަރު ޖިއާން އަހަރެންނަށް ގޮވާފަ މަންމާއޭ އަހަރެން ވަރަށް ލޯބިވެޔޭ ބުނަމުންދިޔަ. އަދި ދަތުރުމަތީގައި ފޮޓޯ ނަގާ, ސެލްފީ ނަގާ, ވަރަށް އުފަލުން ޖިއާން އުޅުނީ." މާލެއަށް އަންނަން އޮތް ދަތުރު މަތީގައި ކަންހިނގާ ދިޔަ ގޮތް ބަޔާންކުރަމުން ޖިއާންގެ މަންމަ ކިޔާދިނެވެ.

ޖިއާންގެ މަންމަ ބުނީ ޖިއާން ނިޔާވި ދުވަހު ހުރިހާ ކަމެއްވެސް ހިނގާ ދިޔައީ އެހެން ދުވަސްތަކާ ތަފާތުކޮށް ކަމަށެވެ.

"މާލެ އައިސް ވަގުތީ ގޮތުން ތަނެއް ކުއްޔައް ހިފައިގެން ތިބީ. ކޮންމެ ދުވަހަކުވެސް ފަތިހާ ޖިއާން ހޭލާނެ. ކިތަންމެ ދަންކޮށް ނިދިޔަސް ޖިއާން ފަތިހާ ހޭލާނެ. ބަރާބަރަށް ނަމާދުވެސް ކުރާނެ. އެދުވަހު އަހަރުމެން ދިޔައީ އިމިގްރޭޝަން އޮފީހަށް. ޖިއާންގެ ކޮށްކޮއާ ބައްޕަވެސް ދިޔަ. އާންމުކޮށް ޖިއާން މަގުމަތީގައި ހިނގާއިރު އަބަދުވެސް ދާނީ އޭނާ ބައްޕައާއެކު. ނަމަވެސް އެ ދުވަހު ހުރިހާ ކަމެއްވެސް ހިނގީ ތަފާތުކޮށް" ޖިއާންއަށް ސްޓޫޑެންޓް ވިސާ ހައްދަން އިމިގްރޭޝަނަށް ގޮސް ކަންތައް ހިނގާ ދިޔަ ގޮތް ބަޔާންކުރަމުން އޭނާގެ މަންމަ ކިޔާދިނެވެ.

ޖިއާންއަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ ސަމާސާ މިޒާޖު ކުއްޖެއް

ޖިއާންއަކީ ރާއްޖެދެކެ ވަރަށް ލޯބިވާ ކުއްޖެއް ކަމަށާއި، އޭނާ ބޭނުންވީ ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަން ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އިމިގްރޭޝަން އޮފީހުގެ ކަންކަން ނިންމާލުމަށްފަހު އަހަރުމެން ދިޔައީ ސައިބޯން. ސައިބޯން ތިބި އިރުވެސް ޖިއާން އައިސް އިނީ އަހަރެން ގާތު. އޭނާ އާންމުކޮށް އަބަދުވެސް ސައިބޯން އިންނާނީ ބައްޕަ ކައިރީގަ. އެކަމަކު ބައްޕަ ކައިރީގަ އިނަސް އަބަދުވެސް އަހަރެންގެ ކަޅުސައި ތަށިން ޖިއާން ބޯނެ. ޖިއާން އަބަދުވެސް ބުނާނެ، މަންމާއޭ އެންމެ ފަހު ކޯވަރު އަހަރެންނަށް ބަހައްޓައްޗޭ. އެއީ އެންމެ މީރު ސައިފޮދޭ. އެ ދުވަހުވެސް ކަންކަން ވީ އެގޮތަށް" ޖިއާންގެ މަންމަ އެހެން ބުނީ ރޮއި ގިސްލަމުންނެވެ.

ޖިއާންގެ މަންމަ ބުނި ގޮތުގައި ސައިބުއިމަށްފަހު ނަލަހިޔާ ސަރަހައްދަށް ދިޔައީ އިމިގްރޭޝަނަށް ބޭނުންވާ ފޮޓޯއެއް ނަގަންޖެހޭތީ ފޮޓޯ ނަގާ ތަނެއް ހޯދަމުން ކަމަށެވެ. އެވަގުތު ޖިއާންގެ ބައްޕައާއި 3 އަހަރުގެ ފިރިހެން ކޮއްކޮވެސް ހުއްޓެވެ.

ޖިއާންގެ އެންމެ ފަހު ބަހަކީ އޭނާ "ބައްޕަ ކައިރިއަށް ދާން ބޭނުން" ކަމަށް ޖިއާންގެ މަންމަ ބުންޏެވެ.

ހާދިސާގެ ކުޑަ އިރުކޮޅެއް ކުރިން ކުރިން ނެގި ފޮޓޯއެއް

" އަހަރެން ޖިއާންގެ އަތުގަ ހިފައިގެން ދިޔަ އިރު އޭނަ ޝަކުވާ ކުރަމުން ދިޔަ މާ ބާރަށް މަންމަ ހިފަހައްޓަނީއޭ ބައްޕައާ އެކުއޭ ދާނީ ކިޔާފަ. ޖިއާން ޝަކުވާ ކުރާ ވަރުން ކުޑަ ވަގުތުކޮޅަކަށް އަހަރެން އޭނާ އަތުން ދޫކޮށްލީ. އެއީ އެހާދިސާ ހިނގުމުގެ 10 ސިކުންތު ވަރު ކުރިން. ދެން ސިމެންތި ބަސްތާ ވެއްޓުނު ވަގުތު އަހަރެން ހުރީ ލޯ ނުހުޅުވިފަ. އެއްވެސް އަޑެއްވެސް ނީވޭތީ އަހަރެން ހީކުރީ ޖިއާން ބައްޕަ ކައިރީގަ ކަމަށް އެވަގުތު ހުރީ. ވާނުވާ އެނގުނު އިރު އަހަރެންގެ ފުރާނަ ދިޔަ ފަދަ" ބެދިފައިވާ އަޑަކުން އެވާހަކަތައް ކިޔާދިން އިރު ޖިއާންގެ މަންމަ ކިޔައިދިނެވެ.

ޖިއާން ވެއްޓިފައި އޮއްވައި ނަގައިގެން ދިޔައީ އޭނާގެ ބައްޕަ ކަމަށް ޖިއާންގެ މަންމަ ބުންޏެވެ.

"ޖިއާން ވެއްޓިފައި އޮއްވައި ނަގައިގެން ދިޔައީ އޭނާގެ ބައްޕަ. އަހަރުމެން ދުނިޔޭގަ ތިއްބަސް މިއީ ފުރާނަނެތް މަސްގަނޑެކޭ އަބަދު ހީވާ ކަހަލަ. އަހަރެން ޑަބްލިއު ކޮންސްޓްރަކްޝަންއަށް ބުނެލަން ބޭނުން. އަހަރެން އެމީހުންނަށް މާފް ކޮށްފާނަމޭ. ޖިއާންގެ މައްޗަށް ވައްޓާލި ގޮތަށް އަހަރެންގެ މައްޗަށް 5 ބަސްތާ ސިމެންތި ވައްޓާލަން ކެރޭނެހޭ އަހަން ބޭނުން" ރޮމުން ޖިއާންގެ މަންމަ ސުވާލުކުރިއެވެ.

އެހާދިސާގެ ފަހަތުގައިވާ ޑަބްލިއު ކޮންސްޓްރަކްޝަނަށް ވަރުގަދަ މެސެޖެއް ދެމުން ޖިއާންގެ މަންމަ ބުނީ، ދިރިއުޅުމުން އުއްމީދު ގެއްލިފައި ތިބެވެސް ކުރެވޭ ހަމައެކަނި އުއްމީދަކީ ރާއްޖޭގައި އެފަދަ ދެވަނަ ހާދިސާއެއް ނުހިނގުން ކަމަށާއި، ދެވަނަ ޖިއާންއެއްގެ ފުރާނަ ނުދިއުން ކަމަށެވެ.

އަދި ޖިއާންގެ ފުރާނަ ދިޔަ ނަމަވެސް ރާއްޖޭގެ ހާލަތު އެހާދިސާއާ ގުޅިގެން ރަނގަޅުވެއްޖެ ނަމަ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމަށް ޖިއާންގެ ބައްޕަ ރާއްޖެއެމްވީއާ ވާހަކަދައްކަމުން ބުންޏެވެ.

އެހާދިސާއާ ގުޅިގެން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ދެމީހުންވެސް ޝުކުރު އަދާކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

01 ސެޕްޓެމްބަރު 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު