Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓުއަރިޒަމް މިނިސްޓްރީ

ފަތުރުވެރިން ބަހައްޓާ ހުރިހާ ތަނެއް އިންސްޕެކްޓް ކުރަނީ

17 ޖެނުއަރީ 2019 | ބުރާސްފަތި 09:19

އިންސްޕެކްޝަނަކީ ރައީސް އަންގަވައިގެން ކުރައްވާ ކަމެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 ޖެނުއަރީ 2019 | ބުރާސްފަތި 09:19
ހުޅުމާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ޔޫއައި ބްރޭންޑްގެ ދަށުން ހިންގާ ޔޫއައި އިން ހޮޓެލް: ގެސްޓުން ބައިތިއްބާ ތަންތަނުގެ އިންސްޕެކްޝަންތަކެއް ހެދުމަށް ވަނީ ނިންމާފައި

ހުޅުމާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ޔޫއައި ބްރޭންޑްގެ ދަށުން ހިންގާ ޔޫއައި އިން ހޮޓެލް: ގެސްޓުން ބައިތިއްބާ ތަންތަނުގެ އިންސްޕެކްޝަންތަކެއް ހެދުމަށް ވަނީ ނިންމާފައި

ރާއްޖޭގައި ފަތުރުވެރިން ބަހައްޓާ ހުރިހާ ތަންތަން އިންސްޕެކްޓް ކުރަން ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުވެރިން ބަހައްޓާ ހުރިހާ ތަންތަން ހައެއް ނުވަތަ އަށް މަސް ތެރޭގައި އިންސްޕެކްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމީ، ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވަރަށް ގާތް ގާތުގައި ނުރައްކާތެރި ހާދިސާތަކެއް ހިގަމުންދާތީވެ، ރާއްޖޭގައި ފަތުރުވެރިކަން ބަހައްޓާ ތަންތަނަކީ އެކަށީގެންވާ ރައްކާތެރި މާހައުލެއް ލިބޭ ފަދަ ތަންތަންތޯ ބެލުމަށް ކަމަށެވެ.

އިންސްޕެކްޝަންތައް ކުރިއަށް ދާނީ ފުލުހުންނާއި، އެމްއެންޑީއެފްއާ އެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި އިންސްޕެކްޝަންތައް އަޅުގަނޑުމެން ކުރާނީ އެމްއެންޑީއެފް އާއި ފުލުހުންގެ ވެސް އެހީތެރިކަމާ އެކު. މިއީ ރައީސް ސޯލިހުގެ ހާއްސަ އެންގުމުގެ ދަށުން އަޅުގަނޑުމެން ފަށާ އިންސްޕެކްޝަންތަކެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ވެސް އިންސްޕެކްޝަންތަކެއް ކުރެވިފައި ހުރި ކަމަށާއި، ނަމަވެސް އެއީ އެކަށީގެންވާ މިންވަރަށް ބެލިގެން ރަނގަޅަށް ކުރެވިފައި ހުރި އިސްޕެކްޝަންތަކެއް ނޫން ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ އަމާޒަކީ މިހާރު މި ކުރެވޭ އިންސްޕެކްޝަންތަކަކީ ރަނގަޅަށް ބެލިގެން އޭގެ ހެޔޮ ފައިދާ އިންޑަސްޓްރީ އަށް ކުރާނެ ފަދަ ގޮތަކަށް ނިންމާލެވޭ އިންސްޕެކްޝަނަކަށް ވެގެން ދިއުން ކަމަށެވެ.

އެކި ހާދިސާތަކުގައި މި އަހަރުގެ މިހާތަނަށް ނުވަ ފަތުރުވެރިއަކު މަރުވެފައިވާއިރު، ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ތިން މުވައްޒިފަކު މަރުވެ، އަލިފާނުގެ ތިން ހާދިސާއެއް ވަނީ ހިގާފައެވެ.

ނިމިދިޔަ އަހަރަކީ ފަތުވެރިކަމުގެ ދާއިރާއަށް ކާމިޔާބު އަހަރެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ފާއިތުވި އަހަރު 5.8 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާއިރު، 1.2 މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެއީ ރިކޯރޑް އަދަދެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރާއްޖެއައިސްފައިވާ ފަތުރުވެރިންގެ 48.9 އިންސައްތަ ފަތުރުވެރިންނަކީ ޔޫރަޕްގެ ފަތުރުވެރިންނެވެ. އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. 2018 ވަނަ އަހަރު 44860 އެނދު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް