Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

ނަޝީދަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ހުށަހެޅުއްވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2019 | އަންގާރަ 14:22
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު

ލައްކަ ދޮރު ބަންދު ކުރަން މަސައްކަތް ކުރިއެވެ. ކުރިއަށް ފިޔަވަޅެއް ނޭޅޭ ވަރަށް ހުރަސްތަކެއް ކުރިމަތިކުރިއެވެ. ހުރިހާ އުނދަގުލަކާއި ގޮންޖެހުމެއް ކަނޑައްތު ކުރުމަށްފަހު، އަނެއްކާވެސް އެ ހުންނެވީ ސިޔާސީ ދަނޑުގައެވެ. އެއަށް ވުރެ މޮޅަށް ކުޅޭ ކުޅުންތެރިއަކު އަދިވެސް ނެތެވެ. ސިޔާސީ ދަނޑުގައި އެއަށްވުރެ މަގުބޫލު، އަޑުގަދަ ބޭފުޅަކު އަދި ނެތެވެ. އަނެއްކާވެސް އާންމު އިންތިހާބަކަށް ތިން މަހަށް ވުފައިވާއިރު، ކެމްޕެއިންގައި އެމަނިކުފާނު ވަރެއް ނެތެވެ.

ބަރުލަމާނީ ތަޅުމަށް ވަޑައިގަންނަވަން ދަތުރު އެ ފެއްޓެވީ "ވަގުން ހިފުމަށެ"ވެ. މަޖިލީހުގެ ތަޅުން ދޮވެ، ތާހިރު ކުރުމަށެވެ. ނަޖިސް ފިލުވުމަށެވެ. މޮޅު ގޭމް ޕްލޭނަކާ އެކުގައެވެ. ނަމަވެސް ކުޅެން ނުފަށަނީސް، އެއްކަލަ "ކުޅިސަމާ" ފަށައިފިއެވެ. ދަނޑަށް ނާރަނީސް، ދަނޑު ބޭރުގައި ހަޑިހާވަން ފަށައިފިއެވެ. ދުރުނޫން މާޒީއެއްގައި، އެމަނިކުފާނުގެ ކަރަށް މަހާލަށް އުޅުނީ އެފަދަ މަޅިއެކެވެ.

ދެހާސްބާރަ ވަނަ އަހަރުގައެވެ. ރިޔާސީ އިންތިހާބަށް ފައްކާ ކުރަމުންދަނިކޮށް، ހުޅުމާލޭ ކޯޓުގައި ދައުވާއެއް އުފުލުނެވެ. ކެންގަރޫ ކޯޓޭ ކިޔައި އުޅުނު އެ ކޯޓުގައި ދައުވާއެއް އުފުލައި ހައްޔަރުކޮށްގެން ދެކޮޅަށް ދަމައި ހެދިއެވެ. އެ ކުޅިގަނޑު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށިއެވެ. ދުނިޔެ ވެސް ލަދު ގަތް އެ ހުކުމް، ބާތިލު ކުރި އެ މީހުން އަމިއްލައަށެވެ.

އެމަނިކުފާނަށް ޕާޓީގެ ރައީސްކަން ގެއްލޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައި ފާސް ވެސް ކުރިއެވެ. ކުރީގެ ރައީސުންގެ އިނާޔަތް ވެސް ކަނޑާލަން ހުށަހަޅައި، ފާސް ވެސް ކުރިއެވެ. ބޭރު ގައުމެއްގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމުން، ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު ވެސް ބަދަލު ކުރިއެވެ.

މިއީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދަށް ވީތީ، ގާނޫނަށް ގެނައި ބަދަލުތަކެވެ. މީހާއަށް އަމާޒުކޮށްގެން ނިޒާމަށް ގެނައި ބަދަލުތަކެވެ. ވާދަވެރިޔާ ހިފަހައްޓަން ޖެއްސި ދަންތުރަތަކެވެ.

އެގޮތަށް ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމް މަގާމުން ވަކިކުރީ ވެސް މީހާއަށް އަމާޒުކޮށް، އޮޑިޓް ގާނޫނަށް ގެނައި އިސްލާހަކުންނެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މަގާމުން ވަކިކުރީ ވެސް ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. މީހާއަށް އަމާޒުކޮށް ހުށަހެޅި އިސްލާހަކުން ގާސިމް އިބްރާހިމަށް ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތް ވެސް ހެދިއެވެ. އަހުމަދު އަދީބަށް ނައިބު ރައީސްގެ މަގާމު ހެޔޮވަރުކޮށް، އެ މަގާމުގެ ހަގު އުމުރު ކަނޑައަޅައި ގާނޫނުއަސާސީ އިސްލާހު ވެސް ކުރިއެވެ. މިހުރީ ހައްތަހާ ވެސް މީހާއަށް އަމާޒުކޮށް މަޖިލީހުން ގެނައި ބަދަލުތަކެވެ. އޭރު ވެސް ދެއްކީ މި ވާހަކައެވެ.

އެންމެ ގަދައަށް އެ ވާހަކަ އޭރު ވެސް ދެއްކީ ގުޅިފައިވާ ޕާޓީތަކުންނެވެ. ހަރު އަޑުން އެކަމާ ދެކޮޅަށް އަޑު އުފުއްލެވީ އެމްޑީޕީންނެވެ. މިއަދު ވެސް ހަމަ އެހެންނެވެ. އެކަމަކު ކަން ވެގެން މި ދަނީ ކިހިނަކުންތޯއެވެ. އަތުގައި ހޭކިފައި ހުރި މީހުން އަނެއްކާ ވެސް ދަތުގައި ހޭކޭ ގޮތަށް އިސްލާހެއް ހުށަހެޅި ކަމަށް އަޑުއިވެއެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދަކީ، ޔާމީންގެ ސަރުކާރުގައި ހައްގުގެ އަޑު ކަނޑުވާލަށް ހުށަހެޅި ގާނޫނުތަކަށް ފެހި ޖެއްސެވި ބޭފުޅެކެވެ. ނަޝީދަށް ލޮޓި ދިނުމަށް ހެދި ގާނޫނުތައް ފާސްކުރެއްވުމުގައި އުޅުއްވި ބޭފުޅެކެވެ. އެ ވާހަކަ މާޒީއަށް ދޫކޮށް، ހިނގައިނުގެނެވި އުޅެނިކޮށް، މިވަރުގެ އެތިފަހަރެއް ޖަހަން ނިޔަތް ގަންނާނީ ވެސް ކޮންފަދަ ބޭފުޅެއްތޯއެވެ. އެކަމަކު ހެޔޮވާނެތޯއެވެ.

ތަޖުރިބާ އާއި ހިތްވަރާއި ޖޯރު ހުރި މީހަކު މަޖިލީހަށް ވަނުމަށް ފަށާފައިވާ ރޭހަށް ހުރަސް އަޅާނީ މޮޔައިންނެވެ. ގާނޫނުއަސާސީން ފުޅާ މިނުގައި ދީފައިވާ ފުރުސަތުގެ ބޭނުން ހަމަ ކޮންމެ ދިވެއްސަކަށް ލިބިގެންވެއެވެ. އެ ފުރުސަތު ހަނި ކުރުމަކީ ހުތުރު އަމަލެކެވެ. ކާމިޔާބު ހޯދުމަށް އޮންނަ ރޭހަށް ނުކުމެވަޑައިގަންނަވާށެވެ. ވާދަ ކުރައްވާށެވެ. ހައްގަށް ގޮވާލައްވާށެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާރަންދޫގައި ބަލި މީހުން އުފުލަނީ އަތްގާޑިޔަލުގައި!

މާރަންދޫގައި ބަލި މީހުން އުފުލަނީ އަތްގާޑިޔަލުގައި!

17 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު