Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ މަޖިލިސް ޕްރައިމަރީ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފައި ވަނީ 404 ވޯޓުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2019 | ހުކުރު 18:58
ހިންނަވަރު ދާއިރާގެ ޓިކެޓް ކާމިޔަބުކުރެއްވި ޖީހާން މަހްމޫދު އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ހިންނަވަރު ދާއިރާގެ ޓިކެޓް ކާމިޔަބުކުރެއްވި ޖީހާން މަހްމޫދު އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފާއިތުވި 25 ވަރަކަށް އަހަރު ދިފާއުކުރެއްވި ހިންނަވަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކަށް ބޮޑު ތަފާތަކުން ޖީހާން މަހްމޫދު، ދޭލިޔާގެ ޅ. ހިންނަވަރު ކާމިޔާބު ކޮށްފިއެވެ.

"ރަންގޮނޑީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފައި ވަނީ 404 ވޯޓުންނެވެ. އިބޫގެ އާއިލާ މެންބަރެއް ކަމަށްވާ ޖީހާންއާ އެންމެ ގާތުން ވާދަކޮށްފައިވާ ހިންނަވަރުގެ ޒުވާނެއް ކަމަށްވާ އާދަމް މުހައްމަދު، އާވާޒް، ޅ. ހިންވަރުއެވެ. އޭނާ އަށް 302 ވޯޓު ލިބިފައި ވެއެވެ. ތިން ވަނ އަށް ވާދަކުރީ އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް (ހަންޓަރ އަހްމަދު) އަޅިވިލާގެ ޅ. ހިންނަވަރުއެވެ. އޭނާ އަށް ލިބިފައި ވަނީ 291 ވޯޓެވެ. ހަތަރު ކެންޑިޑޭޓުން ވާދަކުރި ފޯރިގަދަ މި ޕްރައިމަރީގައި އެންމެ މަދުން ވޯޓު ލިބުނީ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރަކަށް ހުންނެވުމަށް ފަހު ޕްރައިމަރީގައި ވާދަކުރެއްވި ހުޝާމް މުހައްމަދު (ހިރިގާ ހުޝާމް) ހިރިގާ ޅ. ހިންނަވަރުއެވެ. އޭނާ އަށް ލިބިފައި ވަނީ 180 ވޯޓެވެ.

Advertisement - newsAdvertisement

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ ޖީހާންއަކީ އެޗްއާރްސީއެމްގެ މެމްބަރުކަން ކޮށްފައިވާ ފަރާތެކެއެވެ. އެޗްއާރްސީއެމްގެ މެމްބަރުކަން ކުރެއްވިއިރު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި ޖީހާން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިހާރު ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ހިންނަވަރުގައި ޕްރައިމަރީއެއް ބޭއްވުނު މިއީ ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި ޕްރައިމަރީގައި ރައީސް ސޯލިހުއާ ވާދަކުރައްވަން އެއްވެސް ކެންޑިޑޭޓަކު ނިކުމެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު