Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

13 ޖެނުއަރީ 2019 | އާދީއްތަ 10:53

ދަރިވަރުންގެ ފޭރާންކަމުގައި ހަދަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ޖެނުއަރީ 2019 | އާދީއްތަ 10:53
ރައީސް އިބްރާހިމް މުހަމްއަމަދު ސޯލިޙް

ރައީސް އިބްރާހިމް މުހަމްއަމަދު ސޯލިޙް

ދިރާސީ އާ އަހަރާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަރިވަރުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފި އެވެ.

ހުޅުމާލޭ ހުރަވީ ސްކޫލް ހުޅުވުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ތަޢުލީމީ މަރުޙަލާގައި ދަރިވަރުން ހާސިލުކުރާ، އެންމެ އަގުބޮޑު މެޑެލްކަމުގައި ހަދަންވާނީ ރިވެތި އަދަބުތަކާއި އިސްލާމީ އަޚްލާޤު ކަމަށާއި ދަރިވަރުންގެ ފޭރާންކަމުގައި ހަދަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ.

Advertisement - newsAdvertisement

"އެއީ ތިޔަ ކުދީންގެ ދިރިއުޅުން އުޖާލާކޮށްދޭނެ ކަންތައްތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ދަރިވަރުންނަކީ މި ޤައުމުގެ ކުރިމަގުގެ ލީޑަރުން ކަމަށާއި މި ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު ކަމަށް އަބަދު ވެސް ދަރިވަރުން ހަނދާނުގައި ބަހައްޓަން ވާނެ ކަމަށް ރައީސް ސޯލިހް ވދިާޅުވި އެވެ. ޤައުމުގެ މިޞްރާބު ސީދާކުރާނެ ލީޑަރުން ކަމުގައި މިހާރުގެ ދަރިވަރުންނަށް ވެވޭނީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ނުރަނގަޅު ގޮތް ދޫކޮށްލައި، ރަނގަޅު ގޮތުގައި ހިފައިގެން ކަމަށާއި ސްކޫލް މަރުޙަލާގައިވެސް އަމިއްލަ ފައިދާއަށްވުރެ ބޮޑަށް އާންމު މަޞްލަޙަތަށް އިސްކަން ދީގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ހަމަޔާއި އިންޞާފަށް ލޯބިކޮށް، ތަފާތު ވިސްނުމުގެ ކުދީންނާއެކު އުޅެން ދަސްކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދިމާވާ ކޮންމެ ކަމެއްވެސް ޙައްލު ކުރަންވާނީ، ޞުލްޙަވެރިކަމާއެކު ކަމަށާއި، އެއް ކުއްޖަކު އަނެއް ކުއްޖަކަށް، އިޙްތިރާމު ކުރުމަކީ، ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކުރަން. އެކުވެރީންނާވެސް އަދި ޓީޗަރުންނާމެދުވެސް ޢަމަލުކުރަންވާނީ އޯގާތެރިކަމާއެކު،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ތަޢުލީމީ މަރުޙަލާގައި ލިބޭ އެންމެ ބޮޑު ހަކަތައަކަށް ވާނީ، މައިންބަފައިންގެ ހެޔޮ ނަސޭހަތާއި، ޓީޗަރުންގެ ފުރިހަމަ އިރުޝާދު ކަމަށާއި ސްކޫލްގެ އެހެން ދަރިވަރުންނަކީ، ޢާއިލާގެ މެމްބަރުން ކަމުގައި ބަލައިގަނެ، އެކުދީންނަށް އެހީތެރިވެދީ، ގުޅުން ދެމެހެއްޓުމަކީ، މަދުރަސީ ޙަޔާތުން ހޯދަންޖެހޭ އެންމެ މުހިންމު ތަރުބިއްޔަތެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ތަޢުލީމީ ޙަޔާތުގެ މި މަރުޙަލާގައި، ތިޔަކުދިން އަމާޒު ހިފަންވީ، ހަމައެކަނި ތަޢުލީމީ އަރުތަތަކެއް ހާސިލުކުރާކަށް ނޫން. ތިޔަ ކުދިން މިއަދު އުނގެނޭ ޢިލްމުގެ ބޭނުން، މާދަމާ ހިފޭނީވެސް، އަދި ދިރިއުޅުމުގެ އައްސޭރިތަކަށް ފޯރާނީވެސް، ސަލާމަތް ޞިއްޙަތެއްގައި ތިބެގެން. ހަށިގަނޑުގެ ހެދިބޮޑުވުމާ އެއްވަރަށް، ބުއްދިވެސް ތަރައްޤީވެގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސްކޫލުން ބޭރުގައިވެސް ޢިލްމު އުނގެނުމަށް ލޯބިކުރަންވާނެ ކަމަށާއި "ފޮތް ކިޔުމާއި ދިރާސާކުރަން ދަސްކުރަންވާނެ" ކަމަށާއި "ޓީޗަރުންނާ ގިނަގިނައިން ސުވާލުކޮށް، ކަންކަން އޮޅުންފިލުވުމަކީ، ތަޢުލީމީ ޙަޔާތުގެ އެންމެ މުހިންމު އެއް ކަންތައް" ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ދަރިވަރުންގެ އިތުރުން ޓީޗަރުންނަށް ވެސް ރައީސް ސޯލިހް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

"އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ މުދައްރިސުންގެ އަރިހުންވެސް އެދޭ ވަރަށްބޮޑު އެދުމެއް އެބައޮތް. އެއީ ދަރިވަރުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއެކު، އެ ޙައްޤުތަކާ އެކުގައިވާ ޒިންމާތައް، އެކުދީންނަށް ދަސްކޮށްދެވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އުނގެނުމަކީ އެންމެން އެކުގައި ކުރާ ކަމަކަށް ހަދަންވާނެކަން ފާހަގަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެއީ ވަކި ޢުމުރެއްގެ،ވަކި ޖިންސެއްގެ، ވަކި މިންތިއެއްގެ މެދުގައި ހިނގާ ކަމެއްނޫން ކަމަށެވެ.

"ޢިލްމާއި، ހުނަރާއި، އުނގެނުން އެންމެ ފުންމިނުގައި ކަށަވަރު ކުރެވޭނީ، އެންމެން އެކުގައި މުޖްތަމަޢުގެ ހުރިހާ އެންމެން، ޢުމުރުން ދުވަސްވީ މީހުންނާއި،އަންހެނުންނާއި ފިރިހެނުންނާއި، އެކި ޤައުމުތަކުގެ މީހުންގެ ބައިވެރިވުމާއެކު. ކިޔަވައިދިނުމާއި އުނގެނުމުގެ މާޙައުލު މިގޮތަށް ބައްޓަންކުރުމުން، ހަމްދަރުދީވާން އެނގޭ، އެކަކު އަނެކަކަށް އިޙްތިރާމު ކުރަން އެނގޭ ޖީލެއް ބިނާކޮށްދެވޭނެ" އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް