Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަޣާވާތުގެ ހިތި

"ބޮލުގައި އަތް ނޭޅުނުނަމަ، ބޯ ދެފަޅިވީސް"

މައްސަލައެއް ނުބަލާ، ފުލުހުން ދެނެ ހުރި ކަމަކަށް ނުހަދާ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2017 | ބުދަ 11:23
 ގދ. ތިނަދޫ އަށް އުފަން އުމުރުން 59 ވަނަ އަހަރުގެ މުހައްމަދު ޒުބޭރު

ގދ. ތިނަދޫ އަށް އުފަން އުމުރުން 59 ވަނަ އަހަރުގެ މުހައްމަދު ޒުބޭރު

އޭނާ ވިސްނާ ފިކުރު ކުރަމުން ދަނީ ގައުމުގެ ހާލަތާއި މެދުގަ އެވެ. އަނިޔާވެރިންގެ ކިބައިން މި ގަޢުމު ސަލާމަތް ކުރުމަށް ﷲގެ ހަޟްރަތުން ދުޢާ ކުރަނީ ސަބަބެއް ނެތިގެންނެއް ނޫނެވެ. ދިވެހި ފުލުހުންނާއި ސިފައިން ކުރި އަނިޔާގެ ވޭން އޭނާގެ ހަށިގަނޑުގައި އަދި ވެސް ދަނީ އަޅަމުންނެވެ. މިއަދު އޭނާ އަކީ ދިރިހުއްޓަސް ނުކުޅެދޭ މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިން ބަދަލުވުމާއި އެކު، ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު އޭނާ މަގުމައްޗަށް ނިކުތީ ދިވެހި ފުލުހުންނާއި ސިފައިން އޭގެ ކުރީ ދުވަހު ކުރީ ބަޣާވާތެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. ޙައްގު ހޯދަން މަގުމައްޗަށް ނިކުތުމުން ފުލުހުންގެ ދަނގަޑު މުގުރުން އެނާގެ ބޮލުގައި ޖަހާ ބޯފަޅާލިތާ މިއަދަށް ފަސް އަހަރު ވީއެވެ. މިއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އަނިޔާ ލިބުނު މީހުންގެ ތެރެއިން ގދ. ތިނަދޫ އަށް އުފަން އުމުރުން 59 ވަނަ އަހަރުގެ މުހައްމަދު ޒުބޭރުގެ ވާހަކަ އެވެ.

ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށާއި ރައްޔިތުންގެ އިންތިޚާބީ ރައީސަކީ ރައީސް ނަޝީދު ކަމަށް ބުނެ ފެބްރުއަރީ 8 ވަނަ ދުވަހު މާލޭގެ މަގުތަކަށް މީހުން ނުކުމެ ފުރާލި އެވެ. އުފަން ބިމުގެ ހާލަތާ މެދު ވިސްނާލުމަށްފަހު ޒުބޭރު ވެސް ޖުމްހޫރީ މައިދާނާ ދިމާލަށް ދިޔައީ ރައްޔިތުންގެ ޙައްގުގައެވެ. އަމިއްލަ ހައްގުތަކާއި ދަރިންނާއި ދަރިންގެ ހައްގަށްޓަކަ އެވެ. ބަޣާވާތާ ދެކޮޅަށް އަޑުއުފުލާށެވެ.

ޒުބޭރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ އަރާ ހަމަވުމާއެކު މުހައްމަދު އިސްމާއިލް ދީދީ ގޯޅި ތެރެއިން ދުވެފައި އައި އެސްއޯ ފުލުހުންގެ ބަޔަކު އޭނާގެ ބޮލޮގައި ޖަހާ 5 އިންޗިހާ ތަން ފަޅާލިއެވެ. ހޯސްލާފައި ލޭ ފައިބަމުން ދިޔަތަނާ އަނެއްކާ ޒަޚަމްވެފައިވާ އޭނާގެ ބޮލަށް މުގުރުގެ އިތުރު އެތިފަހަރެއް އަމާޒުވިއެވެ.

ޒުބޭރުގެ ބޯ ފަޅައިގެން ދިއުމުން ފުލުހުން ގެންދަނީ

"އެމްއެމްއޭ ކުރިމަތީގައި އެންމެން މަޑުކޮށްލައިގެން ތިބީ، އޭރު ވެސް ހަމަނުޖެހުމެއް ނުހިނގާ، އަޅުގަނޑާއި އެހެން ކުއްޖަކާ އެތާ ހުރި ސައިކަލެއްގައި މަތީގައި ކޮޅަށް ހުރެ ވަރުބަލިވެގެން ޖައްސާލައިގެން ތިބީ، ތިއްބާ އެމްއެމްއޭ ކައިރާގައި އޮންނަ ހަނި ގޯޅިގަނޑުން ވަދެގެން އައި ބަޔަކު އަޅުގަނޑުގެ ފުރަގަހުން އައިސް ބޮލުގައި ޖަހާ ބޯ ފަޅާލީ" ޒުބޭރު ބުންޏެވެ.

ދެވަނަ ފަހަރަށް ޒުބޭރުގެ ބޮލުގައި ޖަހަން ފުލުހުން މުގުރު މަޅައިގަނެފައި ވަނިކޮށް އެނާގެ ބޮލުގައި އަތް އެޅުނުކަމީ ނަސީބު ކަމަށް އެނާ ދެކެ އެވެ. އަތަށް ބާރުލާފައި މުގުރުން ޖެހިމިނުން އެނާ ގެ އަތުގެ އިނގިލިތައް ޗިސްޗިސް ވިއެވެ.

"ބޯ ފަޅާލީމާ ތެދުވެގެން ދުއްވައިގަތީ، އަނެއްކާވެސް އަތުހިފާއި ނަގައި ޖަހަން އުޅެނިކޮށް މިހެން ގޮސް (ފަޅާއިގެން ދިޔަ ތަނުގައި) އަތް އެޅުނީ، އަތް އެޅުނީ ﷲ އަޅުގަނޑު މިދުނިޔެއަށް ލައްވަން ވެގެން، އަތް ނޭޅުނު ނަމަ އަޅުގަނޑު ބޯ ދެފަޅިވީސް ރީއްޗަށް" ޒުބޭރު ބުންޏެއެވެ.

ޒުބޭރު ބުނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހާލަތު އޮތީ އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ. އެ ދުވަހު ދިވެހި ފުލުހުންނާއި ސިފައިންގެ ފަރާތުން ފެނުނު އަނިޔާވެރިކަން ސިފަކުރެވުނީ އިޒްރޭލް ސިފައިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުން ގައިގައި ތަޅާ މަރާ ހަދާ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

ފެބުރުއަރީ 8 ގެ ވާހަކަތައް ހިއްސާކުރުމަށް ޒުބޭރުއަށް މިއަދުވެސް އެހާ ފަސޭހައައެއް ނޫން

"އެއީ މިގައުމު އަނދަވަޅަކަށް ވައްޓާލި ދުވަސް، އެކަން ފިލައިގެން ނުދާނެ ދުވަހަކު ވެސް، އެކަން ކުރި މީހުންނަން ދުވަހަކު ވެސް މައާފެއް ނުކުރާނަން" ޒުބޭރު ބުންޏެވެ.

އެދުވަހު ފުލުހުންނާއި ސިފައިން ހިންގި މުޑުދާރު އަމަލުތަކުގެ ސަބަބުން އެމީހުންނަން ކުރާ އިތުބާރު ގެއްލިއްޖެ ކަމަށް ޒުބޭރު ބުންޏެވެ. މިއަދު ފުލުހުންނާއި ސިފައިންގެ ޔުނީފޯމުގައި އެއްވެސް އަގެއް ނެތް ކަމަށް އޭނާ ދެކެ އެވެ.

"އަހަރެމެންނަން ފެންނަނީ ފަލަސްތީނަށް އަރާ އިޒްރާއިލް މީހުން ކަންތަން ކުރާ ގޮތް، އެއަށްވުރެ މާ ނުބައި އެ މީހުން، އަހަރުމެން އެއް ލޭ ހިނގާ މި ކުޑަކުޑަ ގައުމުގައި، އެގޮތަށް އަނިޔާކުރާނެ ކަމަށް ފަހަރެއްގައި ވެސް މަ ހީނުކުރަން، އެމީހުންގެ ވާޖިބަކު ނޯންނާނެ ތަޅާ އަނިޔާކުރާކަށް، މީހަކު ގޯސްކޮށް އުޅެންޏާ ހިފާ ހައްޔަރުކުރަންވީ، އެދުވަހު މަވެސް ހައްޔަރުކުރަންވީ، އެކަމަކު އަނިޔާއެއް ނުކެރެވޭނެ" ޒުބޭރު ބުންޏެވެ.

"ވަޒީފާ ދޫކޮށްލާފައި ރަށަށްދާން ވިސްނާނީ، ބޮލަށް އެބުރުން އަރާ އަދިވެސް"

ޒުބޭރު މާލޭގައި ދިރިއުޅެނީ ވަރަށް އަދައިގެ އެޕާޓްމެންޓެއްގަ އެވެ. ޒުބޭރުގެ ނުވަ ކުދިން ތިބޭއިރު، އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް އާމްދަނީ ހޯދުމަށް އޭނާ މަސައްކަތް ކުރަނީ އެއާޕޯޓްގަ އެވެ. އަވީގައި ގިނަ ވަގުތު މަސައްކަތްކުރަން ޖެހުމުން އެނާގެ ބޮލަން އެބުރުން އަރާ ގޮތްވެ ބޮލަށް އަނދަގޫވެ އެވެ. އެނާގެ ބޮލަށް ލިބުނު އަނިޔާ އަށް މިހާތަނަން ފަރުވާ ހޯދާފައި ވަނީ ރާއްޖެއިންނެވެ. މުގުރުން ބޮލުގައި ޖެހުމުން އޭނާގެ ކަންފަތަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. ކަންފަތުން އަބަދުވެސް ފާޑެއްގެ ބޫން އަޑެއް އިވޭ ކަމަށް އެނާ ބުނެ އެވެ. މުގުރުން ޖަހާ ޗިސްޗިސްކޮށްލި އެނާގެ އިނގިލަތައް މިހާރު ވަނީ ބުރިކޮށްލާފަ އެވެ.

"މިހާރުވެސް ބޯ އެހާ ސަކަރާތް، ގަދަ އަވީގައި މަސައްކަތް ކުރާ މީހެއް އަހަރެން މިއީ، ގިނަ އިރު އެހެން އަވީގައި މަސައްކަތް ކުރަންވީމަ ބޯ ސަކަރާތް ވަނީ، ރުޅިގަދަވެ މިކަހަލަ ކަންތައް ވެސް ދިމާވޭ، ވެއްޓުނީމަ ކޮޅުފައިން ވެސް ތެޅި، ފައި ވެސް ވަރަށް ސަކަރާތް މިހާރު، މަސައްކަތް ނުކުރެވޭ ހިސާބުގައި މިހުރީ" ވަރަށް އަސަރާއި އެކު ޒުބޭރު ބުންޏެވެ.

މާލީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރެވޭވަރުގެ ތަނަވަސް ކަމެއް ނެތެވެ. އޭނާގެ ވިސްނުން ހުރީ ހާލު އިތުރަށް ގޯސްނުވަނީސް މާލެ ދޫކޮށް އަތޮޅުތެރޭގެ ރަށަކަށް ގޮސް ދިވެހި ބޭސްކުރުމަށެވެ.

ޒުބޭރަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު

"މައްސަލައެއް ނުބަލާ، ފުލުހުން ދެނެ ހުރި ކަމެއް ނޫން"

ޒުބޭރަށް އަނިޔާކުރި މަންޒަރުގެ ވީޑިއޯއާއި ފޮޓޯ އެބަހުއްޓެވެ. އަނިޔާކުރިތާ ފަސް އަހަރު ވީއިރުވެސް އެކަމާ ގުޅޭގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ސުވާލެއް ވެސް ކޮށްލާފައެއް ނުވެ އެވެ. ޒުބޭރު ބުނާ ގޮތުގައި އޭނާ އަށް އަނިޔާކުރިކަން ދެނެހުރި ކަމަށް ވެސް ފުލުހުންނެއް މިއަދަކު ނުހަދަ އެވެ.

ޒުބޭރުގެ ބޯފަޅައިގެން ދިއުމުން އެނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ ވެހިކަލް އެއްގަ އެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންގޮސް އާއިލާއާ އޭނާ ހަވާލުކުރުމަށް ފަހު، ސިފައިން ދިޔައީ އެވެ. ޒުބޭރު ވަނީ މި މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ވެސް ހުށަހަޅާފަ އެވެ.

"ބަޣާވާތްކުރި މީހުންނަށް ވެސް ނުހައްގުން އަނިޔާ ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން"

މިއަދު މި ވަނީ ހާލަތު ބަދަލުވެފަ އެވެ. ބަޢާވާތްކުރުމުގައި ބައިވެރިކަމަށް ބުނާ ގިނަ މީހުންނަން ރައީސް ޔާމީންގެ ވެރިކަމުގައި ބޭއިންސާފުން އެ ދަނީ އަނިޔާ ލިބެމުންނެވެ. ޒުބޭރަށް ލިބުނު އަނިޔާތަކުގެ ފަހަތުގައި އެފަދަ ބޭބޭފުޅުން ތިއްބެވި ނަމަވެސް، ޒުބޭރުގެ ހިތުގައި އެއިން އެއްވެސް ބޭފުޅަކަށް ކިލަނބުކަމެއް ނެތެވެ.

ޒުބޭރަށް ލިބުނު އަނިޔާ ރާއްޖެއެމްވީގެ ނޫސްވެރިޔާ ވިސާމަށް ހިއްސާކުރަނީ

ޒުބޭރު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އުފެދުނީ ވެސް ރައްޔިތުންގެ ޙައްގުތަށް ކަށަވަރުކުރުމަށް ވާކާލާތުކޮށް، އަދުލުއިންސާފް ގާއިމްކުރުމަށް ބާރުއެޅުމަށެވެ. އެހެންކަމުން ކާނަލް މުހައްމަދު ނާޒިމް އަށް ވިޔަސް އަދި ޝެއިޚް އިމްރާން އަބްދުﷲ އަށް ވިޔަސް ބޭއިންސާފުން އަނިޔާއެއް ލިބެންޏާ އެބޭފުޅުންގެ ޙައްގުގައި އެމްޑީޕީން ވަކާލާތު ކުރަން ޖެހޭނެ ކަމަށް އެނާ ބުނެ އެވެ. ޒުބޭރު ގަބޫލުރާ ގޮތުގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުކޮށް 11 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކާނާލް ނާޒިމާއި، ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 12 އަހަރަށް ޖަލަށް ލާފައިވާ ޝެއިހް އިމްރާނަށް ހުކުމްކޮށްފައި ވަނީ ނުހައްގުންނެވެ.

މިއީ ރައްޔިތުންގެ ވޯޓުން ހޮވާފައިވާ، ރައްޔިތުންގެ ތާއީދު އޮތް ސަރުކާރެއް ނިމުމަކަށް ގެނައި ގޮތާ މެދު ހިތްހަމަނުޖެހިގެން ނިކުތް މީހަކަށް ކުރިމަތިވި އަނިޔާއެވެ. ޒުބޭރު ފަދަ އެތައް ބަޔަކަށް އެދުވަހު ލިބުނު އަނިޔާ އަށް އިންސާފު ލިބެންޖެހެ އެވެ. ކުށް ކުރި މީހުންނާ ގާނޫނު އަރާ ހަމަކުރަން އެބަޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

03 މެއި 2018
ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

22 އެޕްރީލު 2018
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
މާރަންދޫގައި ބަލި މީހުން އުފުލަނީ އަތްގާޑިޔަލުގައި!

މާރަންދޫގައި ބަލި މީހުން އުފުލަނީ އަތްގާޑިޔަލުގައި!

17 ނޮވެމްބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު