ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާލެ އަތޮޅު ހިންމަފުއްޓަށް ވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ވަޑައިގެންނެވި ކަމަށާއި، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވި ކަމަށެވެ. އަދި ތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނައިބް ރައީސް ފައިސަލް ހިންމަފުއްޓަށް ވަޑައިގެންނެވި މިދަތުރުފުޅުގައި ހިންމަފުށީ ކައުންސިލް މެންބަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ހިންމަފުށީ ސްކޫލަށާއި، ހިންމަފުށީ ހެލްތް ސެންޓަރަށް ވެސް ވަޑައިގެންނެވިއެވެ.