Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ވަޙީދުގެ ވެރިކަން

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދު ވެރިކަން ކުރެއްވީ އުނދަގޫ ދަނޑިވަޅެއްގަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2017 | އަންގާރަ 13:36
ރައީސް ވަޙީދާއި ރައީސް ޔާމީން - ފަރުދާގެ ފުރަގަހުން ރައީސް ވަޙީދުގެ ވެރިކަން ހިންގެވީ ޕީޕީއެމާއި ރައީސް ޔާމީން ކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފަ

ރައީސް ވަޙީދާއި ރައީސް ޔާމީން - ފަރުދާގެ ފުރަގަހުން ރައީސް ވަޙީދުގެ ވެރިކަން ހިންގެވީ ޕީޕީއެމާއި ރައީސް ޔާމީން ކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފަ

ދެހާސް ބާރަ ވަނަ އަހަރު، ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔަ ގޮތާމެދު ގޮތެއް ނިންމާކަށް ނެތީމެވެ. އެކަން، ކުރި ގޮތަކަށް ކުރީ ކޯނީންނެވެ. ނަމަވެސް ފެބްރުއަރީ 7 ވަނަ ދުވަހުގެ ފަހުން ދެން ކަންވެގެން ދިޔަ ގޮތާމެދު ހަޤީޤަތަށް ވާހަކަ ދައްކާ މީހަކު ނަމަ، މުޅިން ދެބަސް ނުވާނެ އެއް ކަމަކީ، އެވަގުތު ޤައުމުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކަށް ކުރިމަތިވެވަޑައިގެންފައި އޮތީ ނިކަން އުނދަގޫ މަސައްކަތަކާ ކަމެވެ. ޤައުމު ބައިބައިވެ، ތިން ހަތަރު ކަތްޕަށް ބެހިފައި އޮތްއިރު، އެމަނިކުފާނާ ހަވާލުވި ފުރަތަމަ ރިޔާސީ ޒިންމާއަކަށްވީ ޤައުމު އެއްގަލަކަށް އެރުވުމެވެ.

ރައީސް ވަޙީދުގެ ކުރު ވެރިކަމުގެ ދުވަސްވަރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ދެން ފެންނާނެހެން ހީވެސްނުވާ ބައެއް ކަންކަން ފެނިދިޔަ ދުވަސްވަރެކެވެ. އެމަނިކުފާނުގެ ސައިޒުން އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދެވިއިރު، ފެންނަމުންދިޔަ މަންޒަރުން، ވެރިކަން ކުރައްވަނީ އެމަނިކުފާނުގެ އަނބިކަނބަލުންނޭ ވެސް ބައެއް ފަހަރު ހީވެއެވެ. އެމަނިކުފާނު ގިނަފަހަރު ފެންނަމުންދިޔައީ މެޑަމް އިލްހާމް ޙުސައިންގެވެސް ނައިބު ރައީސްގެ ގޮތުގައެވެ. ޖަލްސާއަކަށް ވަޑައިގަތަސް، ރަށަކަށް ވަޑައިގަތަސް، ބިދޭސީ އިއްޒަތްތެރިއަކާއި ބައްދަލުކުރެއްވިއަސް ހަމަ އެހެންނެވެ. ކުޑަމިނުން ރައީސްކަމުގެ ހުވާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިއިރު، އެތަނުގައި ތިއްބަވާނީ ކޮންކޮން ބައެއްކަންވެސް އެމަނިކުފާނަށް އެނގިނުލައްވައެވެ.

އަނެއްކޮޅުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލައި، ރައީސް ވަޙީދު ސަރުކާރުގެ ބޯޑު މެންބަރުންގެ ގޮތުގައި ތިބި ސިޔާސީ ފަރާތްތައް ތިބީ އުއްދަނޑިން ދިޔަފެލަން ގެންގުޅޭ މެޝިނަކުން އުއްދަނޑިއެއް ފިއްތާލާހެން ރައީސް ވަޙީދު ފިއްތާލައިގެންނެވެ. އެމަނިކުފާނުގެ ކެބިނެޓުވެސް އެކުލަވާލުމުގެ އިޚުތިޔާރު އެމަނިކުފާނަށް ނެތްވާހަކަ އޭރު ކިޔައި އުޅުނެވެ. އޭރު އޭގެ އެންމެ ފުރިހަމަ މިސާލަކަށް ވެގެން ދިޔައީ ސަރުކާރުގެ ކަމާބެހޭ ބޭފުޅުން، ރައީސް ވަޙީދުގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަދީބުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވާތީ އެންމެފަހުން ކެބިނެޓުން އަދީބު ވަކިކުރުމަށް ނިންމެވި ހިސާބުން ދެން ވީ ގޮތެވެ.

ކެބިނެޓުން އަދީބު ވަކިކުރާ ފިކުރު ރައީސް ވަޙީދުގެ ސިކުނޑިފުޅުގައި އެނބުރެން ފެށުމާ އެކީ، ވަޒީރުކަމުން އަދީބު ވަކިކޮށްފިނަމަ ސަރުކާރުން ވަކިވާނެ ކަމުގެ އިންޒާރު ޕީޕީއެމުން ސަރުކާރަށް ދިނެވެ. އޭރުވެސް، އަދި މިހާރުވެސް، ރަސްމީ ދަފްތަރުގައި މެންބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް ކަމުން، މި އިންޒާރު ވެގެންދިޔައީ ރައީސް ވަޙީދަށްވެސް އޭގެ ކުރިމަތީގައި އިސްތިރިކުރައްވަން ޖެހިވަޑައިގަތް އިންޒާރަކަށެވެ.

ދުވަހަކު ކޮޅުންވެސް ގޯސްކޮށް ކަމެއް ކުރެވިފައި އޮތްނަމަ އެކަމެއްގެ ވާހަކަ އަމިއްލައަށް ދެކެވޭނޭ ކިޔައި އުޅެއެއް ނޫންހެއްޔެވެ. މިހާރު މިއޮތީ މި އުސޫލުން ކަންވާން ފަށާފައެވެ. އޭރު ކުރެވުނު ކަންކަމުގެ ވާހަކަ އަމިއްލަ އަނގައިން ބޭރުވާން ފެށީއެވެ. ތިމާމެންގެ ޖަރީމާތަކުގެ ވާހަކަ ތިމާމެންނަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް ދެކެވެން ފެށީއެވެ. ކުރިން ދޮގުކުރި ކަންކަން އަމިއްލައަށް ފަލީޙަތް ކުރެވެންފެށީއެވެ.

ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެ އޮފީހަކާއި ޖަގަހައެއް އޮޅުދޫކަރައިގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ނައިބު ތިޔަހަރަ ދެއްކެވި ވާހަކައެކެވެ. ރައީސް ވަޙީދުގެ ވެރިކަމަކީ ތިމަންމެންގެ ވެރިކަމެކޭ، އޭރުވެސް ވެރިކަންކުރީ ހަޤީޤަތުގައި ތިމަންމެނޭ، ވެރިކަމުގައިވެސް ހަޤީޤަތުގައި ހުންނެވީ ރައީސް ޔާމީނޭ ވިދާޅުވެ، ތިޔަ ވެވަޑައިގެންނެވީ އިޢުތިރާފެކެވެ. އެޅުނީ މަޅިއެކެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒު ފޯރުވުމާއި، ވާޖިބަށް ހުރަސްއެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުން މިއީ ހައްތަހާވެސް ޢަބްދުއްރަޙީމް ވިދާޅުވި އެ ކަންކަމަށް ޤާނޫނީ ބޭފުޅުން ދޭ ދަރަޖަތަކެވެ. އެޅުނު މަޅިތަކެވެ.

ދެއްކެވި ވާހަކަ އާއި މާޒީ އާއި ގުޅުވައިލުމުން އެ ވިދާޅުވީ ކިހާވަރެއްގެ ތެދެއްކަން ވެސް ވިސްނެއެވެ. ސަރުކާރުގެ އިސް މަޤާމަކަށް އަދީބު ކަހަލަ ބޭފުޅަކު ވަޑައިގަތް ގޮތާއި، އަދީބުގެ ބާރު އިތުރުވެގެން ދިޔަ ގޮތާއި، ކެބިނެޓުގައި އަދީބު ބެހެއްޓުމަށް ޕީޕިއެމުން ދިންހާ އިންޒާރުތަކާއިމެދު ވިސްނަވާށެވެ. ހަމަ ހަޤީޤަތުގައިވެސް ފެންނަ މަންޒަރަކީ ރައީސް ވަޙީދުގެ އަމަލުތައް ކޮންޓްރޯލް ކުރެއްވުމަށް ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ޕަޕެޓް މާސްޓަރެއްގެ ރޯލު ރައީސް ޔާމީން ކުޅުއްވި މަންޒަރެވެ. އެމަނިކުފާނު ބޭނުންފުޅުވާހާ ކަމެއް ކުރެއްވުމަށް، ހަތިޔާރުގެ ގޮތުގައި އަދީބު ބޭނުންކުރެއްވި މަންޒަރެވެ. ފަރުދާގެ ފުރަގަހުން ޑރ. ވަޙީދު ކޮންޓްރޯލް ކުރެއްވީ ވަރަށްވެސް ފުރިހަމައަށެވެ.

ޢަބްދުއްރަޙީމެވެ. ތިޔަ ވެވުނީ ނިކަން ވަރުގަދަ އިޢުތިރާފެކެވެ. އެހެން ނޫންނަމަ މަނިކުފާނު ދެއްކެވި ވާހަކަ ނިކަން ތަރުޖަމާ ކޮށްދީބަލާށެވެ. އަޑުއަހަން ތިބިހާ ބަޔަކަށް އެ ވާހަކަ ދޭހަވީ ވެރިކަމުގެ ތެރެއަށް އަތްބާނައި، ޤާނޫނީ ވާޖިބަށް ހުރަސްއެޅި ކަމަށް އެއްބަސްވުމުގެ ގޮތުގައެވެ.

ބިތުފަންގި ތިޔަހަރަގެން ނަންގަވަނީ އަމިއްލައަށެވެ. ރައްޔިތުން ދެން އަތްޖަހާށެވެ. ޖަހާ ޖަހާ ފޫދަންންދެން އަތް ޖަހާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު