Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނާއިބު ރައީސް އަދީބް

އަދީބް ޖަލަށް ބަދަލުކޮށްފައި ވަނީ އިޤްރާރާ ޚިލާފް ވުމުން: ކަރެކްޝަންސް

10 ޖެނުއަރީ 2019 | ބުރާސްފަތި 11:26

އަދީބް ޖަލަށް ބަދަލުކޮށްފައި ވަނީ އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމްކުރުމަށް ފަހުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 ޖެނުއަރީ 2019 | ބުރާސްފަތި 11:26
ކުޜީގެ ނައިބު ރައީސް އަހުމަދު އަދީބް

ކުޜީގެ ނައިބު ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހުމަދު އަހުމަދު އަދީބް ގޭބަންދަށް ބަދަލުކުރި "ގޭ ބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިޤްރާރު"އާ ޚިލާފަށް އަމަލުކޮށްފައި ވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮނިޝަން އޮފް ދަ މޯލްޑިވްސްގެ ނަމުގައި 08 ޖެނުއަރީ 2019 ވަނަ ދުވަހުން ފެށިގެން ދައުރުވަމުންދާ ލިއުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒް ކުރަމުންދާ ގައިދީން ސިއްޚީ ހާލަތަށްޓަކައި ބައެއް ފަހަރު ގޭބަންދަށް ބަދަލު ކުރަނީ އިންސާނިއްޔަތު ކަމަށް ރިއާޔަތްކޮށް ޤާނޫނު ނަމްބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

އެ ގޮތަށް ބަދަލު ކުރެވޭ ހާލަތްތަކުގައި ޤައިދީ އާއި އެ ޤައިދީންނާ ހަވާލުވާ ފަރާތްތަކުން ވަކި ކަންކަމަށް އެއްބަސްވެ އިޤުރާރެއްގައި ސޮއިކުރުވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އެ އިޤްރާރާ ޚިލާފްވާ ހާލަތުގައި އަނބުރާ ޖަލަށް ބަދަލު ކުރުމަކީ އެ ސަރވިސް އިން އާންމުކޮށް އަމަލު ކުރަމުންދާ އުސޫލް ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ 27 ނޮވެމްބަރު 2018 ގައި އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އެ ހޮސްޕިޓަލްގެ ޔޯރޮލޮޖީގެ ޚާއްސަ ޑޮކްޓަރ، ކަރެކްޝަންސްއަށް ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައިވާ ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު އާންމުކުރެވިފައިވީ ނަމަވެސް، ޑޮކްޓަރ އިރުޝާދް ދެއްވާފައިވަނީ ވަކި ޚާއްސަ މާހައުލެއް ފޯރުކޮށްދިނުމާ މެދު ރިޢާޔަތް ކުރުމަށް ކަމަށެވެ.

"އަދީބް ޖަލަށް ބަދަލުކޮށްފައި ވަނީ ގޭގައި ހުރި މުއްދަތުގައި އަދީބު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ، ސިއްޚީ އިތުރު މައްސަލައެއް ފާހަގަ ކުރެވިފައި ނުވުމާއި، ގޭ ބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިޤްރާރުގައި ހަވާލާދީފައިވާ ގަވާއިދު ނަމްބަރު R-34/2016 ހެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އަދީބު އަމަލުކޮށްފައިވާތީ" ބަޔާނުގައި ވެއެވެ.

އަދީބު ޖަލަށް ބަދަލުކުރީ ހުކުމް ތަންފީޒް ކުރަމުންދާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ޤަވާއިދުގެ 12 ވަނަ މާއްދާގައި ވާފަދައިން އޭނާގެ ސިއްޚީ ހާލަތަށް ރިޢާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމްކުރުމަށް ފަހުގައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެ ޤައިދީންނާއި ބަންދު މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލެއް އެ ސަރވިސް އިން ނުކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އަދީބް އިގްރާރާ ހިލާފުވި ކަަން ކަރެކްޝަންސްގެ ބަޔާނުގައި ފާހަގަކޮށްފައިވީ ނަމަވެސް އެއީ ކޮން ކަމެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެނޫން ވެސް ތަފާތު ގިނަ ތުހުމަތުތަކެއްގައި ބަންދުކޮށް 33 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އަދީބު ގޭބަންދުގައި ހުންނެވި ދުވަސްވަރު އޭނާ އިސްކޮށް ހުންނަވައިގެން އެމްޓީޑީގެ ނަމުގައި އާ ޕާޓީއެއް ވަނީ އުފައްދާފައެވެ. އަދި އެ ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބެވެ.

އެޗްއާރުސީއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ވަނީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ ލަފައާ ޚިލާފަށް ކަމަށެވެ. "ހޯމްލީ އެންވަޔަރްމެންޓެއްގައި" އަދީބު ދެ މަސް ވަންދެން ބަހައްޓަން ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަންސްއިން އެ ލަފައަށް އަމަލު ނުކުރާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައި ވަނީ އެޗްއާރުސީއެމްގެ ބަޔާނުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ޑޮކްޓަރުގެ ލަފަޔާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 27 ގައި އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އަދީބުގެ ހާލު ދެރަވެގެން ވަނީ އައިޖީއެމްއެޗްއަށް ގެނެސް އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް